ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީނާ ގުޅޭ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި
ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީނާ ގުޅޭ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި

ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީނު ސާވިސްކުރުމާއި ގުޅޭ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމެއް ފަށައިފި އެވެ.

ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީނާ ގުޅޭ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި
ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީނާ ގުޅޭ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި

މި ޓްރެއިނިން ޕްރޮގްރާމަކީ އެލިއާއިން ޖަޕާނުގެ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން ބާއްވާ ޕްރޮގުރާމެކެވެ. ޔަމަހާގެ އިރުޝާދާ އެކު އެތައް އަހަރެއްގެ ތަޖުރިބާ ހުރި، ޔަމަހާ ސެޓިފައިޑް އެލިއާ ސީނިއާ މެކޭނިކުން ތަމްރީނުދޭ މި ޕްރޮގްރާމުގައި އެކި އިދާރާތަކާއި އަމިއްލަ ކުންފުނިތަކުން 52 މީހަކު ބައިވެރިވެ އެވެ.

އެލިއާއިން ބުނި ގޮތުގައި މި ޕްރޮގުރާމަކީ މެކޭނިކުންގެ ތަޖުރިބާ އިތުރުކޮށް ޔަމަހާގެ
ކޮންމެ ޕްރޮޑަކްޓަކަށް ވެސް ބޭނުންވާ ސާވިސްކުރުމުގެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ފޯރުކޮށްދޭނެ ބަޔަކު ތަމްރީނުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމަކީ ޔަމަހާ ޓެކްނިކަލް އެކެޑަމީން ޖަޕާނުގައި އާއްމުކޮށް ޔަމަހާގެ ޑިސްޓްރިބިއުޓަރުންނަށް ދޭ ފަދަ ޔަމަހާ ބޮރޯންޒް ލެވެލްގެ ޓްރެއިނިންއެއް ކަމަށް ވެސް އެލިއާއިން ބުންޏެވެ.

މި ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމް ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެލިއާއިން ޖަޕާނުގެ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން ބާއްވާ މި ޕްރޮގްރާމަކީ މީގެ ދެ ވަނަ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެވެ. އެލިއާއިިން ވިއްކާ ޕްރޮޑަކްޓުތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެ ޕްރޑަކްޓުތައް ސާވިސްކުރުމާއި ގުޅޭ އެކި ޓްރެއިނިން ޕްރޮގުރާމުތައް އަންނަނީ ހިންގަމުންނެވެ.

އެލިއާ އަކީ ރާއްޖޭގައި ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.