100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނި ގޮތުގައި ވޯޓު ލައިފައިވާ ނިސްބަތް އުޅެނީ 75 ޕަސެންޓްގައި. ވޯޓު ލައި ނުނިމޭތީ މިހާރު ވެސް ބައެއް ވޯޓު ފޮށިތަކަށް ވޯޓު ލުން ކުރިއަށް އެބަ ދޭ. މި އިންތިހާބުގައި ވޯޓު ލައިފައިވާ މީހުންގެ އަދަދު 75 ޕަސެންޓްގައި ހުރެއްޖެ ނަމަ އެއީ، ފަހުން ބޭއްވި އިންތިހާބުތަކަށް ބަލާއިރު ވަރަށް ދަށް އަދަދެއް.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

މިހާތަނަށް 100 އަށް ވުރެ ގިނަ ފޮށީގެ ނަތީޖާ ލިބިފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ލިބިވަޑައިގެންފައިވަނީ ވަރަށް ތަފާތު ކުޑަކޮށް. މި ދެ ބޭފުޅުން 40 ޕަސެންޓުން މަތީގައި އުޅުއްވާއިރު ދެން ތިއްބެވި ކެންޑިޑޭޓުންނަށް ނިސްބަތުން ލިބުނު ވޯޓު ވަރަށް މަދު.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ރިސޯޓްތަކުގެ ވޯޓު ފޮށިތަކުގެ ނަތީޖާތައް މިހާރު ވަނީ އިއުލާންކުރަން ފަށައިފައި. އެކަމަކު މާލެ އާއި ރަށްރަށުގައި ހުރި ބައެއް ފޮށިތައް ކައިރީގައި އޮތް ކިޔޫ އަދިވެސް ނުނިމޭތީ އެ ފޮށިތަކުގައި ވޯޓު ލުން ކުރިއަށް އެބަދޭ

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

މެލޭޝިއާގައި ވޯޓުލާން ބެހެއްޓި ފޮށި މިހާރު ވަނީ ގުނަން ފަށާފައި. ރާއްޖޭގައި ވެސް އެކި މަރުކަޒުތަކުގައި މިހާރު ވަނީ ވޯޓު ގުނަން ތައްޔާރުވެފައި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ހަތަރެއް ޖެހުމާ އެކު އީސީގެ އޮފިޝަލުން ކިޔޫތައް ބަންދުކޮށްފި. ކިޔޫގައި ތިބި މީހުން ނިމެންދެން އެ މަރުކަޒެއްގައި ވޯޓުލުން ކުރިއަށް ދާނެ. ވޯޓު ގުނަން ފަށާނީ 4:30 ގައި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ވޯޓުލާން ކަނޑާއަޅާފައިވާ ވަގުތު، 4:00 ގައި ހަމަވުމާ އެކު މިހާރު ވަނީ ކިއޫތައް ބަންދުކޮށްފައި. ވަގުތު ހަމަވި އިރު ކިއޫގައި މީހުން ތިބި ފޮށިތަކުގައި ވޯޓުލުން ކުރިއަށް ދާނެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިލެކްޝަންސް ކޮމިޝަން: ސެކްރެޓަރީ ޖެނެރަލް ހަސަން ވިދާޅުވީ މި އިންތިހާބުގައި ވޯޓު ކިޔޫ ހަަތަރެއް ޖަހާއިރު ބަންދުކުރާނެ ކަމަށް، ވަގުތު އިތުރު ނުކުރާނެ ކަން ކެންޑިޑޭޓުންނާއި މަންދޫބުންނަށް ވެސް އޮންނާނީ އަންގާފައި ކަަމަށް.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

މިހާތަނަށް 58 ޕަސެންޓް މީހުން ވޯޓުލިޔަސް މާލޭގައި ފެންނަނީ ފޯރި ކުޑަކޮށް. ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިޔޫތަކެއް ނެތް. އީސީން އިއުލާންކޮށްފައިވާ ގޮތުގައި ހަވީރު ހަތަރެއްގެ ފަހުން ވޯޓު ކިޔޫ ބަންދުވާނެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިލެކްޝަންސް ކޮމިޝަން: އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޭއް ޖެހުމާ ހަމައަށް 58 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ޕީޕީއެމްގެ ކަންބޮޑުވުން: ވޯޓުގައި ޖަހާ ފާހަގަ ދެއްކުމާއި ފޮޓޯ ނެގުން ފަދަ ކަންކަން ވޯޓުލާ މަރުކަޒު ތެރޭގައި ހިނގަމުންދާ ކަމަށް އެ ޕާޓީން ބުނޭ. މިއީ ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން ކަމަށް. މިކަން ހުއްޓުވައިދޭން ގޮވާލައި ނެރުނު ބަޔާނުގައި ޕީޕީއެމުން ބުނީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ވޯޓު ފޮށިތައް ކައިރީގައި ގަވައިދާ ޚިލާފު ބައެއް ކަންކަން ހިނގަމުންދާ ކަމަށް. އެ ޕާޓީން އީސީއަށް ގޮވާލާފައި ވަނީ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވައި ސުލްހަވެރިކަމާއި އަމާންކަމާ އެކު ވޯޓުލުން ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމްކޮށްދޭން.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިލެކްޝަންސް ކޮމިޝަން: މިއަދު އެކެއް ޖެހުމާ ހަމައަށް 48 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ފިރިހެނުންގެ 24.5 ޕަސެންޓާއި އަންހެނުންގެ 23.4 ޕަސެންޓް. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ ޖުމްލަ 282،2395 މީހުންނަށް.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ރަށްރަށުގައި ވޯޓުލުން ފޯރީގައި ކުރިއަށް އެބަދޭ: ބައެއް ރަށްރަށުން ވާހަކަ ދެއްކި "މިހާރު"ގެ އައިރިޕޯޓަރުން ބުނި ގޮތުގައި އެ ރަށެއްގައި ވޯޓުލާން ރަޖިސްޓްރީކޮށްފައި ތިބި މީހުންގެ ދެބައިކުޅަ އެއްބައި މީހުން މިހާތަނަށް ވޯޓުލައިފި. ބައެއް ރަށްތަކުގެ ވޯޓުލީ އަދަދުތަކަށް ބަލާއިރު، ވޯޓުލުން ފޮށި ބަންދުކުރަން ހަމަޖެހިފައި އޮތް ގަޑީގެ މާކުރިން ގިނަ ބަޔަކު ވޯޓުލައި ނިމޭނެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އީސީގެ ޕްރެސް ކޮންފަރެންސް: ދެ އޮފިޝަލެއްގެ ޝަކުވާ އއ. ރަސްދޫން ލިބުނު. ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ހަރަކާތެއްގައި ބައިވެރިވުމަކީ އިގުރާރާ ހިލާފު އަމަލަކަށް ވާތީ އެ ދެ އޮފިޝަލުން ވަނީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި. ސިޔާސީ ޕާޓީތަކުން ހުށަހެޅި ގޮތަށް ސިޔާސީ ޕާޓީތަކަށް ދޫކުރެވެން އޮތް އެންމެ ގިނަ އަދަދަކަށް ފާސްދޫކޮށްފައިވާ ކަމަށް އީސީން ބުނި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ކިޔޫގައި ނުޖެހި ފަސޭހައިން ވޯޓުލެވޭނެ ގޮތް 65 އަހަރުން މަތީގެ މީހުންނަށް ވަނީ ހަމަޖައްސާފައި. މި ނޫނަސް ބައެއް މުއައްސަސާތަކުގެ މީހުންނަށް ވެސް ވަގުތުން ވޯޓު ލެވޭ ގޮތް ހަދާފައިވާ ކަމަށް ހަބީބް ވިދާޅުވި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ވޯޓު ބޫތު ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސައްހަކަން ގެއްލޭ ކަމުގެ ޝަކުވާ: ލަފާދޭ ކޮމިޓީގައި މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށާއި އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތެއް ބަލައި ހައްލުކުރާނެ ކަމަށް ވިދާޅުވި. ހަބީބް ވިދާޅުވި ގޮތުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ ތަން ބެލުމަކީ ކުށެއް ކަމަށް. ގާނޫނާއި ގަވައިދާ ހިލާފު އެފަދަ އަމަލުތައް ނުކުރަން ހަބީބް އެދިވަޑައިގަތް.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އީސީން ބުނީ ބ. ތުޅާދޫގައި ވޯޓު ލުން ހުއްޓިފައި ވަނީ މީހަކު ވޯޓުލަނިކޮށް ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގުމުން ކަމަށް. ފޮޓޯ ނެގީ ފާހަގަ ޖަހަން ގެންދިޔަ ގަލަމެއްގައި އިން ކެމެރާއަކުން. އެ މައްސަލަ ހައްލުކޮށް، ވަރަށް އަވަހަށް އެތަނުގައި ވޯޓު ލުން ފެށޭނެ ކަމަށް އީސީން ބުނޭ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިހާތަނަށް 39 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް. ވޯޓުލުން ކުރިއަށް ދަނީ އަމާންކަމާ އެކުގައި ކަމަށާއި ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް މައްސަލަތަކެއް ދިމާވި ކަމަށް ވިދާޅުވި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ވޯޓުލާ މަރުކަޒުތަކަށް މަޑުމަޑުން މީހުން ގިނަވެ ކިޔޫ ދަމާލާފައި އޮތަސް 2018 ގެ އިންތިހާބާ އަޅާބަލާއިރު ފެންނަނީ ފޯރި ކުޑަކޮށް. މާލޭގައި ވެސް ބައެއް މަރުކަޒުތަކުގައި މާގިނައިރު ކިޔޫގައި ނުތިބެ ވޯޓު ލުން ނިމޭ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިންތިހާބުގެ ވޯޓު ލުން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސެއް މިއަދު އެކެއްޖަހާއިރު ފަށާ ގޮތަށް ވަނީ ހަމަަޖައްސާފައި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ވޯޓު ލެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް މީޑިއާ އަށް ވިދާޅުވީ، ފެނިވަޑައިގަންނަވަނީ މުޅި ރާއްޖޭގައި ވެސް ވޯޓު ލުން ވަރަށް އޮމާންކަމާ އެކު ކުރިއަށް ދާ ތަން ކަމަށް. ނައިބު ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ރައްޔިތުން ކޮންމެ ގޮތަކަށް ކަންކަން ނިންމިޔަސް އެ ކަމެއް ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި މިރޭ ވޯޓުގެ ނަތީޖާ އަންނަ ގޮތަކުން އެ ކަމަށް އެންމެން ވެސް އިހުތިރާމް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް. ވިދާޅުވީ، ކޮންމެ ގޮތަކަށް މި އިންތިހާބުން ނިންމިޔަސް މުހިންމީ އެންމެން އެކަތިގަނޑަކަށް ވުން ކަމަށް. އަދި ދެވަނަ ބުރަކަށް ދާން ޖެހުނަސް އެކަން ވެސް ކުރަން ވާނީ އަމާންކަން ނުގެއްލޭ ގޮތަކަށް ކަމަށް ވިދާޅުވި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ އައިސް އުޅޭ އީޔޫ އޮބްޒާވާސް މިޝަނުން ނޫސްވެރިން ގާތުން ބުނީ، ވޯޓުގެ ހުރިހާ މަރުހަލާއެއް ވަކިވަކިން ބަލާނެ ކަމަށް. އެއީ ވޯޓު ލާން ފެށުމުގެ ކުރި އާއި ވޯޓު ލަމުން ގެންދާއިރު އަދި ވޯޓު ގުނުމުގެ މަރުހަލާ ކަމަށް އެ މިޝަނުން ބުނި. އީޔޫ އޮބްޒާވަރުންގެ 40 މީހަކު ރާއްޖޭގައި އެބަ ހަރަކާތްތެރިވޭ. އެ މިޝަނުން އެއްކުރާ ހުރިހާ މައުލޫމާތެއް އަންނަ ހޯމަ ދުވަހު މީޑިއާ އަށް ހާމަކުރާނެ ކަމަށް ބުނި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ވޯޓު ދެއްވައިފި.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނި ގޮތުގައި 10:00 އާ ހަމއަށް މުޅި ރާއްޖޭން ވޯޓު ލާފައި ވަނީ 36،163 މީހުން. އެއީ 12.81 ޕަސެންޓު މީހުން. އެއީ 22،403 ފިރިހެނުންނާއި 13،760 އަންހެނުން.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ލަންޑަނާއި އަބޫ ދާބީގައި ވެސް މީގެ ގަޑިއެއްހާއިރު ކުރިން ވަނީ ވޯޓުލާން ފަށާފައި. މިހާތަނަށް ހުރިހާ ތަނެއްގައި ވެސް ވޯޓުލުން ކުރިއަށްދަނީ އަމާންކަމާ އެކު. އާންމު އިދާރީ ބައެއް މައްސަލަތައް ކުރިމަތިވި ނަމަވެސް ޖުމްލަގޮތެއްގައި އަދި ބޮޑު މައްސަލައެއް ނެތް.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވޯޓު ލައްވަނީ. ވޯޓު ލެއްވުމަށް ފަހު އޭނާ މީޑިއާ އަށް ވިދާޅުވީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެދިވަޑައިގަންނަވާ ކަމަށް. އެ މީހުން ބޭނުން ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވި. މުއިއްޒު އެދިވަޑައިގަތީ ހަވީރު ހަތަރެއް ޖަހަންދެން މަޑުނުކޮށް ވޯޓު ލުމުގެ ގާނޫނީ ވާޖިބު ވީހާ އަވަހަކަށް އަދާކުރުމަށް.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިންތިހާބުގެ ވޯޓުލުން ދެންމެ ފަށައިފި. ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖަހަންދެން މިއަދުގެ ވޯޓު ލުން ކުރިއަށް ގެންދާނެ. ވޯޓު ލުން ބަންދު ކުރާނީ 4 ޖަހާއިރު ކިއޫގައި މީހަކު ނެތް ނަމަ. އާންމު ގޮތެއްގައި ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ވާދަވެރި އަދި ފޯރިގަދަ ރިޔާސީ އިންތިހާބުގައި ވޯޓުލާން މިއަދު ހެނދުނު ހަތެއް ނުޖަހަނީސް ކިއު ހަދަން ފަށައިފި އެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

މާލެ އާއި ބައެއް ރަށްރަށުގެ ވޯޓުފޮށިތައް ކައިރީގައި މިހާރު ވަނީ ކިއު ހަދައިފަ އެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހެނދުނު 7:30 އިން ފެށިގެން ކިއު އަށް އެރޭނެ ކަމަށެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

"ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިއުރިޓީ އުރަ ކަނޑާލުމަށް ފަހު 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ،" އޭނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވި އެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ހަބީބް ވިދާޅުވި ގޮތުގައި ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައި އޮފިޝަލުން ތިބީ ތައްޔާރަށެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ވޯޓުލާން ހަވީރު 4 ޖަހާއިރު ކިއޫގައި މީހަކު ނެތް ނަމަ ކިއު ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، އާންމު ގޮތެއްގައި ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުންނެވެ. އެހެން ނޫން ނަމަ ވޯޓު ބާތިލުވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އަދި 282،395 ވޯޓުލާން ޝަރުތު ހަމަވެ އެވެ. އޭގެ ތެރެއިން 27،006 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މި ފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

މިއަދުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވާ ވޯޓުލުމަށް 574 ވޯޓުފޮށި މުޅި ރާއްޖޭގައި ބަހައްޓާފައި ވެ އެވެ. އޭގެ ތެރެއިން 176 ފޮށި ބެހެއްޓީ މާލެ ސަރަހައްދުގަ އެވެ. ރާއްޖެ އިން ބޭރުގައި 8 ފޮށި ހުންނާނެ އެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ. އެ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނެވެ.

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

މިއީ މިހާތަނަށް އެންމެ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. ވާދަކުރާ 8 ކެންޑިޑޭޓުންގެ ތެރެއިން ތިން ބޭފުޅަކު ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ.