މިނިވަންކަމާއި ދަރަނީގެ ވާހަކައަކީ ވާދަވެރިންގެ ހުސް އޮޅުވާލުން: ރައީސް
މިނިވަންކަމާއި ދަރަނީގެ ވާހަކައަކީ ވާދަވެރިންގެ ހުސް އޮޅުވާލުން: ރައީސް

މި އިންތިހާބާ ގުޅިގެން ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށް ބޭރުގެ ނުފޫޒު ވަދެ ގައުމު ދަރާވިކިފައި އޮތް ކަމަށް ވާދަވެރިން ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ހުސް ދޮގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަންކަމާއި ދަރަނީގެ ވާހަކައަކީ ވާދަވެރިންގެ ހުސް އޮޅުވާލުން: ރައީސް
މިނިވަންކަމާއި ދަރަނީގެ ވާހަކައަކީ ވާދަވެރިންގެ ހުސް އޮޅުވާލުން: ރައީސް

ކެމްޕޭނަށް ފ. ބިލެތްދުއަށް ވަޑައިގެން ރައީސް ވިދާޅުވީ ގައުމިއްޔަތާއި ދީނާއި މިނިވަންކަމުގެ ވާހަކަ ދައްކައި އެމަނިކުފާނުގެ ވާދަވެރިން ދަނީ ބުހުތާނު ދޮގު ހަދަމުން ކަމަށެވެ. އެއީ މުޅިން ވެސް އޮޅުވާލުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ދައުރަކީ މިނިވަންކަމަށްޓަކައި ވެސް އެންމެ ގިނަ މަސައްކަތްތައް ކުރެވުނު ދައުރު ކަމަށެވެ.

"ވާދަވެރިން ދައްކާ އެއް ވާހަކަ މިނިވަންކަމުގެ ވާހަކަ, ގައުމިއްޔަތުގެ ވާހަކަ, ދަރާ ވިކިފައި އޮތް ވާހަކަ, މިހިރީ ހަމަ ހުސް ދޮގު." ރައީސް ވިދޅާވި އެވެ.

"މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިއަދު ކުރަން ޖެހޭ ކަމަކީ ކަނޑި އާއި ބަޑި ހިފައިގެން ނުކުތުމެއް ނޫން. ވަށާ ބޮޑުފާރުލުމެއް ނޫން. ބޭނުންވަނީ ގައުމުތަކާ އެކު ބަދަހި ގުޅުން އިތުބާރު ހިފޭ ގުޅުން އުފެއްދުން. އަޅުގަނޑުމެން މިދަނީ ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކު އެ ގުޅުން އުފައްދަމުން."

ރައީސް ވިދާޅުވި ގޮތުގައި 180 އަށް ވުރެން ގިނަ ގައުމާ އެކު ބަދަހި ގުޅުން އުފެއްދިއްޖެ އެވެ. ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްކަމަށް ވެސް ވިދާޅުވި އެވެ.