121 ގައުމެއްގެ ދަތުރުވެރިންގެ "ބަކެޓް ލިސްޓު"ގެ އެންމެ ކުރީގައި ރާއްޖެ
121 ގައުމެއްގެ ދަތުރުވެރިންގެ "ބަކެޓް ލިސްޓު"ގެ އެންމެ ކުރީގައި ރާއްޖެ

ދުނިޔޭގެ 121 ގައުމެއްގެ ދަތުރުވެރިން، އެންމެ ދާން ބޭނުންވާ މަންޒިލްގެ ގޮތުގައި ރާއްޖެ ހިމެނިއްޖެ އެވެ.

ގޫގުލް އިން ސާޗު ކުރި އަދަދަށް ބަލައިގެން ތައްޔާރު ކުރާ "ވޯލްޑްސް ޓްރެވަލް ބަކެޓް ލިސްޓް" ގެ އެންމެ ކުރީގައި އޮތީ ރާއްޖެ އޮތް އިރު ރާއްޖެއަށް ގިނަ މީހުން ދާން ބޭނުންވަނީ ހަނީމޫނަށާއި ރައްޓެހިންނާ އެކު ހިތްހަމަ ޖައްސާލައި ހިތްފަސޭހަކޮށްލުމަށެވެ.

ދުނިޔޭގެ 121 ގައުމެއްގެ އެންމެ މަގްބޫލު މަންޒިލަކަށް ރާއްޖެ ހިމެނުނު އިރު އޭގެ ތެރޭގައި އެމެރިކާ އާއި ކެނެޑާ އާއި ބްރެޒިލް އާއި އާޖެންޓީ އާއި އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެ އެވެ.

މި ލިސްޓުގައި ދެން ހިމެނެނީ އެމެރިކާ އާއި ފްރާންސް އާއި އައިސްލެންޑްގެ މަންޒިލްތަކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އިރު މިއަހަރު ނިމޭ އިރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިޔާ، އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތާއި ފްރާންސާއި އެމެރިކާ ވެސް ހިމެނެ އެވެ.

އަބަދުވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އަހަރުގެ ފަހުކޮޅު އެވެ. މިހާރު އެވްރެޖުކޮށް ރާއްޖެއަށް 4،100 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.