ވޯޓުލާ އެކި މަރުކަޒުތަކުގައި އަމަލުކުރީ އެކި ގޮތަށް: ޓްރާންސްޕޭރެންސީ
ވޯޓުލާ އެކި މަރުކަޒުތަކުގައި އަމަލުކުރީ އެކި ގޮތަށް: ޓްރާންސްޕޭރެންސީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔައިރު އެކި މަރުކަޒުތަކުގައި އަމަލުކުރަމުން ދިޔައީ އެކި ގޮތަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ވޯޓުލާ އެކި މަރުކަޒުތަކުގައި އަމަލުކުރީ އެކި ގޮތަށް: ޓްރާންސްޕޭރެންސީ
ވޯޓުލާ އެކި މަރުކަޒުތަކުގައި އަމަލުކުރީ އެކި ގޮތަށް: ޓްރާންސްޕޭރެންސީ

އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަވި ކަންކަމާއި ރަނގަޅު ކުރަންވީ ކަންކަމާ ގުޅޭގޮތުން ޓްރާންސްޕޭރެންސީން އިއްޔެ ބޭއްވި ޕްރެސް ބްރީފިންގައި އެ ޖަމިއްޔާގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކަށް ހުރިހާ މަރުކަޒެއްގައި އެއް ހަމައެއްގެ މަތިން ހަމަޖައްސާފައި ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.

ވޯޓުލާ އެކި މަރުކަޒުތަކުގައި އަމަލުކުރީ އެކި ގޮތަށް: ޓްރާންސްޕޭރެންސީ
ވޯޓުލާ އެކި މަރުކަޒުތަކުގައި އަމަލުކުރީ އެކި ގޮތަށް: ޓްރާންސްޕޭރެންސީ

އެކަމުގެ ސަބަބުން، ވޯޓުލާ މީހުންގެ ވޯޓުގެ ސިއްރުކަމަށް އަސަރުކުރާ ފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށާއި ވޯޓުލާ ހުރިހާ މަރުކަޒެއްގެ ލޭއައުޓް އެއްގޮތަކަށް ހުރި ނަމަވެސް، އެކި މަރުކަޒުތަކުގެ ކުޑަބޮޑުމިން ތަފާތުކަން ޓްރާސްޕޭރެންސީން ފާހަގަކުރި އެވެ.

ވޯޓުލާ އެކި މަރުކަޒުތަކުގައި އަމަލުކުރީ އެކި ގޮތަށް: ޓްރާންސްޕޭރެންސީ
ވޯޓުލާ އެކި މަރުކަޒުތަކުގައި އަމަލުކުރީ އެކި ގޮތަށް: ޓްރާންސްޕޭރެންސީ

އެހެންވެ ބައެއް މަރުކަޒުތަކުގައި ތިބޭ މީހުން ތިބެން ޖެހުނީ އެހެން މަރުކަޒުތަކާ އަޅާބަލާއިރު ކައިރި ކައިރީގައި ކަމަށާއި އެހެންވުމުން އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި ވޯޓުލާ މީހުންނަށް ވޯޓު ކަރުދާހުގައި ފާހަގަޖަހާއިރު އެ މަންޒަރު ފެނުމުގެ ފުރުސަތު އޮތް ކަމަށް ވެސް ސާރާ ވިދާޅުވި އެވެ.

ދައުލަތުގެ ވަސީލަތްތަކުގެ ބޭނުންކޮށްގެން ކެމްޕެއިން ކުރުމަކީ މަނާ ކަމަކަށް ވިޔަސް އެއިރަކު އޮންނަ ސަރުކާރަކަށް އެކަން ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަ މައްސަލަ މިފަހަރު ވެސް ފާހަގަކޮށް އެ ފުރުސަތު ނުލިބޭ ގޮތަށް ގާނޫނުތައް ބަދަލުކުރަންޖެހޭކަން ވެސް ޓްރާންސްޕޭރެންސީން ފާހަގަކުރި އެވެ.

"އިންތިހާބާ ދިމާކޮށް ރަސްމީ މަސްއޫލިޔަތުތަކާއި ކެމްޕެއިން ހަރަކާތްތައް ވަކިކުރެވޭނެ ގޮތެއް ރަނގަޅަށް ބަޔާން ކޮށްފައެއް ނުވޭ. އެހެންވެ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އެހެން ކެންޑިޑޭޓުންނަށް ކެމްޕެއިން ނުކުރެވޭނެ ގޮތަށް އެއިރަކު އޮންނަ ސަރުކާރަކަށް ކެންޕޭނުކުރުމުގެ ފުރުސަތު ހުޅުވިފައި އޮވޭ،" ސާރާ ވިދާޅުވި އެވެ.

ތަރައްގީގެ ސްޓްރެޓެޖީއަކާއި ދިގު މުއްދަތުގެ ގައުމީ ތަރައްގީގެ ޕްލޭންތަކާ ނުގުޅޭ ގޮތަށް، ކެމްޕެއިންގެ މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ އަދި އިގްތިސާދީ މަޝްރޫއުތަކުގެ ސްކޯޕާއި ސްކޭލް ބަދަލުކޮށްފައިވާކަން ޓްރާންސްޕޭރެންސީއަށް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހުރިހާ ކަމަކުން ވެސް ދައްކުވައިދެނީ ތާއީދު ހޯދުމާއި ކެމްޕެއިން ކުރުމަށް އެހެން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ލިބޭ މާހައުލެއް ނެތްކަން،" ސާރާ ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީން ބުނީ ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް އިންތިހާބުގެ ކުރިން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.

މިހާރު އެސްއޯއީތައް ހިންގަމުންދާ ގޮތުން "ކްލައިންޓަލިޒަމް" ކަހަލަ ނިޒާމެއް ގާއިމްވެގެންދިއުމުގެ ފުރުސަތު އޮތް ކަމަށާއި އޭގެ ތެރޭގައި ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އިންފްރާސްޓްރަކްޗާ ބިނާކުރުމާއި އެސްއޯއީތަކަށް މަޝްރޫއުތައް ހަވާލުކުރުން ހިމެނޭ ކަމަށް ސާރާ ވިދާޅުވި އެވެ.

ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް ހުރި ގޮންޖެހުންތަކާއި އިންތިހާބު ކުރިއަށްދާ ގޮތާ މެދު ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ދިމާވާ ގޮންޖެހުންތަކަށް މާނަހުރި ހައްލެއް ހޯދުމަށް ޓްރާންސްޕޭރެންސީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފަ އެވެ

- އިލެކްޝަން ކޮމިޝަނުގެ ހުރިހާ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ކޮމިޝަން މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަންކުރުމުގެ މަރުހަލާ ވީހާ ވެސް އަވަސްކުރުން

- ހުރިހާ މަރުކަޒެއްގައި ވެސް އަމަލުކުރާނެ އުސޫލުތައް އެއް ހަމައަކުން ކުރިއަށް ގެންދެވޭނެހެން ބާރުއެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ އޮފިޝަލުންނަށްވެސް ލިބެންޖެހޭ ތަމްރީނާއި އިރުޝާދުތައް ދެވަނަ ބުރު ފެށުމުގެ ކުރިން ދިނުން

- ވޯޓުލާ މަރުކަޒުތަކުގެ ލޭއައުޓް، ވޯޓުކަރުދާހުގެ ސިއްރުކަން ދެމެހެއްޓޭނެކަން ކަށަވަރުވާނެގޮތަށް ބަދަލުކުރުން

- ޖާގައިގެ ގޮތުން ދަތި، ވޯޓު ކަރުދާހުގައި ފާހަގަޖަހާ ބޫތާއި މަރުކަޒުގައި ތިބޭ އޮބްޒާވަރުންނާއި ވޯޓުލާ ފަރާތްތަކާއި އަދިވެސް އެހެން ފަރާތްތަކާއި ދެމެދުގައި އެކަށީގެންވާ ޖާގައެއް ނުދެވޭ ވޯޓުލާ މަރުކަޒުތައް އެހެން ތަނަކަށް ބަދަލުކުރުން

- ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މޮނިޓަރުން، ވޯޓުލާ މީހުން ވޯޓު ކަރުދާހުގައި ފާހަގަޖަހާ ވަގުތު ފޮޓޯ އަދި ވީޑިއޯ ނުނަގާކަން ކަށަވަރުކުރުން