ފްލެޓުގެ ވަގުތީ ލިސްޓުގެ ޝަކުވާތައް ނިމޭވަރަކުން ޕޯޓަލް އިން ފެންނާނެ: އަކްރަމް
ފްލެޓުގެ ވަގުތީ ލިސްޓުގެ ޝަކުވާތައް ނިމޭވަރަކުން ޕޯޓަލް އިން ފެންނާނެ: އަކްރަމް

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބަލައި ނިމޭވަރަކަށް ޖަވާބު ޕޯޓަލް މެދުވެރިކޮށް ދެމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ފްލެޓުގެ ވަގުތީ ލިސްޓުގެ ޝަކުވާތައް ނިމޭވަރަކުން ޕޯޓަލް އިން ފެންނާނެ: އަކްރަމް
ފްލެޓުގެ ވަގުތީ ލިސްޓުގެ ޝަކުވާތައް ނިމޭވަރަކުން ޕޯޓަލް އިން ފެންނާނެ: އަކްރަމް

އަކްރަމް "މިހާރު"އަށް ވިދާޅުވީ ޝަކުވާތައް ބަލައި ޕޯޓަލް އަޕްޑޭޓްކުރަމުން އަންނައިރު, ސްޓޭޓަސް ފެންނާނެ ކަމަށެވެ.

"ހުރިހާ ޝަކުވާތައް ބަލައި ނިމޭވަރަކުން ސްޓޭޓަސް އަޕްޑޭޓްވަމުން އަންނާނެ،" އެންމެންގެ ޝަކުވާގެ ޖަވާބު އެއްފަހަރާ އަޕްޑޭޓްވެފައި ނެތުމުން އޮޅުންއަރާފާނެ ކަން ފާހަގަކުރައްވައި އަކްރަމް ވިދޅާވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަކަށް ޖަވާބުދީ ނިންމާލުމަށެވެ. އަންނަ ހަފުތާގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 20،000 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ. ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެ އެވެ.

މި ސްކީމްގެ ދަށުން ހުޅުމާލޭގައި 8،000 ފްލެޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ. އޭގެއިތުރުން 4،000 ފްލެޓް އަޅަން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ 2.5 ބިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި މިހާތަނަށް ގިނަ ޓަވަރުތަކެއްގެ މަަސައްކަތް ވަނީ ނިމުމުގެ މަރުހަލާގަ އެވެ. ސަރުކާރުން ބުނެފައި ވަނީ މި ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.