16 ސެޕްޓެމްބަރ 2023 - 10:24

ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު މީހަކު މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި، އެއީ 68 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.
އެ މީހާ އަކީ ހެނދުނު ދުވަން ނުކުމެ އުޅުނު މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ ވެއްޓިފައި އޮއްވާ ފެނުނީ ހުޅުމާލެ އުނިގަސް މަގުން ކަމަށެވެ. އަދި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.