ވިއްސާރައިގެ ގެއްލުންތަކާ ހެދި ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް ހުއްޓިއްޖެ!
ވިއްސާރައިގެ ގެއްލުންތަކާ ހެދި ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް ހުއްޓިއްޖެ!

މާލެ އަށް ރޭ ކުރި ބޯވިއްސާރާގައި ފެމިލީ ކޯޓަށް ފެން ވަދެ، ވަރަށް ގިނަ ތަކެއްޗަށް ގެއްލުން ވުމާ ގުޅިގެން އެ ކޯޓުގެ ބައެއް ހިދުމަތްތައް މިއަދު މެދުކަނޑާލައިފި އެވެ.

ވިއްސާރައިގެ ގެއްލުންތަކާ ހެދި ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް ހުއްޓިއްޖެ!
ވިއްސާރައިގެ ގެއްލުންތަކާ ހެދި ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް ހުއްޓިއްޖެ!

ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހެންވޭރުގައި ހުންނަ އެ ކޯޓުގެ އިމާރާތުން މިހާރު އިރުއިރުކޮޅާ ކަރަންޓު ކަނޑައިގެން ގޮސް، އޭސީތަކުން ފެން ފައިބައި އަދި އިންޓަނެޓްގެ ހިދުމަތް ވެސް ނެތް ކަމަށެވެ.

ވިއްސާރައިގެ ގެއްލުންތަކާ ހެދި ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް ހުއްޓިއްޖެ!
ވިއްސާރައިގެ ގެއްލުންތަކާ ހެދި ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް ހުއްޓިއްޖެ!

ކޯޓުގެ ސާވާ ރޫމާއި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ވެސް ގެއްލުން ލިބުނަސް، ކޯޓުގެ ފެންވަރުން ސަލާމަތްކުރެވެން އޮތް ވަރަށް އެ މަސައްކަތް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވިއްސާރައިގެ ގެއްލުންތަކާ ހެދި ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް ހުއްޓިއްޖެ!
ވިއްސާރައިގެ ގެއްލުންތަކާ ހެދި ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް ހުއްޓިއްޖެ!

އޭނާ ވިދާޅުވީ އެ ކޯޓު ބޭނުން ކުރެވޭ ހާލަތަކަށް ނުދާތީ، ބައެއް މަސައްކަތްތައް ޖަސްޓިސް ބިލްޑިންގަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ.

ކައިވެނި ކޮށްދިނުމާއި ސުލްހަ ކޮށްދިނުމުގެ ހިދުމަތް މިހާތަނަށް ފޯރުކޮށްދެމުން ދިޔައީ ހެންވޭރުގައި ހުންނަ އިމާރާތުންނެވެ. އެކަމަކު، ސުލްހައިގެ އަޑުއެހުންތައް ވެސް މިހާރު ވަނީ ވަގުތީ ގޮތުން ކެންސަލް ކޮށްފަ އެވެ.

ކައިވެނި ކޮށްދިނުމާ ގުޅޭ އިދާރީ ކަންކަން މިއަދު ނިންމަނީ ޖަސްޓިސް ބިލްޑިންގްގެ ގްރައުންޑް ފްލޯގައި ފެމިލީ ކޯޓުގެ ޑެސްކެއް ބަހައްޓައިގެންނެވެ.

"މަސައްކަތްތައް އާއްމު ހާލަތަކަށް ނާދޭ އަދި ވެސް. އެހެންވެ، ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް މިހާރު މި ދެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ވިއްސާރައިގައި ފެމިލީ ކޯޓަށް މީގެ ކުރިން ވެސް ކުދިކުދި ގެއްލުންތައް ލިބުނެވެ. އެކަމާ ހެދި، އެ ކޯޓު މަރާމާތުކުރަން މިދިޔަ މާޗު މަހު، ކޯޓުތައް ބަލަހައްޓާ ޑީޖޭއީއިން ބަޔަކާ ހަވާލުކުރި އެވެ. ފެމިލީ ކޯޓުގެ އޮފިޝަލް ވިދާޅުވީ މަރާމާތުގެ ބައެއް މަސައްކަތްތައް ކުރިޔަސް، އެކަން ވެސް އެންމެ ބާރު ސްޕީޑުގައި ކުރިއަށް ނުދާ ކަމަށެވެ.

"މީގެ ކުރިން، 2-3 ރޫމަށް ފެން ވަންނަނީ. މި ފަހަރު މި ބޮޑު ގެއްލުން ލިބުނީ މަރާމާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނިކޮށް،" އޭނާ ވިދާޅުވި އެވެ.

ރޭގެ ވިއްސާރައިގައި ފެމިލީ ކޯޓުގެ ސާވާ ސިސްޓަމްގެ ސްވިޗުތަކަށް ވެސް ފެން ވަދެ ވަނީ ގެއްލުންވެފަ އެވެ. އަދި ބައެއް ޑޮކިއުމަންޓްތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ވެސް ގެއްލުންވި އެވެ.