ބޮޑެތި އަނިޔާ ލިބުނު މީހުން ޒާތީ ކަންކަމާ ހެދި އަނިޔާ އިޔާދަކުރަން ބޭނުންވާތީ ހިތާމަކުރަން: ފައްޔާޒް
ބޮޑެތި އަނިޔާ ލިބުނު މީހުން ޒާތީ ކަންކަމާ ހެދި އަނިޔާ އިޔާދަކުރަން ބޭނުންވާތީ ހިތާމަކުރަން: ފައްޔާޒް

ޕީޕީއެމްގެ ސަރުކާރުގައި ބޮޑެތި އަނިޔާ ލިބުނު ބައެއް މީހުން އޭރު ރާއްޖެ އޮތް ގޮތް ހަނދާން ނައްތާލައި އަލުން އަނބުރާ އެ އަނިޔާވެރިކަން ރާއްޖޭގައި އިޔާދަކުރަން ބޭނުންވާތީ ލަދުވެތިވެ ހިތާމަކުރައްވާ ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ބޮޑެތި އަނިޔާ ލިބުނު މީހުން ޒާތީ ކަންކަމާ ހެދި އަނިޔާ އިޔާދަކުރަން ބޭނުންވާތީ ހިތާމަކުރަން: ފައްޔާޒް
ބޮޑެތި އަނިޔާ ލިބުނު މީހުން ޒާތީ ކަންކަމާ ހެދި އަނިޔާ އިޔާދަކުރަން ބޭނުންވާތީ ހިތާމަކުރަން: ފައްޔާޒް

ރިޔާސީ އިންތިިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށް ފަހު ދެވަނަ ބުރަށް ކޯލިޝަން ހެދުމުގެ ވާހަކަތައް ދެކެވެނިކޮށް ޕީޕީއެމާ ކުރިން ދެކޮޅު ހަދައި އެމްޑީޕީއާ އެކު ތިބި ބައެއް ޕާޓީތައް ވެސް އަންނަނީ އަލުން ޕީޕީއެމާ އެކު ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި އިންތިހާބުގައި މަދު ވޯޓުކޮޅަކާ އެކު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ޖުމްހޫރީ ޕާޓީ އެމްއެންޕީ ހިމެނެ އެވެ.

ބޮޑެތި އަނިޔާ ލިބުނު މީހުން ޒާތީ ކަންކަމާ ހެދި އަނިޔާ އިޔާދަކުރަން ބޭނުންވާތީ ހިތާމަކުރަން: ފައްޔާޒް
ބޮޑެތި އަނިޔާ ލިބުނު މީހުން ޒާތީ ކަންކަމާ ހެދި އަނިޔާ އިޔާދަކުރަން ބޭނުންވާތީ ހިތާމަކުރަން: ފައްޔާޒް

އެމްއެންޕީން ވަނީ ޕީޕީއެމާ އެކު ދެވަނަ ބުރަށް ކޯލިޝަން ހަދައިފަ އެވެ. އެ ޕާޓީގެ ލީޑަރު، މުހައްމަދު ނާޒިމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި އެވެ. ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނިގެން ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްވި އެ ހުކުމަކީ މާޒީގެ ގޮތުގައި ދޫކޮށްލައި އިސްކުރީ ގައުމު ކަމަށް ނާޒިމް މިއަދު ވިދާޅުވި އެވެ.

އެމްއެންޕީ ވެސް ޕީޕީއެމާ އެކު އަލުން އިޔާދަކުރި ގުޅުމަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އެންމެ ބޮޑެތި އަނިޔާ ލިބުނު މީހުން ވެސް މިއަދު އެކަން ހަނދާން ނެތިއްޖެ ކަމަށެވެ. އެކަމަކު ވާދަވެރިންގެ އަނިޔާވެރި ފިކުރަށް އެއްވެސް ބަދަލެއް އައިސްފައި އޮވެދާނެ ކަމަށް ވިސްނަން ވެސް ޖާގައެއް ނެތް ކަމަށާއި އެކަން ބަދަލުނުވާނެ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަ މިހާރު ދައްކަވަނީ ޕީޕީއެމްގެ ވެރިކަމުގައި އޭރު ހަމަ ތިއްބެވި ބޭފުޅުން ކަމަށެވެ.

"އަޅުގަނޑުމެން ވައުދުވީހެން މި ގައުމުގައި އަދުލުވެރި ވެރިކަމަކާއި ޑިމޮކްރަސީގެ ނަމޫނާ ވެރިކަމެއް ގާއިމް ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ މިއަދު މި ގައުމުގައި މިނިވަންކަމާ އެކު ހުރިހާ ދިވެހި ރައްޔިތުން އުޅެމުން އެދިޔައީ," ފައްޔާޒް ވިދާޅުވި އެވެ.

މި ސަރުކާރާއި ޑިމޮކްރަސީއަށް ގެއްލުންދެމުން ދަނީ ވެސް އެ މަގުގައި އެމްޑީޕީން ދެމިއޮތުމުން ކަމަށާއި އެހެން ބަޔަކު ވެރިކަމުގައި ތިބި ނަމަ ދޮގު ފަތުރަމުންދާ ނޫސްތަކަށް އެ ޖާގަ އޮންނާނެތޯ ފައްޔާޒް ސުވާލު އުފެއްދެވި އެވެ. ކޮންމެ މިނެޓެއްގައި ބުހުތާނު ދޮގު ފަތުރަމުން ދިޔަ ނަމަވެސް އެއަށް މި ސަރުކާރުން އަޅާނުލައި ތިބި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ނޫން ވެރިކަމެއް ރާއްޖޭގައި ގާއިމްވެއްޖެ ނަމަ މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު އެއްވެސް މީޑިއާއަކަށް ނޯންނާނެ އެވެ.

"އަޅުގަނޑުމެން ދެކުނީމެއް ނޫންތޯ ނޫސްވެރިންނަށް ހަދާލި ގޮތް, ނޫސްތަކަށާއި ޓީވީ ޗެނަލްތަކަށް ހަދާލި ގޮތް. އެންމެ އަވަހަށް އެންމެ ފުރަތަމަ އެ ބޭފުޅުން ކުރާނެ ކަމަކީ ނޫސްވެރިންގެ އަނގަ ބަންދުކުރުން. އެ ބޭފުޅުން ކުރާނެ ޖަރީމާތަކުގެ ވާހަކަ ދައްކާނެ ނޫސްވެރިންނާއި ސޯޝަލްމީޑިއާގައި އެއްޗެހި ބުނަމުންދާ މީހުންގެ އަނގަ އެންމެ ފުރަތަމަ ބަންދުކުރާނީ," ފައްޔާޒް ވިދާޅުވި އެވެ.

"މި މިނިވަންކަން އަޅުގަނޑުމެންގެ ސަރުކާރުން ތަންމިނަށް ދީފައި އޮތީމާ މިއަދު އަޅުގަނޑުމެން އެކަން ހަނދާން ނެތިގެން ދިޔަ ކަމުގައި ވިޔަސް އެ މީހުންނެއް ބަދަލެއް ނުވޭ. އެއީ ހަމަ އެ އަނިޔާވެރި ފިކުރު."

ފައްޔާޒް ވިދާޅުވި ގޮތުގައި އިންތިހާބުގެ ފުރަތަމަ ބުރުގައި ފެނިގެން ދިޔައީ މި ގައުމުގައި އަދުލުވެރި ފިކުރަކާއި އަނިޔާވެރި ފިކުރެއް އޮތް ތަނެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ފިކުރުގައި ތިބި މީހުންނަށް ބަދަލު ނާންނަ ކަމަށް ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންނަށް ޒާތީ ކަންކަމުގައި, އެ އަނިޔާވެރިކަން ހަނދާން ނެތި ގައުމު އަމިއްލަ އެކިއެކި ވިސްނުމުގައި އަނބުރާ އެ އަނިޔާވެރިކަމަށް އިޔާދަވާން ޖާގަދޭން އެ ބޭފުޅުން ތައްޔާރުވީމަ އަޅުގަނޑު މިތާ ހުރެ ހިތާމަކުރަން, ލަދުވެތިވަން."

އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާ އެކު, އެ ޕާޓީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ އެކްޓިވިސްޓުން ދައްކާ ވާހަކަތަކަށް ނުސީދާކޮށް ފައްޔާޒް ރައްދު ދެއްވި އެވެ.

"އަޅުގަނޑުމެން ކުޑަކަކޫ ޖަހާނީ ހަމައެކަނި މާތްﷲ އަށް. އަޅުގަނޑުމެން ކުޑަކަކޫ ޖަހާނެ އެހެން އެއްވެސް ފަރާތެއް ނެތް. އަޅުގަނޑުމެން މާފަށް އެދޭނީ އަޅުގަނޑުމެން ހަގީގަތުގައި ވެސް މާފަށް އެދެން ޖެހިއްޖެ ހާލަތުގައި. އަޅުގަނޑުމެން ޖެހިލުމެއް ވެސް ނުވާނެ މާފަށް އެދޭކަށް ވެސް. މި ގައުމު އަނިޔާވެރިކަމުން ސަލާމަތްކުރާނީ އަބަދުވެސް މި [އެމްޑީޕީގެ] ލޯގޯ," ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގައި ވީ ގޮތް ބަލައިފި ކަމަށާއި 56 ޕަސެންޓާ އެކު އެއްބުރުން މޮޅުވާނެ ކަމަށް ވިދާޅުވީމާ ވޯޓުނުލާން ބަޔަކު ގޮސް ތިބި ކަމަށެވެ. އެކަމުގައި މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެ ނަމްބަރު އަޅުގަނޑުމެންނަށް ލިބޭ. އެހެން ނަމަވެސް މޮޅުވާތީ ވަރަށް ގިނަ އަޅުގަނޑުމެންގެ ވޯޓާސް ނުނިކުމޭ ވޯޓުލާން," ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނުލެވި އޮތް 37,000 ވޯޓު ނެރުމަށް މަސައްކަތް ކުރަން ޖެހޭ."

ރީރަޖިސްޓްރޭޝަންގައި ދިމާވި އުނދަގޫތަކާ ހެދި ރަށްރަށަށް ވޯޓުލާން ދާން ޖެހުނު މީހުންނަށް އެކަން ނުކުރެވުމާއި ހަވީރަށް މަޑުކޮށްގެން ތިއްބައި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ވަގުތު އިތުރުނުކޮށް ވޯޓުފޮށި ބަންދުކުރުން ހިމެނޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ދެވަނަ ބުރަށް ނުކުތީ, އޭނާ ވިދާޅުވި ގޮތުގައި, އެ ދަތިތައް ފިލުވާލާނެ ގޮތްތައް ހޯދައިގެންނެވެ.