އިނގިރޭސި ވިލާތުގައި ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެއްޖެ
އިނގިރޭސި ވިލާތުގައި ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެއްޖެ

ލަންޑަން (ފެބްރުއަރީ 3) - އައިސްބާގު ލެޓޫސް އާއި ބްރޮކޮލީ ފަދަ ބާވަތްތައް ލިބުން ދަތިވެ އިނގިރޭސި ވިލާތުގެ ސުޕަމާކެޓްތަކުގައި މި ބާވަތްތައް ވިއްކުން ކޮންޓްރޯލް ކޮށްފި އެވެ.

އިނގިރޭސި ވިލާތުގައި ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެއްޖެ
އިނގިރޭސި ވިލާތުގައި ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެއްޖެ

ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެފައި މި ވަނީ ސްޕޭނަށް މޫސުން ގޯސްވެ މި ބާވަތްތަކުގެ އުފެއްދުން ދައްވެފައިވާތީ އެވެ. ޓެސްކޯ އިން ދަނީ މީހަކަށް ތިން އައިސްބާގު ލެޓޫސް އަދި މޮރިސަންސް އިން ދަނީ މީހަކަށް ދެ އައިސްބާގު އަދި ތިން ބްރޮކޮލީ ވިއްކަމުންނެވެ. އައިސްބާގު ލެޓޫސްގެ އަގު ވަނީ 42 ޕެންސް އިން 1.19 ޕައުންޑަށް އަޑު އަރައިފަ އެވެ.

ޓެސްކޯގެ ފިހާރަތަކުގެ ޝެލްފުތަކުން ލެޓޫސް ހުސްވެފައިވާ މަންޒަރާއި މި ބާވަތްތައް ވިއްކުން ލިމިޓްކޮށްފައިވާ ނޯޓިސް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ އަށް އާއްމުކޮށްފަ އެވެ.

ބޮޑު ވަޒީރު ތެރޭސާ މެއިގެ ތަރުޖަމާނަކު ވިދާޅުވީ ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެފައިވާކަން އެނގޭ ކަމަށާއި އެހެންވެ އެންވަޔަމެންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް ޑިޕާޓްމަންޓުން އެކަން ބަލަމުންދާ ކަމަށެވެ.