11 ސެޕްޓެމްބަރ 2023 - 20:36

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަދުތަކަށް ފަރުވާ ދިނުމަށް ކަމާ ގުޅުންހުރި އެކި ސްޕެޝަލިސްޓުންގެ ލަފާ އެއްތަނަކުން ދިނުމަށް ހާއްސަ ކްލިނިކެއް ހުޅުވައިފި އެވެ.
"ޕެއިން ކުލިނުކުގެ މައިގަނޑު އަމާޒަކީ ބަލީމީހާއަށް ހާއްސަ ސަމާލުކަމެއްދީގެން، ވަށާޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިން، ސިއްހީ މައްސަލަތަކުގެ ސަބަބުން ކުއްލިއަކަށް އަރާ ތަދުތަކާއި، ދިގުމުއްތަދަށް ތަހައްމަލްކުރަމުން އައިސްފައިވާ އެކި އެކި ތަދުތަކަށް، ލުއިފަސޭހަކުރުމަށް ފަރުވާދިނުމާއި، ތަދު މެނޭޖްކުރުމަށް އިތުރަށް ކުރަންޖެހޭކަންކަން ފަރުވާގެ ނިޒާމުގެ ތެރެއިން ގާއިމްކޮށްދިނުމެވެ.
"ޕެއިން ކުލިނިކް"ގެ ނަމުގައި ހުޅުވި މިކުލިނިކަކީ ސިއްހީ އެކި މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ތަދުތަކަށް ހާއްސަ އެކި ފަރުވާތައްދޭ ކުލިނިކެކެވެ. މި ކުލިނިކުން ތަދުތަކަށް މެދުވެރިވާ ސަބަބުތައް ތަހުލީލުކުރުމަށްފަހު ކަމާބެހޭ ހާއްސާ ބޭސްތައް އަދި، ފިޒިއޮތެރަޕީ ރިފަރަލްސް، އަދި ތަދުދަކަށް ހާއްސާ އިންޖެކްންޝަންތައް ބޭނުންކޮށްގެން ފަރުވާދެވޭނެއެވެ.
މިކުލިނިކުން އުފެދުމުގައި ހުންނަ އެކި އައިބުތަކުގެ ސަބަބުން ކުރިމަތިވާ ތަދުތަކާއި، އުމުރުން ދުވަސްވުމުގެ ސަބަބުން އަރާ ތަދުތަކާއި، އަނިޔާގެ ސަބަބުން އަދި އެކި ދާއިމީ ބަލިތަކުގެ ސަބަބުން ހުންނަ ތަދުތަކަށް ފަރުވާދެއެވެ. "ޕެއިން ކްލިނިކް"އިން މޫނާއި ކަނދުރާ އަދި ކޮނޑާއި ބުރަކަށީގެ ތަދުތަކުގެ އިތުރުން ހުޅުހުޅުގެ އެކި މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ތަދުތަކަށް ވެސް ފަރުވާދެ އެވެ.
މިކުލިނިކުގައި ޕެއިން މެނޭޖުކުރުމަށް ހާއްސަ ޑޮކްޓަރަކާއި، ކަށީގެ ބަލިތަކަށް، އަދި ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންނާއި ބޮޑެތިމީހުންގެ ހަށިގަނޑުގައި އުފެދުމުގައި ހުންނަ މައްސަލަތަކާއި، އަދި ސްޓޯރޯކް ފަދަ ބަލިތައް ޖެހުމުގެ ސަބަބަބުން ވާގިނެތިގެން ހަށިގަނޑުގެ ބޭނުން ކުރުމަށް ހެލިފެލިވުމަށް ބޭނުންވާ ހާއްސައާލަތްތައް ފަރުމާކޮށް ތަދު މެނޭޖްކުރުމަށް ފަރުވާދިނުމަށް އޯތޮޓިސްޓެއްވެސް ފަރުވާ ދެމުން ގެންދެއެވެ.
މި ކުލިނިކަށް މިމަހު ވަނީ އާސަންދަ ތައާރަފްކޮށްފަ އެވެ. "ޕެއިން ކްލިނިކް" ހުންނަނީ އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި، ހަތަރު ވަނަ ފަންގިފިލާގަ އެވެ.