ޒަމާނީ ފެންވަރަށް ވިލިމާލެ ހޮސްޕިޓަލް ތަރައްގީ ކުރަން މުއިއްޒު ވައުދުވެޑައިގެންފި
ޒަމާނީ ފެންވަރަށް ވިލިމާލެ ހޮސްޕިޓަލް ތަރައްގީ ކުރަން މުއިއްޒު ވައުދުވެޑައިގެންފި

ހާއްސަ އިސްކަމެއް ދެއްވައިގެން ވިލިމާލެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެޑައިގެންފި އެވެ.

ޒަމާނީ ފެންވަރަށް ވިލިމާލެ ހޮސްޕިޓަލް ތަރައްގީ ކުރަން މުއިއްޒު ވައުދުވެޑައިގެންފި
ޒަމާނީ ފެންވަރަށް ވިލިމާލެ ހޮސްޕިޓަލް ތަރައްގީ ކުރަން މުއިއްޒު ވައުދުވެޑައިގެންފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ވިލިމާލޭގައި "ދޮރުން ދޮރަށް" ހިންގެވުމަށްފަހު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމެއްގައި މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް ވިލިމާލެ ތަރައްގީ ކުރަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ވިލިމާލެއަކީ ހުރިހާ ހިދުމަތެއް ލިބޭ ރަނގަޅު ފެންވަރުގެ ތަނަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހަމައެކަނި ނަން ބޯޑުން ހޮސްޕިޓަލެއްގެ ގޮތުގައި އޮތް ވިލިމާލެ ހޮސްޕިޓަލަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ހިދުމަތެއް ލިބޭ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް އެތަން ހަދައިދޭނީ އޭނާގެ ވެރިކަމެއްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ވިލިމާލެއާ ކައިރީގައި އައިޖީއެމްއެޗް ހުރީތީ ސިއްހީ ނިޒާމުގައި އެ ނެގްލެކްޓް ކުރެވިފައި އޮތްއޮތުން ނިމުމަކަށް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

"ކިތަންމެ ކައިރީގައި ތިއްބަސް އަދި ބްރިޖު އެޅުނަސް، މިތަނުގައި ތިބެގެން އެ ޒަރޫރީ ގޮތުން ލިބެން ޖެހޭ ސިއްހީ ހިދުމަތް ލިބުމަކަށް އޮތް ހުރަހަކަށް ވެސް އުޒުރަކަށް ދެއްކޭނެ ކަމަކަށް ވާން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން."

މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ވެސް އޮތީ ޒަމާނީ ފެންވަރަށް ބަދަލު ކުރަން ޖެހިފައި ކަމަށާއި އެ އަވަށުގެ އާބާދީ އިތުރުވަމުން އަންނައިރު އެއީ ވެސް ކުރަން ރޭވިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

• ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުން.

• މަގުތަކުގެ ފެހިކަން ނުގެއްލޭ ގޮތަށް މަގުތައް ޒަމާނީ ފެންވަރަށް ހެދުން.

• ހައުސިން މަޝްރޫއެއް ހިންގުން.

• ކުޅިވަރު ކުޅޭ ދަނޑުތައް ހެދުން.