ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް
ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް

ރާއްޖެ ތަރައްގީ ކުރެވެން އޮތީ ސަރަހައްދީ ތަރައްގީގެ ކޮންސެޕްޓްގެ ދަށުން ކަމަށާއި އެކަން އެހެން ގޮތަކަށް ކުރަން އުޅެފި ނަމަ އެކަން ހާސިލް ނުކުރެވޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް
ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް

"އުތުރާއި ދެކުނާއި މެދުރާއްޖެތެރޭގައި ސަރަހައްދުތަކެއް ތަރައްގީ ކުރެވިގެން އެއީ ރާއްޖޭގައި ދެމެހެެއްޓެނިވި ތަރައްގީއެއް ހާސިލް ވާނެ ގޮތަކީ. ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނަން. ކޮށްދޭނެ. ތަފާތު ކުރުމެއް ނެތި ކޮށްދޭނަން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ހދ. ނޮޅިވަރަންފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް
ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް

ނަމަވެސް އޭނާ ވިދާޅުވީ، މެދުރާސްތާ އާއި ދުރުރާސްތާ އަށް ބަލާއިރު ސަރަހައްދީ ތަރައްގީގެ ކޮންސެޕްޓްގައި ނޫނީ ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ. އެހެންވެ، ވިދާޅުވީ ނޮޅިވަރަންފަރު ފަދަ ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ ސަރުކާރަކަށް ކޮށްދެވޭނެ އެންމެ މުހިންމު ކަންތައް ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް
ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އެއްލައްކަ އަށް ވުރެ ގިނަ ވޯޓުން އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކުރެއްވި މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ރާއްޖެ ތަރައްގީ ކުރާނީ 20 އަހަރުގެ މާސްޓަ ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް
ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް

އޭނާ ވިދާޅުވީ، އެ މާސްޓަޕްލޭންގެ ވާހަކަ މެނިފެސްޓޯގައި ބަޔާން ކޮށްފައިވާނެ ކަމަށާއި އެއީ ގާނޫނީ ބާރުވެރިކަން އޮތް ޕްލޭނަކަށް ވާނެ ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް
ރާއްޖެ ތަރައްގީ ކުރަން މުއިއްޒުގެ އޮތީ 20 އަހަރުގެ މާސްޓަ ޕްލޭނެއް

"އެއީ މިހެން ހުރި ކައުންސިލްތައް މެދުވެރިކޮށް، ރައްޔިތުންގެ ފުރިހަމަ ހިޔާލު ހޯދައިގެން ދުރުރާސްތާ އަށް އަޅުގަނޑުމެންގެ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހުށަހަޅާ ވާހަކަ. އެ ޕްލޭނަކީ އެ ކަމަށް ހާއްސަ ގާނޫނެއް ހެދިގެން ގާނޫނުން ބާރުވެރިކަމާއި ރައްކާތެރިކަން ދެވިގެން އޮންނަ ޕްލޭނަކަށް ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

"އެއީ ރައްޔިތުން މި ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާ ގޮތުގެ ޕްލޭން."

މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުތައް ބަދަލުވިޔަސް ދިވެހިން ބޭނުންވާ ދާއިމީ މިސްރާބު ފުޅާދާއިރާއެއްގައި އޭރުން އޮންނާނީ ކަނޑައަޅައިފަ އެވެ. ބަދަލުތައް ގެންނާނީ ވެސް ގާނޫނުގައި ބުނާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ ގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ތަރައްގީ ގެންދާނީ. ރައްޔިތުން ބޭނުންވާ ގޮތަށް [ތަރައްގީ] ގެނެސްގެން. މި ގޮތަށް ކުރިއަށް ގެންދިޔައީމާ އިރާދަކުރެއްވިއްޔާ ފެންނާނީ ރައްޔިތުންގެ ވެރިކަމެއް ގާއިމުވެގެން ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ހިންގާ، ހިނގަމުންދާ ވެރިކަމެއް،" މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ފުރިހަމަ ތާއީދާ އެކީގައި އަޅުގަނޑުމެން ގާއިމްކުރާނީ އެ ވެރިކަން."

މުއިއްޒު ނިންމަވާފައި ވަނީ އޭނާގެ ވެރިކަމެއްގައި ސަރަހައްދީ ތަރައްގީގެ މަރުކަޒެއްގެ ގޮތުން ނޮޅިވަރަންފަރު ތަރައްގީ ކުރާށެވެ. އެހެންވެ، ރޭގެ ޖަލްސާގައި ގިނަ މަޝްރޫއުތަކެއް އިއުލާން ކުރެއްވި އެވެ.

ނޮޅިވަރަންފަރަކީ ބިމުގެ ގޮތުން ބަލާއިރު ރާއްޖޭގައި 13 ވަނަ އަށް އެންމެ ބޮޑު ރަށެވެ. އާބާދީގެ ގޮތުން 1،130 މީހުން ދިރިއުޅޭ މި ރަށުގައި 171.2 ހެކްޓަރުގެ އޮވެ އެވެ. އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މި ރަށަށް މި އަތޮޅުގެ މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫ މީހުން ވަޒަންވެރި ކޮށްފައި ވެ އެވެ.

ނޮޅިވަރަންފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ރަށަކީ މުސްތަގުބަލް އޮތް، އުއްމީދީ ރަށެއް ކަމަށާއި އަދުލުވެރިކަމާ އެކު، އޭނާ ހިންގާ ސަރުކާރުގައި އެންމެ މުހިންމު ރަށަކަށް ނޮޅިވަރަންފަރު ވާނެ ކަމަށެވެ.

"ވަރަށް މުހިންމު ރަށެއް. އެންމެ ގިނަ މަސައްކަތްތައް، ތަރައްގީގެ އެންމެ ގިނަ ކަންކަން ގެނެވޭނެ ރަށެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.

- ޒަމާނީ ބަނދަރެއް.

- މަގުތަކުގައި ތާރުއެޅުން.

- ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް.

- ސްޕޯޓްސް ކޮމްޕްލެކްސް.

- އާ ސްކޫލެއް.

- ރަނގަޅު ސިއްހީ ނިޒާމެއް.

އޭގެ އިތުރަށް މުއިއްޒު ވަނީ ލޯކަލް ޓޫރިޒަމް ވެސް ނޮޅިވަރަންފަރުގައި ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރެއިނިން ރިސޯޓެއް ހަދަން ރަށުން ދޫކޮށްފައިވާ 14 ހެކްޓަރުގެ ބިމަކީ މިހާރު ގެއްލިފައިވާ ތަނެއް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ކައުންސިލް މެދުވެރިކޮށް، އެ ބިމުން ރައްޔިތުންނަށް ނަފާ ހޯދޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ނޮޅިވަރަންފަރުގެ ރީތިކަން ބޭނުންކޮށްގެން ޓޫރިޒަމް ގެނެސް ރައްޔިތުންނަށް ފައިދާވާން ޖެހެ އެވެ. ހަމަ އެ ގޮތަށް މުޅި އަތޮޅަށް ވެސް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކަންކަން ކުރުމުގެ ބޭނުމަކީ މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ސަރުކާރެއްގައި ގެންގުޅޭނެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރަހައްދީ ތަރައްގީގެ މަރުކަޒުތައް ގާއިމްކުރުމެވެ.

"އާބާދީ ތަރައްގީ އެއްފަސްވާނީ ވަސީލަތްތައް ގެނެސްގެން. ބޮޑެތި ރަށްތަކުގައި ކަންކަން ކުރީމަ އެ ވާނީ ބޮޑު އިންވެސްޓްމެންޓަކަށް. އޭރަށް ރާއްޖެ ދާނީ ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ.

"މި ރަށަށް އަންނަން ޖެހޭ ގިނަ ކަންކަން، ތަރައްގީ އާއި އެއްފަސްކުރަން ބޭނުން ވަންޏާ. ސަރަހައްދީ ކޮންސެޕްޓްގެ ތެރެއިން ދެމެހެއްޓެނެވި ތަރައްގީ ހާސިލްވާނީ. ކޮންމެ ރަށަކަށް ވެސް ކަންކަން ކޮށްދޭނަން އެކަމަކު ސަރަހައްދީ ތަރައްގީ ކޮންސެޕްޓްގައި ނޫނީ ރާއްޖެ ތަރައްގީ ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ނުގެންދެވޭނެ."

މުއިއްޒު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ނިންމަން އޮތީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި އެއީ، ޔަގީނުން ވެސް ތަރައްގީ ގެނެސްދޭނެ ބަޔަކާ އެކު ކުރިއަށް ދިޔުން ނޫނީ ނޭނގުމާއި އޮޅުންބޮޅުމުގެ ތެރެއަށް އަނެއްކާވެސް ދިޔުން ކަމަށެވެ.

"އަޅުގަނޑު މި ޔަގީންކަން ދެނީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނަން. އަޅުގަނޑަށް ޔަގީން ތިޔަ ބޭފުޅުން ނިންމާނީ ތަރައްގީއާ އެކު ކުރިއަށް ދާންކަން،" މުއިއްޒު ވިދާޅުވި އެވެ.