މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން
މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން

މި ވަގުތު ގައުމަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ އިހުލާސްތެރި ވެރިއެއް ކަމަށާއި މާދަމާ ބާއްވާ ރިޔާސީ އިންތިހާބަށް އޭނާ ކުރިމަތިލައްވާއިރު ރައްޔިތުންނަށް ވާ އެންމެ ބޮޑު ވައުދަކީ އަދި ދޭ ޔަގީން ކަމަކީ ވެސް އެފަދަ އޯގާވެރި، ތެދުވެރި ވެރިޔަކަށް ވުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން
މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން

ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިންގެ ހަރަކާތްތައް މިއަދު ހަވީރު 6 ޖަހާއިރަށް ނިންމާލުމުގެ ކުރިން މުއިއްޒު ދެއްވި އެންމެ ފަހު މެސެޖުގައި ވިދާޅުވީ މާދަމާ ނިންމާ ނިންމުކީ ގައުމުގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމަށް، މިނިވަން ރާއްޖެއެއް ދަރީންނާ ދަރީންގެ ދަރީންނަށް ވާރުތަކޮށްދިނުމަށް، ނިންމާ އިހުލާސްތެރި، އަމާނާތްތެރި ނިންމުމަކަށް ވާން ޖެހޭނެ ކަމަށެވެ.

މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން
މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން

މުއިއްޒު ވިދާޅުވީ ދިވެހިން ބޭނުންވާ އަމާޒަށް ގައުމު ގެންގޮސްދިނުމަށް މާތްﷲގެ ވާގިފުޅާއެކު، ރެއާއި ދުވާލު ތެދުވެރިކަމާ އެކީގައި ގައުމަށް ހިދުމަތްކޮށްދެއްވާނެ ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ދިވެހިންނަށް ތަނަވަސް ދުވަސްތަކެއް ހޯދައިދިނުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން
މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން

"އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑު ހިޔާރުކުރެއްވުން. ކެންޑިޑޭޓް ނަންބަރު ހަތަރަކަށް ވޯޓު ދެއްވުން. އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުންގެ އުންމީދުތައް އަޅުގަނޑު ހަގީގަތަކަށް ހަދައިދޭނަން. ރައްޔިތުންގެ ހައްގުގައި ވަފާތެރި ވެރިކަމެއް އަޅުގަނޑު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން
މުއިއްޒުގެ ފަހު މެސެޖު؛ އެންމެ ބޮޑު ވައުދަކީ އިހުލާސްތެރިކަން

"ތެދުވެރި އިހުލާސްތެރި ވެރިއެއްގެ ގޮތުގައި އަދި ދިވެހި ދަރިއެއްގެ ގޮތުގައި ދެމިހުންނާނަން."

މުއިއްޒު ވިދާޅުވި ގޮތުގައި، ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިމޭއިރު، އަމިއްލަ ނަފުސަށް ތެދުވެރިކަމާ އެކު ޖަވާބު ދޭން ޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ. އެއީ، މި ފަސް އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ހަލަތުވީ ރަނގަޅުވިތޯ އާއި ދިރިއުޅުމުގެ ހަރަދު ބަރަދަށް ލުއިކަމެއް ލިބުނުތޯ އާއި އާރުލާ ކަހަލަ ތަރައްގީގެ ނިޝާންތަކެއް ގައުމުން ފެންނަން އެބަހުރިތޯ އަދި އިސްލާމްދީނާ ދިވެހީންގެ މިނިވަންކަން މި ފަސްގަނޑުގައި ދެމެހެއްޓޭނޭ ކަމަށް ލިބުނީ ކޮން އިތުބާރެއްތޯ އެވެ.

މީގެ ފަސް އަހަރު ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވައި ކަންބޮޑުވެވަޑައިގަތީ، ވޯޓުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން ބޭރުގެ ނުފޫޒުތަކުގެ ދަށުވެ ދިވެހީންގެ އަމިއްލަ ބާރު މި ގައުމުގައި ކުޑަވެގެން ދިއުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ދަރަނިވެރިކަން ބޮޑުވެ މި ގައުމު ބަނގުރޫޓުވާ ހާލަތަށް ހިނގައިދާނެތީ. މިއަދު އެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފި،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން "ދިވެހީންގެ ރާއްޖެ" ދިވެހީންނަށް އަނބުރައި ހޯދައިދިނުމަށް، މި ރިޔާސީ އިންތިހާބުގައި ވާދަކުރަން ނުކުމެ މި ތިބީ ވަރުގަދަ އަޒުމެއްގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، ގާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެނެސް، މި ގައުމަށް ރަށްވެހިކަމާ އާރޯ ކަމުގެ އާ ޒަމާނެއް އަޅުގަނޑުމެން ގެނަސްދޭނަން،" މުއިއްޒުގެ މެސެޖުގައި ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް ހިޔާވަހިކަމާއި އާމްދަނީގެ މަގުތަކާއި ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދޭނެ އެވެ. ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށްދީ، ތައުލީމާއި ސިއްހަތާއި އިޖުތިމާއީ ކަންކަން ހަރުދަނާކޮށްދީ، ދިވެހިން އެދޭ ތަރައްގީ އަމަލީ ގޮތުން ގެނަސްދޭނެ ސަރުކާރެއް އަނެއްކާ ވެސް ގާއިމުކޮށްދޭނެ އެވެ.

ހެޔޮވެރިކަމެއް މި ގައުމުގައި ކޮށް، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ރާއްޖެއެއް ލިބިއްޖެ ކަމުގެ އިހުސާސް ދިވެހީންގެ ހިތްތަކަށް އަނެއްކާ ވެސް ވައްދައިދޭން މުއިއްޒުގެ ފަހު މެސެޖުގައި މިއަދު ވައުދުވެވަޑައިގަތެވެ.