ރަށްރަށުން ރައީސަށް ފެނުނު މަންޒަރު: ބޮޑު ތަފާތަކުން އެއްބުރުން މޮޅުވާނެ
ރަށްރަށުން ރައީސަށް ފެނުނު މަންޒަރު: ބޮޑު ތަފާތަކުން އެއްބުރުން މޮޅުވާނެ

މި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނީ ވާދަވެރި ޕާޓީ، ޕީޕީއެމް/ޕީއެންސީއަށް ވުރެން 10 ޕަސެންޓް ފަރަގު ބޮޑުކޮށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރަށްރަށުން ރައީސަށް ފެނުނު މަންޒަރު: ބޮޑު ތަފާތަކުން އެއްބުރުން މޮޅުވާނެ
ރަށްރަށުން ރައީސަށް ފެނުނު މަންޒަރު: ބޮޑު ތަފާތަކުން އެއްބުރުން މޮޅުވާނެ

އިންތިހާބުގެ ކެމްޕޭން ތެރެއިން "މިހާރު"އަށް ދެެއްވި ވީޑިއޯ އިންޓަވިއުގައި ރައީސް ވިދާޅުވީ މިހާތަނަށް އެމަނިކުފާނު 160 އަށް ވުރެން ގިނަ ރަށްރަށަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވި ކަމަށެވެ. އެ ރަށްރަށުގައި ރޫހު އޮތީ މިވެރިކަން ދަމަހައްޓައި ހަމަޖެހުމާ އެކު ކުރިއަށްދާން ކަަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވާދަވެރިކޮށް މި އިންތިހާބުގައި ފެންނާނީ ޕީޕީއެމާއި އެމްޑީޕީގެ ކެންޑިޑޭޓް އެކަންޏެވެ. ރާއްޖޭގައި އޮތީ، ހަގީގަތުގައި ވެސް ދެ ވިސްނުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއީ އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއި ޕީޕީއެމް ފިކުރު ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ވާދަވެރި އިންތިހާބަކަށް ވާނެ. އެކަމަކު އަޅުގަނޑަށް އެބަފެނޭ އަޅުގަނޑުމެންނާއި ޕީޕީއެމްއާ ދޭތެރޭގައި 10 ޕަސެންޓްގެ މާޖިންއެއް އެންމެ ކުޑަވެގެން އޮންނަ ތަން. އިރާދަކުރެއްވިއްޔާ އެއްބުރުން ނިމޭއިރު އެވަރު އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ޕޮލްތަކާ އެއްޗެހި ހަދައިފިން. އެ ހުރިހާ އެއްޗަކުން އަޅުގަނޑަށް [ބުރަވެވެނީ]. ބައިވަރު ކެންޑިޑޭޓުން އެބަތިބި. އެހެން ނަމަވެސް ވޯޓުގެ ބޮޑު ބައެއް ބެހިގެން މިދަނީ އެމްޑީޕީ އާއި ޕީޕީއެމް ޕީއެންސީއަށް. ދެން ހުރީ ބަލާލާއިރު ޕަސެންޓޭޖް ވަރަށް ބޮޑުތަން ފަހަތުގައި އޮންނަތަން މި ފެންނަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި 130،000 އަށް ވުރެން ގިނަ ވޯޓު ލިބިވަޑައިގަންނަވާނެ އެވެ. މިއާއެކު އެއްބުރުން ކާމިޔާބުވާނެ ކަމާ މެދު ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.