05 ސެޕްޓެމްބަރ 2023 - 14:00

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފުރިހަމަ މިނިވަންކަން ދެއްވާފައި ވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުޥީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އުނގޫފާރުގައި މިއަދު މެންދުރު ބޭއްވި ޖަލްސާގައި، މި ރަށަށް އުފަން އަދި 2013 ވަނަ އަހަރު އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާން އާކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު، އެމްޑީޕީ އަލުން ވެރިކަމަށް އަންނަ ހޭދަވި ހަތް އަހަރު ދުވަހުގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ނޫސްވެރިންނާއި ސިޔާސީ ލީޑަރުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެެވެ.
"ދީނީ އިލްމުވެރިއެއް ވިޔަސް، ސިޔާސީ ބޭފުޅަކަށް ވިޔަސް، ނޫސްވެރިއެއް ވިޔަސް، އެ ދުވަހު ކުރިމަތިލާން ޖެހިފައި ވަނީ ބިރުވެރިކަމާއި ނާމާންކަމާ. ހަމަ އެ ދުވަސްވަރު ރާއްޖެ ޓީވީގައި ހުޅު ރޯކޮށްލި، ސިޔާސީ ބޭފުޅުން ހިފާ ހައްޔަރުކުރި. ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ގެނެސްގެން ދޫނިދުއަށް ލީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ ބިރުވެރިކަމަށް ނިމުމެއް ގެނެސްދިނީ 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގަ އެވެ.
"ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފުރިހަމަ ފުރުސަތު ލިބިގެން ދިޔަ، ބަސް ބުނުމުގެ. ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއިން ދުވަހަކު ނުލިބޭ ވަރަށް ފުޅާ ކުރެވިއްޖެ. ސިޔާސި ލީޑަރުންނަށް ބަސް ބުނުމުގެ ފުރުސަތު އެ އޮތީ. ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގައި ތަފާތެއް ނެތް، އެންމެނަށް އެ ފުރުސަތު ލިބިފައި އެ އޮތީ،" ރައީސް ވިދާޅުވި އެވެ.
ދީނީ އިލްމުވެރިންގެ ވާހަކަ ރައީސް ދެއްކެވި އިރު، ދިވެހި އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން މިއަދު ވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތައީދުކުރަން ނިންމައިފަ އެވެ.
• ބިން ހިއްކުން.
• ހައުސިން މަޝްރޫއެއް.
• ސްކޫލްގައި އާ އިމާރާތެއް އެޅުން.
• ފުޓްބޯޅަ ދަނޑު އިތުރަަށް ތަރައްގީކުރުން.
• ހުރިހާ މަގެއްގައި ތާރުއެޅުން.
• ހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކެއް ހެދުން.
• ރަށުގައި ތިބެގެން ސިއްހީ ދާއިރާއިން މަތީ ތައުލީމު ހޯދޭނެ ގޮތް ހަދައިދިނުން.