ދިރާގުން ހޯމް އިންޓަނެޓުގެ އަންލިމިޓެޑް ޕެކޭޖުތަކެއް
ދިރާގުން ހޯމް އިންޓަނެޓުގެ އަންލިމިޓެޑް ޕެކޭޖުތަކެއް

ދިރާގުން ފައިބާ ހޯމް އިންޓަނެޓުގެ އަންލިމިޓެޑް އިންޓަނެޓު ދެ ޕެކޭޖަކުން ލިބެ އެވެ.

މި ދެ ޕެކޭޖަކީ ގޭގައި ތިބޭ ކަސްޓަމަރުންނަށް ހަލުވި ސްޕީޑުގައި ބްރައުސްކޮށް، ސްޓްރީމްކޮށް، ގޭމް ކުޅެ ޑައުންލޯޑުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ދެ ޕެކޭޖެކެވެ. މި ދެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ 50އެމް އަންލިމިޓެޑް ޕެކޭޖާއި 100އެމް އަންލިމިޓެޑް ޕެކޭޖެވެ.

50އެމް އަންލިމިޓެޑް ޕެކޭޖަކީ 1490ރ. ގެ ޕެކޭޖެކެވެ. 100އެމް އަންލިމިޓެޑް ޕެކޭޖަކީ 2800ރ. ގެ ޕެކޭޖެކެވެ.

ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓު މިހާރު ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު އެޕާއި ދިރާގު މައިއެކައުންޓު މެދުވެރިކޮށް ޕެކޭޖު އަޕްގްރޭޑު ކުރެވޭނެ އެވެ. އަދި އަލަށް ދިރާގު ފައިބާ އިންޓަނެޓް ކަނެކްޝަން ނަގަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

ދިރާގުގެ ހޯމް އިންޓަނެޓު ހޯދުމަށް އެކި އަގުތަކުގެ ޕެކޭޖުތަކެއް ހުރެ އެވެ. އަދި މި ޕެކޭޖުތަކަށް އެޑްއޮންތައް ވެސް ހިޔާރު ކުރެވޭނެ އެވެ.