ހިންމަފުށީގެ ދެ ކައުންސިލަރަކު ސޮއިކޮށް މެޖޯރިޓީ އެމްޑީޕީއަށް
ހިންމަފުށީގެ ދެ ކައުންސިލަރަކު ސޮއިކޮށް މެޖޯރިޓީ އެމްޑީޕީއަށް

އިދިކޮޅު ޕީޕީއެމްގެ ކޮންޓްރޯލް ކުރިން އޮންނަ ކ. ހިންމަފުށީ ކައުންސިލްގެ ދެ މެމްބަރަކު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެން ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ އެވެ.

މި ސަރުކާރު ކޯލިޝަންގެ މައި ޕާޓީއާ އަލުން ގުޅިވަޑައިގެން، ސުޒެއިން ހަލީލް ޢަދި މުނިޔަތު ނިސާ ވަނީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޯމު ހަވާލުކުރައްވައިފަ އެވެ. މިއާއެކު އެ ޕާޓީގައި އެމްޑީޕީގެ ހަތަރު ކައުންސިލަރަކު އެބަތިއްބެވި އެވެ.

ސުޒެއިން "މިހާރު" އަށް ވިދާޅުވީ 2008 އިން ފެށިގެން ޑިމޮކްރެޓްސް އުފެއްދުމާ ހަމައަށް އޭނާ ހުންނެވީ އެމްޑީޕީގައި ކަމަށެވެ.

އެކަމަކު، އެ ޕާޓީގެ ކުރީގެ ރައިސް މުހައްމަދު ނަޝީދަށް ތާއިދުކުރާ މީހުން އެމްޑީޕީން ވަކިވުމުން އޭރު ވަކިވީ ކަމަށް ސުޒެއިން ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ސުޒެއިން ކައުންސިލް އިންތިހާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. މުނިޔަތު ވެސް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ހިންމަފުއްޓަށް މި ސަރުކާރުން ރަނގަޅު ކަންތައްތަކެއް ކޮށްދީފައިވާތީ އެވެ.

އޭގެ ތެރޭގައި ބަނދަރު ބޮޑުކުރުމާއި ނަރުދަމާ ނިޒާމް ގާއިމްކުރުން އަދި ސްކޫލު މަލްޓި ޕާޕަސް ހޯލާއި ފުޓްބޯޅަ ދަނޑު ހިމެނެ އެވެ.