ޖޭޕީގެ ވެރިކަމެއްގައި މާލެ އާއި އެހެން ރަށްރަށުގެ ތަފާތު ނައްތާލާނަން: ގާސިމް
ޖޭޕީގެ ވެރިކަމެއްގައި މާލެ އާއި އެހެން ރަށްރަށުގެ ތަފާތު ނައްތާލާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މާލެ އާއި އެހެން ރަށްރަށުގެ ތަފާތު ނައްތާލައި، ހިދުމަތްތަކާއި ވަސީލަތްތައް އެއް ހަމައެއްގައި، އެއް އަގެއްގައި ފޯރުކޮށްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ ވެރިކަމެއްގައި މާލެ އާއި އެހެން ރަށްރަށުގެ ތަފާތު ނައްތާލާނަން: ގާސިމް
ޖޭޕީގެ ވެރިކަމެއްގައި މާލެ އާއި އެހެން ރަށްރަށުގެ ތަފާތު ނައްތާލާނަން: ގާސިމް

ޙޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ތިނަދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ރައްޔިތުން މާލެ ސަރަހައްދަށް ޖަމާކުރުން ހުއްޓުވައި، ގައުމު ބިނާކުރާނީ ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމުކުރާ ސިޓީތަކުގައި ތަހުޒީބު ވަސީލަތްތަކާ އެކު ފުރުސަތުތައް އުފައްދައިގެން ކަމަށެވެ.

ޖޭޕީގެ ވެރިކަމެއްގައި މާލެ އާއި އެހެން ރަށްރަށުގެ ތަފާތު ނައްތާލާނަން: ގާސިމް
ޖޭޕީގެ ވެރިކަމެއްގައި މާލެ އާއި އެހެން ރަށްރަށުގެ ތަފާތު ނައްތާލާނަން: ގާސިމް

އެކަން ކުރާނީ ގާސިމް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެންމެ ތަހުޒީބު ސިޓީތަކުގެ ނަމޫނާއިން އެކަމުގެ އިލްމާއި ދިރާސާތައްކުރާ މާހިރުންގެ ލަފަޔާއި ބައިވެރިވުން ހޯދައިގެން ކަމަށް ގާސިމް ވިދާޅުވި ޢެވެ.

ގާސިމް ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް މާލެ އާއި ރަށްރަށް ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ތަނެއްގައި ވެސް އޮންނާނީ އެއް އަގެއް. މާލެ އެކޭ ރާއްޖެތެރެއެކޭ ތަފާތެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވަނީ ކަރަންޓާއި ފެނަށް މިހާތަނަށް ނަގާފައިވާ ޖޫރިމަނާތައް ވެސް އޭނާގެ ވެރިކަމެއްގައި މާފުކޮށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

މީގެ ކުރިން މާލޭގައި ސަރުކާރުން ގާއިމުކޮށްފައި ހުރި ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކީގައި މާފުކޮށް ދެއްވާނެ ކަމަށް ގާސިމް ވައުދުވެފައިވާ އިރު، އޭނާ ރޭ ވިދާޅުވީ އެކަން ވެސް ހާއްސަ ވާނީ ހަމައެކަނި މާލެ ސަރަހައްދަށް ނޫން ކަމަށާއި، އަތޮޅުތެރޭގެ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި މާފުކޮށް ދެއްވާނެ ކަމަށެވެ.

އެއީ ގާސިމް ވިދާޅުވި ގޮތުގައި، އެތަންތަން ރައްޔިތުންނަށް ދޫކޮށްފައިވަނީ ހަމައެއް ލަމައެއް އަދި އިންސާފެއް ނެތި އެވެ. ކޮންމެ ސަރުކާރުން ބޮޑެތި ވައުދުތައް ވެފައި ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާއި މިސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތް އެހެން ލެވެލްއަކަށް ގެންގޮސް ދެއްވާނީ އޭނާގެ ވެރިކަމުގައި ކަމަށެވެ. އަދި ޖޭޕީގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް، ޖޭޕީގެ ވެރިކަމެއްގައި މަސްވެރިންގެ އަތުން މަސްގަންނަ އަގު މަދުވެގެން 26ރ. އަށް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރި ނާރަނީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުތަކަށް އެކަން ކުރަންވީ ގޮތް ނޭނގޭތީ އެވެ. މަސްވެރިކަމުގެ ސިނާއަތުގައި އަމިއްލައަށް ކުރައްވާފައިވާ އިންވެސްޓްމަންޓްތަކަށް އިޝާރާތްކުރައްވައި، ގާސިމް ވިދާޅުވީ ވެލިއު އެޑް ކުރެވޭނެ ފެކްޓަރީތައް ގިނަ ރަށްތަކުގައި ގާއިމުކޮށްގެން މަހުގެ އަގު ދެމެހެއްޓެނެވި ގޮތެއްގައި ހިފެހެއްޓޭނެ ކަމަށެވެ.

ގާސިމް ދެއްކެވި ވާހަކައިގައި، ސަރުކާރު ހިންގާ އެމްޑީޕީ އަށާއި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ޕާޓީއަކަށް ވެރިކަން ދީފި ނަމަ ގައުމަށާއި ރައްޔިތުންނަށް ކުރިމަތިލާންޖެހޭނީ އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކާ އެވެ.

އެހެންކަމުން، ހޮނިހިރު ދުވަހު ރައްޔިތުން ވޯޓުލާން ނުކުންނައިރު، ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށާއި ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތް ކުރުމާ މެދު ފުންކޮށް ވިސްނުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.