03 ފެބުރުއަރީ 2017 - 15:37

ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެ ދެ މަގާމުގެ ޝަރުތަކީ ވެސް ޑިގްރީއެއް އޮތުމާ އެކު އޮތުމާ އެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރުގެ ތަޖުރިބާ ހުރުމެވެ.
އެ ދެ މަގާމަށް ވެސް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 35،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. ޕާމެނަންޓް ސެކެޓްރީންނަކީ އެ އޮފީހެއްގެ ސިވިލް ސާވިސްގެ އެންމެ އިސް މަގާމެވެ.
ސިވިލް ސާވިސް ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ސަބަބުން މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މީހުން އައްޔަން ކުރަނީ އެ މިނިސްޓްރީއެއްގެ ހިންގަވާ ވަޒީރުގެ ލަފާގެ މަތިންނެވެ.