އައިއޯޖީގައި ކާމިޔާބު ހޯދި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް
އައިއޯޖީގައި ކާމިޔާބު ހޯދި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތަމްސީލުކޮށް ކާމިޔާބު ހޯދި ބީއެމްއެލް ސްކޮލާޝިޕުގެ އެތުލީޓުންނަށް ބީއެމްއެލްއިން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

އައިއޯޖީގައި ކާމިޔާބު ހޯދި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް
އައިއޯޖީގައި ކާމިޔާބު ހޯދި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް

މިއަދު ބީއެމްއެލްގެ މެއިން ބްރާންޗު ކައިރީގައި އޮންނަ ލޮޓަސް ގޯޅީގައި ބޭއްވި މި ހަރަކާތުގައި ބީއެމްއެލްގެ ގިނަ މުވައްޒަފުންތަކެއް އެތުލީޓުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި އެތުލީޓުންނާ އެކު ފޮޓޯ ނަގައި، އެތުލީޓުން ހޯދި ކާމިޔާބީ ވަނީ ފާހަގަކޮށްފަ އެވެ.

އައިއޯޖީގައި ކާމިޔާބު ހޯދި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް
އައިއޯޖީގައި ކާމިޔާބު ހޯދި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް

ބީއެމްއެލްއިން ބުނި ގޮތުގައި އައިއޯޖީގައި ތަމްސީލު ކުރި އެތުލީޓުންގެ ތެރެއިން ހަ އެތުލީޓުންނަކީ ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕުގެ ދަށުން ރާއްޖެއިން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ދީފައިވާ އެތުލީޓުންނެވެ.

އައިއޯޖީގައި ކާމިޔާބު ހޯދި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް
އައިއޯޖީގައި ކާމިޔާބު ހޯދި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް

މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ ސްޕޯޓްސް ސްކޮލާޝިޕް އެހީގައި އެތުލީޓުން މި ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަކީ ބީއެމްއެލްއަށް ލިބުނު ފަހުރެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ސްކޮލާޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުންގެ ތެރޭގައި ހިމެނެނީ:

- ޓޭބަލް ޓެނިސްގެ މިކްސް ޑަބަލްސްއިން ރަން މެޑަލް ، މެންސް ޑަބަލްސްއިން ރިހި މެޑަލް އަދި މެންސް ޓީމް އިވެންޓްއިން ރިހި މެޑަލް ހޯދި މޫސާ މުންސިފު އަހުމަދު

- ޓޭބަލް ޓެނިސްއިން ވިމެންސް ޓީމް އިވެންޓުން ރަން މެޑަލް ހޯދި ފާތިމަތު ޖުމާނާ ނިމާލް

- އެތުލެޓިކްސްއިން ވިމެންސް ރިލޭއިން ލޯ މެޑަލް ހޯދި މަރިޔަމް ރުއުޔާ އަލީ

- ބެޑްމިންޓަންއިން ވިމެންސް ޓީމް އިވެންޓުން ރިހި މެޑަލް ހޯދި ޝުބާ މުހައްމަދު ޝަރީފް

ބީއެމްއެލްއިން ތައާރަފް ކުރި ސްޕޯޓްސް ސްކޮލާޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ކާމިޔާބު ހޯދުމަށް ބޭނުންވާ ތަމްރީނުތައް ބޭރުގެ އިންސްޓިޓިއުޓުތަކުން ހޯދައިދިނުމަށް ހުޅުވާލި ފުރުސަތެކެވެ.