13 ސެޕްޓެމްބަރ 2023 - 08:58

ހުޅުމާލޭ އަމީން އެވެނިއު ކައިރީ ހުރި ގެއެއްގެ ޓެރަހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ 8:39 ގައި ކަމަށެވެ.
އަލިފާންގަނޑު ނިއްވާލުމަށް ސިފައިންގެ ފަޔަ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނެތެވެ.
ރޯވީ ޓެރަހުގައި ޓިނުން ހަދާފައި ހުރި ތަނެއްގަ އެވެ. ރޯވިތާ ބައި ގަޑިއެއްހާއިރު ފަހުން އެތަން މިހާރު ވަނީ ނިއްވާލައިފަ އެވެ. ހާދިސާ ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.