11 ސެޕްޓެމްބަރ 2023 - 13:57

ސުޕްރީމް ކޯޓު ގޯތިތެރޭގައި ހުންނަ އަނބު ގަހުން އަނބު ބިނީ އަނެއް ދުވަހު ރިޔާސީ އިންތިހާބު އޮތުމުން ރައްޓެހިންނަށް ދޭން ކަމަށް، އެ މައްސަލާގައި ހައްޔަރުކުރި މީހާ ކޯޓުގައި ބުނެފި އެވެ.
ސިފައިން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ސުޕްރީމް ކޯޓުގެ ގޯތިތެރޭ ހުންނަ ގަހުން ހުކުރު ދުވަހުގެ ރޭ 12:00 ހާއިރު އަނބު ބިންނަނިކޮށް ފުލުހުން އަތުލައިގަތީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މި މީހާގެ ބަންދު އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އޭނާ ވަނީ ސުޕްރީމް ކޯޓު ތެރެއަށް ނުވަންނަ ކަމަށް ބުނެފަ އެވެ. އެ ގަހުން އަނބު ބިނުމަކީ މަނާ ކަމެއްކަން ނޭނގޭ ކަމަށާއި އަނބު ބިނީ ވޯޓު ލާ ދުވަހު އޭނާގެ ރައްޓެހިންނަށް ދޭން ކަމަށް ވެސް ބުންޏެވެ.