07 ސެޕްޓެމްބަރ 2023 - 20:42

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފަހު މަންޒިލަކަށް އޭނާގެ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށް އދ. ދަނގެއްޗަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ވަޑައިގެންފި އެވެ.

ދަނގެތި ދާއިރާގެ މެމްބަރު ނާޒިމްގެ ކެމްޕެއިން ޓީމުން ކުރި ޓުވީޓެއްގައި ބުނީ، ދަނގެތި އަދި މުޅި ދަތުރުން ވެސް ފެނުނީ އުންމީދީ މަންޒަރުތަކެއް ކަމަށެވެ،
"ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އުޖާލާ ޒަމާނަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ނާޒިމަށް ވޯޓު ދެއްވާ،" ޓުވީޓުގައި ވެ އެވެ.
ނާޒިމަކީ މި އިންތިހާބަށް އެންމެ ފުރަތަމަ ކެމްޕެއިން ފެއްޓެވި އަދި އެންމެ ފުރަތަމަ މެނިފެސްޓޯ ވެސް އާންމު ކުރެއްވި ކެންޑިޑޭޓެވެ.