އީސާ ހުސެއިން: މީދޫގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި
އީސާ ހުސެއިން: މީދޫގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި

ކަތީބު ކަމުގައި 44 އަހަރު ބައްޕަ ހުސެއިން ކަލޭފާނު ހުންނެވިއިރު، ކުޑަ ކަތީބަކަށް ހުންނެވީ އޭނާގެ އެންމެ ދޮށީ ދަރިފުޅު އީސާ ހުސެއިނެވެ. އަށް އަހަރު އެ މަގާމުގައި ހުންނަވަނިކޮށް، ބައްޕަ ނިޔާވުމާ އެކު 1975 ވަނަ އަހަރު ރަށުގެ ކަތީބުކަމަށް އިސްކުރެވުނެވެ.

އީސާ ހުސެއިން: މީދޫގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި
އީސާ ހުސެއިން: މީދޫގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި

ރ. މީދޫން މިހާރު މި ފެންނަ ތަރައްގީގެ ބިންގާ އެޅުނީ އެ ހިސާބުންނެވެ.

އީސާ ހުސެއިން: މީދޫގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި
އީސާ ހުސެއިން: މީދޫގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި

ކަތީބުކަމުގައި ހޭދަކުރެއްވި 25 އަހަރުގެ ތެރޭގައި، އެ ރަށުގައި ހިންގާ އަތޮޅު ތައުލީމީ މަރުކަޒާއި ރަށު އޮފީހާއި މެޖިސްޓްރޭޓް ކޯޓު ބިނާކޮށްދެއްވި އެވެ. އޭގެ އިތުރުން އީސަ އިސްވެ ހުންނަވައި ރަށު ބޮޑު މިސްކިތާއި އަންހެނުންނަށް ހާއްސަ މަރުކަޒާއި މީދޫ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށްގެންދިޔަ އެވެ.

އީސާ ހުސެއިން: މީދޫގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި
އީސާ ހުސެއިން: މީދޫގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި

އިމާމުކަމާއި ރާއްޖެތެރޭގެ ހާއްސަ އެހީތެރިކަމުގެ އިތުރުން މީދޫ ކްލަބުގެ ފުރަތަމަ ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.

މުސްކުޅި ބަލީގައި، އުމުރުން 90 އަހަރުގައި އޭނަ އިއްޔެ އަވަހާރަވިއިރު، ރަށުގެ ތަރައްގީ އާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި އެވެ.

އެޓޯލްސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިގެން ކަތީބުކަމުން 2000 ވަނަ އަހަރު ރިޓަޔާވީ އަމިއްލައަށް ބޭނުންވެގެންނެވެ.

އީސަގެ ފަހަތުން، އަށް ކުދިންގެ ތެރެއިން ހިންގުމުގެ ދާއިރާއަށް ނުކުމެވަޑައިގެންނެވީ ހަގު ދަރިކަލުން އަހުމަދު ނަސީމެވެ. ރަށު ކައުންސިލްގެ ރައީސްކަން ވެސް އަދާކުރެއްވި ނަސީމް ވިދާޅުވީ ބައްޕަ އެންމެ އިސްކަންދެއްވީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އޭނާގެ އެންމެ ކުޑައިރުގެ ހަނދާންތައް ވެސް ގުޅިފައިވަނީ އެފަދަ ކަމަކާ އެވެ.

"ރަށުގައި ކަންކަން ކޮށްދިނުމަށް އޭރުގެ ސަރުކާރުގެ ވެރިންނާ ގާތް ގުޅުމެއް ބައްޕަ ބޭއްވި. އަޅުގަނޑުމެން ކުޑައިރު ވެސް ގެއިން ފެންނާނެ އެގޮތަށް ގެއަށް ވަޑައިގެން އުޅުއްވާ ބޭފުޅުން،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށު ކައުންސިލަށް 2013 ވަނަ އަހަރު ކުރިމަތިލެއްވިއިރު ވެސް އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ނަސޭހަތްދެއްވި އެވެ.

"ގެއްލިގެން ދިޔައީ ހިދުމަތްތެރިއެއް. ފުރިހަމަ ބައްޕައެއް. ކުދިންގެ މެދުގައި ތަފާތެއް ނުކޮށް، ހުރިހާ ކުދިންނަށް އެއް ހަމައަކުން ކަންތައް ކޮށްދިން ބައްޕައެއް. ކާފަ ކުދިންނާ ވެސް ގާތް ގުޅުމެއް އޮތް." މީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރުގެ މަގާމުގައި މި ވަގުތު ހުންނެވި ނަސީމް ވިދާޅުވި އެވެ.

ރަށަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް، ކައުންސިލުން ވަނީ 2020 ވަނަ އަހަރު އެވޯޑު އަރުވައިފަ އެވެ.