ހަ އަހަރުތެރޭ އެވަޓަންގައި އާސެނަލް އަށް ފުރަތަމަ މޮޅު
ހަ އަހަރުތެރޭ އެވަޓަންގައި އާސެނަލް އަށް ފުރަތަމަ މޮޅު

ލިވަޕޫލް (ސެޕްޓެމްބަރު 18) - އެވަޓަންގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައި ހަ އަހަރުތެރޭ މަސީސައިޑްގައި ފުރަތަމަ ފަހަރަށް އާސެނަލް މޮޅުވެއްޖެ އެވެ.

ހަ އަހަރުތެރޭ އެވަޓަންގައި އާސެނަލް އަށް ފުރަތަމަ މޮޅު
ހަ އަހަރުތެރޭ އެވަޓަންގައި އާސެނަލް އަށް ފުރަތަމަ މޮޅު

ލިވަޕޫލް ސިޓީގެ މާސީސައިޑްގައި ހުންނަ ގޫޑިސަން ޕާކުގައި އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވީ ބައްޔެވެ. އެއް މެޗުން އެއްވަރުވީ އެވެ.

އާސެނަލްގެ ކޯޗު މިކަލް އާޓެޓާ މެޗަށް ގެނައި އެންމެ ބޮޑު ބަދަލަކީ އިންގްލެންޑްގެ ގައުމީ ޓީމުގެ ކީޕަރު އާރޮން ރަމްސްޑޭލްގެ ބަދަލުގައި، ބްރެންޓްފޯޑުން ލޯނު އުސޫލުން ބަދަލުވި ސްޕޭނުގެ ޑޭވިޑް ރާޔާ އަށް ގޯލް ބެލެހެއްޓުމުގެ ފުރުސަތު ދިނުމެވެ.

އޭނާގެ ފުރަތަމަ މެޗުގައި ޑޭވިޑް ރާޔާ އަށް ބޮޑަށް އަދާކުރަން ޖެހުނީ ކުޅިބަލާ މީހެއްގެ ދައުރެވެ. އެވަޓަންއިން ޑިފެންސަށް ވިސްނައިގެން ފަހަތަށް ފައިބައިގެން ކުޅުމުން، ޕޮޒެޝަން ޑޮމިނޭޓް ކުރުމުގެ ފުރުސަތު މުޅި މެޗުގައި އާސެނަލަށް ލިބުނެވެ.

ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅުނު އެވަޓަންގެ ޑިފެންސް ފުރަތަމަ ހާފު ނިމުގެ ކުރިން އާސެނަލް އަށް ރޫޅާލެވުނީ އެންމެ ފަހަރަކު އެވެ. އެއީ ގެބްރިއަލް މާޓިނެލީ އެވަޓަންގެ ގޯލަށް ވައްދާލި ބޯޅަ އެވެ. ނަމަވެސް އެއީ ލަނޑެއް ކަމަށް ވީއޭއާރުން ބަލައެއް ނުގަތެވެ.

މެޗުގެ 69 ވަނަ މިނެޓްގައި އާސެނަލްގެ ލަނޑު ލިއަންޑްރޯ ޓްރޮސާޑް ވައްދާލީ ފަބިއޯ ވިއޭރާ އާއި މާޓިން އޮޑެގާޑް ކޮމްބިނޭޝަން ބޭނުންކޮށްގެން ތަނަވަސްކުރި ފުރުސަތުން އުފެއްދި ހަމަލާއިންނެވެ.