ދެން އޮތީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ބުރު: މުއިއްޒު
ދެން އޮތީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ބުރު: މުއިއްޒު

މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ބުރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދެން އޮތީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ބުރު: މުއިއްޒު
ދެން އޮތީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ބުރު: މުއިއްޒު

ކެމްޕެއިނަށް އދ. ދަނގެތީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ދެވަނަ ބުރަކީ ގައުމުގެ ހާލަތު ރަނގަޅުކުރުމާ މެދު ގޮތެއް ނިންމުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ވަރަށް ވިސްނުންތެރިކަމާ އެކު ބޭނުންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

.އޭނާ ވިދާޅުވި ގޮތުގައި، މި ގައުމުގެ މިނިވަންކަން މިހާރު އޮތީ އެހެން ބައެއްގެ އަތްމައްޗަށް ގެއްލޭ ހިސާބުގަ އެވެ. މި ގައުމުގެ މިނިވަންކަން ބީވެގެން ދާތަން ބަލަން މަޑުން ތިބެގެން ނުވާނެ އެވެ.

ދިވެހިން "ދިވެހިންގެ ރާއްޖެ"އަށް ދިއުމުގެ އަޒުމު ކަނޑައަޅައިގެން ކޮންމެ މީހަކު އަދި އިތުރު އެއް ވޯޓު ހޯދައި، މި އިންތިހާބު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް ވެސް މުއިއްޒު މިއަދު އެދިވަޑައިގަތެވެ.

މުއިއްޒު ވިދާޅުވީ މިއީ ގައުމީ ރޫހު އިސްކޮށް، މި ގައުމަށް އެންމެ ހެޔޮ ގޮތް ހޯދައިދިނުމަކީ ވާޖިބެއް ކަމަށް ދެކިގެން ދިވެހިން މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.

"ތަރައްގީގެ ކަންކަން އޮތީ ސޮއްސާލައިގެން ގޮސްފައި. އިގުތިސާދު ވަނީ އަނދަވަޅަކަށް ވެއްޓިފައި. އިޖުތިމާއީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި. އެހެންވީމަ، މި ހުރިހާ ކަމެއް ރަނގަޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ކޮންމެ މީހަކަށް މި ލިބެނީ،" މުއިއްޒު ވިދާޅުވި އެވެ.

"މި މަހުގެ 30 ވަނަ ދުވަހަކީ އެ ފުރުސަތު ލިބޭ ދުވަސް."

އެ ދުވަހު ބާއްވާ އިންތިހާބުން އޭނާއަށް ފުރިހަމަ ތާއީދު ދެއްވައިފި ނަމަ، ދީނާއި ގައުމާއި ދިވެހިންގެ ހައްގުގައި ކުރިއަށް ދިއުމުގައި ސާބިތުކަން މަތީގައި ހުންނަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.