ސޯޝަލް މީޑިއާ އިންފްލުއެންސާ ކައިޒީން އެމްޑީޕީއަށް
ސޯޝަލް މީޑިއާ އިންފްލުއެންސާ ކައިޒީން އެމްޑީޕީއަށް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރަން ނިންމައި، ސޯޝަލް މީޑިއާ އިންފްލުއެންސާ ފާތިމަތު ޒަޔާން (ކައިޒީން) އެމްޑީޕީއާ ގުޅިއްޖެ އެވެ.

ފޭސްބުކާއި އިންސްޓަގްރާމްގައި ދިވެހިންގެ މެދުގައި މަގުބޫލް ކައިޒީން، އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ފޯމު ހަވާލުކުރީ މީގެ ތިން ދުވަސް ކުރިންނެވެ.

މިއީ، ކައިޒީން ގުޅުނު ފުރަތަމަ ސިޔާސީ ޕާޓީ އެވެ.

ރިޔާސީ އިންތިހާބަށް ތިން ދުވަސްވެފައިވާއިރު، ތަފާތު އެކި ފަންނުގެ މީހުން އަންނަނީ ރައީސަށް ތާއިދުކުރަމުންނެވެ.

އެ ޕާޓީން މާލޭގައި އެންމެ ފަހުން ބޭއްވި ބޮޑު ޖަލްސާގައި ވެސް މުނިފޫހިފިލުވުމުގެ ދާއިރާގެ ޒުވާނުންތަކެއް ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.