ވޯޓުލާން ނުކުތް އަދަދު ނިސްބަތުން ދަށް، އުޅެނީ 75 ޕަސެންޓުގައި
ވޯޓުލާން ނުކުތް އަދަދު ނިސްބަތުން ދަށް، އުޅެނީ 75 ޕަސެންޓުގައި

މުޅި ރާއްޖޭގައި މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 75 ޕަސެންޓް މީހުން ނުކުތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވޯޓުލާން ނުކުތް އަދަދު ނިސްބަތުން ދަށް، އުޅެނީ 75 ޕަސެންޓުގައި
ވޯޓުލާން ނުކުތް އަދަދު ނިސްބަތުން ދަށް، އުޅެނީ 75 ޕަސެންޓުގައި

ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި 75 ޕަސެންޓަށް ވުރެން މަތިން ވޯޓުލާފައިވާ ކަމަށެވެ. މިއީ، 2018 ގެ ރިޔާސީ އިންތިހާބާ އަޅާބަލާއިރު ނިސްބަތުން ދަށް އަދަދެކެވެ.

އެ އިންތިހާބުގައި 89.2 ޕަސެންޓް މީހުން ވޯޓުލާން ނުކުތެވެ.

މިފަހަރުގެ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ 144،199 ފިރިހެނުންނާއި 138،196 އަންހެނުންނެވެ.

މި އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އޭގެތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އިންތިހާބުގެ ދެބައިކުޅައެއްބައި ވޯޓު ފޮށި ގުނައި ނިމުނުއިރު ދެ ކެންޑިޑޭޓުންގެ ފަރަގު ކުޑަ އެވެ. މިހާތަނަށް ނަތީޖާއަށް ބަލާއިރު ދެވަނަ ބުރަކަށް ދާން ޖެހުން ގާތެވެ.