11 ސެޕްޓެމްބަރ 2023 - 10:48

ހުކުރު ދުވަހު މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުޖެހިފައި ތިބި މީހުންނަށް އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫގެ ޑިޖިޓަލް ވޮލެޓު އެމް-ފައިސާގެ ކަސްޓަމަރުންް އެހީ ފޮނުވުމަށް އެމް-ފައިސާ އެކައުންޓު ނަމްބަރު 9306501 އަށް ބޭނުން އަދަދެއްގެ ފައިސާ ޑޮނޭޓުކުރެވޭނެ އެވެ. މޮރޮކޯއަށް ބާރުގަދަ ބިން ހެލުމެއް އައީ މިދިޔަ ހުކުރު ދުވަހު އެވެ. މި ބިންހެލުމަކީ 6.8 މެގްނިޓިއުޑުގެ ބިންހެލުމެކެވެ.
މި ބިންހެލުމުގައި އިއްޔެގެ 2،000 އަށް ވުރެ ގިނަ މީހުން މަރުވެ 2،000އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
މޮރޮކޯގައި އަދިވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ދާއިރު ހާލުގައި ޖެހިފައި ތިބި އެތައް ހާސް ބަޔަކަށް ކާބޯތަކެއްޗާއި ހިޔާވަހިކަމާއި ބޭސްފަރުވާ ބޭނުންވެ އެވެ.