ޕީޕީއެމާ ގިނަ ބަޔަކު އަލަށް ގުޅިއްޖެ
ޕީޕީއެމާ ގިނަ ބަޔަކު އަލަށް ގުޅިއްޖެ

އިދިކޮޅު ޕީޕީއެމަށް ގިނަ ބަޔަކު ރޭ ސޮއިކޮށްފި އެވެ.

ޕީޕީއެމާ ގިނަ ބަޔަކު އަލަށް ގުޅިއްޖެ
ޕީޕީއެމާ ގިނަ ބަޔަކު އަލަށް ގުޅިއްޖެ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރި ގަދަ ޖަލްސާގައި 300 އަށް ވުރެ ގިނަ މީހުން ޕީޕީއެމާ އަލަށް ގުޅުނު ކަމަށް އެ ޕާޓީން ބުންޏެވެ.

އޭގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ މެމްބަރު މުހައްމަދު އަހުމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ރޭ ޕީޕީއެމަށް ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީ އާއި ޖޭޕީގައި ކުރިން އުޅުނު ގިނަ ބަޔަކު ހިމެނެ އެވެ.

ޕީޕީއެމްގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ ޕާޓީއާ އަލަށް ގުޅުނު މީހުންގެ ތެރޭގައި ކުޅިވަރާއި ވިޔަފާރީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ.