މާލޭގައި ފިހާރައެއްގައި ރޯވެ އަނދައި އަޅިއަށް، 15 ސައިކަލް ވެސް އެނދި
މާލޭގައި ފިހާރައެއްގައި ރޯވެ އަނދައި އަޅިއަށް، 15 ސައިކަލް ވެސް އެނދި

މާލޭގެ ފިހާރައެއްގައި ރޭ ފަތިހު ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

މާލޭގައި ފިހާރައެއްގައި ރޯވެ އަނދައި އަޅިއަށް، 15 ސައިކަލް ވެސް އެނދި
މާލޭގައި ފިހާރައެއްގައި ރޯވެ އަނދައި އަޅިއަށް، 15 ސައިކަލް ވެސް އެނދި

ފަތިހު 4:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ގަލޮޅު އޮޓޯ ގަރާޖު ސަރަހައްދުން ރަތްވިލާ ގޯޅީގައި ހުންނަ ވެގާ ޕޮއިންޓްގަ އެވެ.

ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ހިންގާ ވެގާ ޕޮއިންޓް ވަނީ މި އަލިފާނުގެ ހާދިސާގައި ހުރިހާ މުދަލަކާ އެކު، އެއްކޮށް އަނދައި އަޅިއަށް ވެފަ އެވެ. ސިފައިން ބުނީ، ފިހާރަ ކުރިމަތީގައި ޕާކްކޮށްފައި ހުރި 15 ވަރަކަށް ސައިކަލްގައި ވެސް ރޯވި ކަމަށެވެ.

އެއްވެސް މީހަކަށް އަނިޔާއެއް ވި ކަމުގެ ލިބިފައި ނެތް ކަމަށާއި އަލިފާނުގެ ރިޕޯޓް ލިބުނީ ފަތިހު 4:37 ހާއިރު ކަމަށް ސިފައިން ބުންޏެވެ.

ވެގާ ޕޮއިންޓަކީ ވަރަށް ކުރިއްސުރެ މާލޭގައި ހިންގާ، ގިނަ މުދާތައް ހުންނަ މަޝްހޫރު ތަނެކެވެ.