ބަލި ގަބޫލުކޮށް ރައީސްގެ ފަޅިން ހަނދާންކޮށްދިނީ 2008 އާއި 2013ގެ ނަތީޖާ
ބަލި ގަބޫލުކޮށް ރައީސްގެ ފަޅިން ހަނދާންކޮށްދިނީ 2008 އާއި 2013ގެ ނަތީޖާ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނަކާމިޔާބުވެއްޖެ ކަން ގަބޫލުކުރާ ކަމަށާއި އެކަމަކު މިއީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިިހަށް ގެއްލުން ނޫން ކަމަށް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ފެންނަން އޮތް ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

ބަލި ގަބޫލުކޮށް ރައީސްގެ ފަޅިން ހަނދާންކޮށްދިނީ 2008 އާއި 2013ގެ ނަތީޖާ
ބަލި ގަބޫލުކޮށް ރައީސްގެ ފަޅިން ހަނދާންކޮށްދިނީ 2008 އާއި 2013ގެ ނަތީޖާ

ދެވަނަ ދައުރަކަށް ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލައްކައަކަށް ވުރެން ގިނަ ވޯޓާ އެކު ހޯއްދެވީ ތާރީޚީ މޮޅެކެވެ. އެކަނި ވާދަކުރައްވައި ރާއްޖޭގައި އެއް ކެންޑިޑޭޓަކަށް މިހާތަނަށް މިވަރަށް ވޯޓު ހޯއްދެވިފައި ނެތް އިރު އަދާލަތާއި އެމްޑީއޭ ކޯލިޝަނާ އެކު ނުކުމެވަޑައިގެން ރައީސަށް ލިބިވަޑައިގަތީ 84,000 ވޯޓެވެ.

ބަލި ގަބޫލުކޮށް ރައީސްގެ ފަޅިން ހަނދާންކޮށްދިނީ 2008 އާއި 2013ގެ ނަތީޖާ
ބަލި ގަބޫލުކޮށް ރައީސްގެ ފަޅިން ހަނދާންކޮށްދިނީ 2008 އާއި 2013ގެ ނަތީޖާ

މި ނަތީޖާއަށް ސަރުކާރާއި އެމްޑީޕީގެ ޖަވާބަކީ "ޖެހި ހިސާބު ދިމާނުވި ކަމަށާއި މިއީ ހީކުރި ނަތީޖާއެއް ނޫން" ކަމަށެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ ފެންނަން އޮތީ ފުރަތަމަ ބުރުގައި ބަލިވިޔަސް ދެވަނަ ބުރު ކާމިޔާބު ކުރެވިދާނެ ކަން ކަމަށެވެ.

އެކަން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ފެންނަން އޮތް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިކުރައްވަން ނުކުމެވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ހަ ކެންޑިޑޭޓުން ވާދަކުރެއްވި އެ އިންތިހާބުގެ ފުރަތަމަ ބުރުގައި މައުމޫން 71،000 ވޯޓު (40) ޕަސެންޓް ހޯއްދެވި އެވެ. ނަޝީދަށް ލިބިވަޑައިގަތީ 44،239 ވޯޓު (25) ޕަސެންޓެވެ. އެކަމަކު ދެވަނަ ބުރުގައި މައުމޫންގެ މައްޗަށް ނަޝީދު ކުރި ހޯއްދެވީ ކޯލިޝަނަކުން ނުކުންނަވައި 97،22 ވޯޓު (54.2) ޕަސެންޓުންނެވެ. މައުމޫނަށް ލިބިވަޑައިގަތީ 82،000 ވޯޓާ އެކު (45.79) ޕަސެންޓެވެ.

އޭގެ ފަސް އަހަރުގެ ފަހުން 2013 ގައި ބޭއްވި އިންތިިހާބުގައި ނަޝީދަށް ފުރަތަމަ ބުރުގައި 46.9 ޕަސެންޓް ލިބިވަޑައިގަތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހޯއްދެވުނީ 29 ޕަސެންޓެވެ. އެކަމަކު ދެވަނަ ބުރުގައި ނަޝީދު ބަލިކުރައްވައި ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވީ 51.3 ޕަސެންޓް، 111،203 ވޯޓުންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 105،181 ވޯޓެވެ. އެއީ 48.6 ޕަސެންޓެވެ.

ޔޫތު މިނިސްޓަރު އަދި ކެމްޕޭންގައި އިސްކޮށް އުޅުއްވި އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އިންތިހާބުގެ ފުރަތަމަ ބުރުގައި ނުކުތް ނަތީޖާއަކީ ސިޔާސީ ހަޔާތުގައި އޭނާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ފަހަރު ކަމަށެވެ. ނަތީޖާއިން ފެނުނު ހަގީގަތް ގަބޫލުކުރާ ކަމަށާއި އެކަމަކު ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެ ދެއްކެވީ ކުރީގެ އިންތިހާބުގެ ނަތީޖާ އެވެ.

"މި ހަގީގަތް ގަބޫލުކޮށް އަދި ހަޖަމްކޮށްގެން، ހެދިފައި ހުރި ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އިންތިހާބު ކާމިޔާބުކުރެވޭނެ،" މަހްލޫފް ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންތިހާބު 2008ގެ ނަތީޖާގައި ފެނުނީ ފުރަތަމަ ބުރުގައިި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ހޯއްދެވި ތަން ކަމަށާއި ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގައި 25 ޕަސެންޓް ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން 2013 ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 47 ޕަސެންޓް ލިބިވަޑައިގަތް ކަން މަހްލޫފް ފާހަގަކުރެއްވި އެވެ. އެކަމަކު އިންތިހާބު ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގައި 25 ޕަސެންޓް ހޯއްދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ތާރީހުގައި ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު އިރާދަކުރެއްވިއްޔާ ދެވަނަ ބުރު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. ގަދައަޅާ މަސައްކަތް ކުރަމާ ހިންގަވާ،"

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ވިދާޅުވީ އުއްމީދުކުރި ގޮތަށް އެއްބުރުން ނުނިމުނު ކަމަށެވެ. އެކަމަކު އަދި އިންތިހާބު ނުނިމޭ ކަން ފާހަގަކުރެއްވި އެވެ.

"ދެވަނަ ބުރަށް ދާނީ އިހުނައްވުރެން ވަރުގަދަކޮށް އިންޝާﷲ. ވޯޓުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ދެވަނަ ބުރެއްގައި އަޅުގަނޑުމެން ނުކުންނާނީ މިފަހަރު ވޯޓުގައި ބައިވެރިވި ނުވެވުނު ހުރިހާ ބޭފުޅުންގެ ވޯޓާ ވެސް އެކުގައި."

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި އިންތިހާބު ނާކާމިޔާބުވި ސަބަބާއި ކުރަން ޖެހޭ ކަންކަން ސާފުކުރެވިއްޖެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އިން ކުރި ޓުވީޓެއްގައި ވެސް ސާފުކޮށްދީފައި އޮތީ އިންތިހާބުތަކުގައި ކަން ހިނގާފައިވާ ގޮތެވެ. އެއްބުރުން އިންތިހާބު ކާމިޔާބުނުވިޔަސް ދެވަނަ ބުރުގައި އެ ނަތީޖާ ބަދަލުވެފައިވާ ކަން ތާރީހުން ފެންނަން އޮތް ކަމަށް އެ ޕާޓީން ބުންޏެވެ.

ނާކާމިޔާބީއާ ގުޅޭ ގޮތުން ރައީސް ރޭ ވިދާޅުވެފައި ވަނީ ކުރިން ވިސްނިފައި ނެތް ކަންކަން ނަތީޖާ އިން ސާފުވެވަޑައިގަތް ކަމަށެވެ. ދެވަނަ ބުރަކަށް ރޭ ޕާޓީގެ އިސް ބޭފުޅުންނާ އެކު ބައްދަލުވުމެއް ބާއްވައި ތައްޔާރުވެވަޑައިގަންނަވާނެ ކަމަށެވެ.