އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް
އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މިދިއަ އަހަރުގެ ސެކަންޑަރީ ބައިން އިޔާން އަލީ މޫސާ އަދި ހަޔާ ސެކަންޑްރީ ބައިން ފާތިމަތު ޝާހާ ހުސެއިން އެއްވަނަ ހޯދައިިފި އެވެ.

އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް
އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް

މިހާރު އެ ސްކޫލުގައި އޭލެވެލް ކިޔަވަމުން އަންނަ އިޔާން އަކީ މިދިޔަ އަހަރު އެ ސްކޫލް ކެޕްޓަނެވެ. އޭނާ ވަނީ މިދިޔަ އަހަރު އޯލެވެލް ގަދަ ދިހަޔަކުން ތިން ވަނަ ވެސް ހޯދައިފަ އެވެ.

އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް
އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް

ޝާހާއަކީ ކިޔެވުމުގެ އިތުރަށް އިތުރު ހަރަކާތްތަކުގައި ވެސް އެ ސްކޫލު ތަމްސީލުކޮށް ކާމިޔާބީ ހޯދާފައިވާ ދަރިވަރެކެވެ. ވާހަކަދެއްކުމުގެ ގައުމީ މުބާރާތާއި ގުރުއާން މުބާރާތާއި އަހުމަދިއްޔާގެ އަދަބީ ޖަމިއްޔާ ދަރިވަރުންގެ ހިޔާއިން ބޭއްވި ހިޔާ އީދުގެ އަދަބީ ތަރިއަކަށް ވެސް ޝާހާ ވަނީ ހޮވިފަ އެވެ.

އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް
އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް

ޝާހާ ވަނީ މީގެ ކުރިން ސާނަވީ ބައިން ވެސް ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ވެސް ހޯދައިފަ އެވެ.

އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް
އަހުމަދިއްޔާ ސްކޫލުގެ އެއްވަނަ އިޔާން އާއި ޝާހާ އަށް

އޭ ލެވެލްގައި އޭނާ ވަނީ ތިން މާއްދާއިން އޭ ސްޓާ އަދި ދެ މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ ގަދަ ތިން ވަނައަށް އަރައިފަ އެވެ.

އެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގެ ޝަރަފުވެރިމެހެމާން، މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލުންނާއި ގޭތެރެއިން ވެސް މިހާރަށްވުރެ ބޮޑަށް ކުދިން ޒިންމާދާރު ކުރުވުމުގެ ފުރުސަތު ފަހި ކޮށްދޭންޖެހޭ ކަމަށެވެ. އަމިއްލަ އިސް ނަގަން ކުދިންނަށް ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުންނަށް އިސްނަގަން ފުރުސަތު ލިބެންޖެހޭނެ. ޒިންމާދާރު ކަމާއެކު ކަންކަމުގައި އުޅުމަށް ފުރުސަތު ދެވެން ޖެހޭނެ. ސްކޫލު މާހައުލާއި ގޭތެރޭގެ މާހައުލަކީ އެކަން ފަރިތަކުރަން ލިބޭނެ އެންމެ ރަނގަޅު މާހައުލު،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަލްސާގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ މަސައްކަތުގެ ކާމިޔާބީގެ އެއްބައި ފެނިގެންދަނީ އޯލެވެލް އާއި އޭލެވެލްގައި ދަރިވަރުން ނެރެދޭ ނަތީޖާތަކުން ކަމަށެވެ. އެ ސްކޫލު ކާމިޔާބީގެ އަނެއްބައި ފެންނަނީ ކިޔަވައި ނިންމުމަށްފަހު ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ޒިންމާދާރު މަގާމުތަކުގައި އެ ދަރިވަރުން ދެމުން އަންނަ ހިދުމަތްތަކުން ކަމަށް ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންނަކީ ހަމައެކަނި ރަންވަނަ ތަކަކާއެކީ ދަސްވެނިވެގެން މުޖުތަމައަށް ނެރެވޭ ބައެއްގެ ބަދަލުގައި، ރަންވަނަތަކަކާ އެކީ ޒިންމާ އުފުލަން ދަންނަ، އިހުލާސްތެރި އަދި ދީނާއި ގައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ހެދުމަށްދަނީ ބޮޑު އިސްކަމެއް ދެމުން،" އޭނާ ވިދާޅުވި އެވެ.

އެހެން އަހަރުތަކުގައި އަހުމަދިއްޔާއިން ހޮވަމުން ދިޔައީ އެއްވަނަ އެކަނި ނަމަވެސް މި އަހަރު ވަނީ ސާނަވީ އަދި މަތީ ސާނަވީން ވެސް ހުރިހާ ގޮތަކުން އެންމެ ރަނގަޅު 2 ވަނަ އާއި 3 ވަނަ ވެސް ހޮވައިފަ އެވެ.

އޯލެވެލްގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، 10އީ ގެ އަބްދުﷲ ހާޒިމް ޝާހިދެވެ. ހާޒިމް ވަނީ ގަދަ 10ގެ އެއް ވަނަ ހޯދައިފަ އެވެ. އަދި ޓްރެވަލް އެންޑް ޓޫރިޒަމުން މުޅިދުނިޔޭގެ ހަ ވަނަ ހޯދައިފަ އެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ، 10ބީގެ އާމިނަތު އައިލީން އާމިރެވެ. އައިލީން އަށް ރާއްޖޭގެ ގަދަ 10އިން ދެ ވަނަ ވަނީ ލިބިފަ އެވެ.

އޭލެވެލްގެ ނަތީޖާއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވިފައި ވަނީ 12އެޗް ގެ އުލާ އަލީ އެވެ. އުލާ ވަނީ ގަދަ 10ގެ ހަތަރު ވަނަ ހޯދައިފަ އެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ، 12ޖޭ ގެ އައިޝަތު ޒުހާ ޝާހް އެވެ. އޭލެވެލްގައި ސްކޫލް ކެޕްޓަންކަން ކޮށްފައިވާ ޒުހާ ވަނީ ގަދަ ޓޮޕް10ގެ ފަސް ވަނައިގައި ހިމެނިފަ އެވެ.

މިދިޔަ އަހަރު އެ ސްކޫލުގެ އޭލެވެލް އިމްތިހާނުގައި 206 ދަރިވަރުން ބައިވެރިވިއިރު، 87 ކުދިން ނޭޝަނަލް ޓޮޕްޓެންގައި ހިމެނުނެވެ. އޭގެ ތެރެއިން ތިން ދަރިވަރަކަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ލިބުނުއިރު، 25 ދަރިވަރަކަށް ވަނީ ހައި އެޗީވާސް ސްކޮލަޝިޕް ލިބިފަ އެވެ. އަހުމަދިއްޔާ އަކީ އޯލެވެލް އިމްތިހާނުގައި އެންމެ ގިނަ ދަރިވަރުން ގަދަ10ގައި ހިމެނުނު ސްކޫލެވެ. އެ ސްކޫލުގެ 54 ދަރިވަރަކު ވަނީ އެ އެވޯޑް ހާސިލުކޮށްފަ އެވެ.