އަޅުގަނޑުމެން މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން: ރައީސް
އަޅުގަނޑުމެން މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން: ރައީސް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން އެމްޑީޕީއަށް 130،000 ވޯޓު ލިބޭނެކަން ކަށަވަރު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަޅުގަނޑުމެން މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން: ރައީސް
އަޅުގަނޑުމެން މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން: ރައީސް

ރިޔާސީ ކެމްޕެއިނަށް ރ. އަނގޮޅިތީމުގައި މިއަދު މެންދުރު ފަހު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޯލިޝަނެއްގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށެވެ. ނަމަވެސް، ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ތަފާތު ހިޔާލުތަކުގެ މީހުންނާ އެކު މަޝްވަރާކޮށްގެން ގިނަ ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން: ރައީސް
އަޅުގަނޑުމެން މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން: ރައީސް

ރައީސް ވިދާޅުވީ އެމްޑީއޭ އާއި އަދާލަތު ޕާޓީއާ ކޯލިޝަން ހަދައި އެމްޑީޕީގެ މަސައްކަތްތައް ބައްޓަން ކުރެވިފައި އޮތީ އެގޮތަށް ކަމަށެވެ.

"އެމްޑީއޭ އާއި އަދާލަތު ޕާޓީގެ ހިޔާލާއި ވިސްނުން އަޅުގަނޑުމެންގެ ތެރެއަށް އައުމުން، އަޅުގަނޑުގެ ހިތުން މުޅި ރާއްޖޭގެ މެޖޯރިޓީގެ ވިސްނުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ އެކު ތިބީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ޕާޓީތަކުގެ މެމްބާޝިޕަށް ބަލާއިރު ވެސް މިއީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ މެމްބަރުން ގިނަ ކޯލިޝަނެވެ.

"މިއަދު އަޅުގަނޑުމެން އިންތިހާބަށް ކުރިމަތިލާފައި ތިބި އިރުގައި، ފުރިހަމަ ޔަގީންކަން އިރާދަކުރެއްވިއްޔާ އެބައޮތް މި އިންތިހާބު އެއް ބުރުން ނެގޭނެ ކަން. ވޯޓުލާ މީހުންގެ 90 ޕަސެންޓް މީހުން ވޯޓުލާނެ ކަމަށް ބެލިޔަސް، އަޅުނޑުމެން މިއަދު ވެސް މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެއީ ރިޔާސީ އިންތިހާބަށް މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވާދަވެރި އެއްވެސް ކެންޑިޑޭޓަކަށް ހަމަ ކުރެވިދާނެ އަދަދެއް ނޫން ކަމަށެވެ.