08 ސެޕްޓެމްބަރ 2023 - 13:45

ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ކުރިން އޮތް ވަރުގެ ބިރުވެރިކަމެއް ނެތް ކަމަށާއި ދީނީ އިލްމު އުގަންނައިދިނުމުގެ ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި ފ. ބިލެތްދުއަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ މި ވެރިކަމުގައި ދީނީ އިލްމުވެރިންނަށް ވެސް ފުރިހަމަ މިނިވަންކަން ދެއްވި ކަމަށެވެ. ދެން ވެސް އެ ހުރަހެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިސްލާމީ ސައްހަ އަގީދާގެ މަތީގައި މި ގައުމު ދެމެހެއްޓުމަށްޓަކައި އެ ބޭފުޅުން ތެދުވެވަޑައިގެން ރައްޔިތުންނަށް ލަފަ އާއި މަޝްވަރާ އަރުވަންވީ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދީނީ އިލްމު އުގަންނައިދެއްވަންވީ, އެއަކު ހުރަހެއް ނެތް," ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުތަކާ ދިމާކޮށް ވާދަކުރައްވާ ކެންޑިޑޭޓުންނާ މެދު ދިނީ އިލްމުވެރިންގެ ރައުޔު ހާމަކުރެ އެވެ. އެކަމަކު މި އިންތިހާބުގައި, ކުރީގެ އިންތިހާބުތަކަށް ވުރެން އިލްމުވެރިންގެ އަޑު މަޑެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ހިފެހެއްޓުމެއް ނެތި އެންމެ ފުރިހަމކޮށް މިނިވަންކަން ކަށަވަރުކޮށްދިން ސަރުކާރެވެ. ރައްުޔިތުންނަށް ވައުދުވެވަޑައިގަތް ގޮތަށް އަސާސީ ޚިދުމަތްތަކުގެ މަޝްރޫއުތައް ވެސް ކުރިއަށް އެބަދާ ކަމަށާއި ގައުމިއްޔަތާއި މިނިވަންކަމާއި ދަރަނިވެރިވެއްޖެ ކަމަށް ވާދަވެރިން ދައްކަނީ ބުހުތާނު ދޮގު ކަމަށް ވިދާޅުވި އެވެ.
ވޭތުވެދިޔަ ސަރުކާރުތަކާ ބަލާއިރު، މި ގައުމުގެ މިނިވަންކަން އެންމެ ބޮޑަށް ދެމަހައްޓައި އާސާރުތައް ހިމާޔަތްކުރީ ވެސް އެމަނިކުފާނުގެ މި ވެރިކަމުގައި ކަަމަށް ރައީސް ވިދާޅުވި އެވެ.