އިންތިހާބު ބޯމަތިވުމުން މަޝްރޫއުތަކުގައި ސޮއިކުރަނީ ކޮށްދިނުމުގެ ނިޔަތުގައެއް ނޫން: މުއިއްޒު
އިންތިހާބު ބޯމަތިވުމުން މަޝްރޫއުތަކުގައި ސޮއިކުރަނީ ކޮށްދިނުމުގެ ނިޔަތުގައެއް ނޫން: މުއިއްޒު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅުވައިގެން، އެކި ރަށްރަށުގައި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މި ސަރުކާރުން ސޮއިކުރަމުން ދަނީ އެކަން ކޮށްދިނުމުގެ ނިޔަތުގައި ނޫން ކަމަށް ވިދާޅުވެ، އެކަމާ ރައްޔިތުން ވިސްނުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބު ބޯމަތިވުމުން މަޝްރޫއުތަކުގައި ސޮއިކުރަނީ ކޮށްދިނުމުގެ ނިޔަތުގައެއް ނޫން: މުއިއްޒު
އިންތިހާބު ބޯމަތިވުމުން މަޝްރޫއުތަކުގައި ސޮއިކުރަނީ ކޮށްދިނުމުގެ ނިޔަތުގައެއް ނޫން: މުއިއްޒު

ކެމްޕެއިންގައި ލ. މާވަށަށް ވަޑައިގެން މިރޭ އިރާކޮޅު ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އިންތިހާބަށް ދެ ތިން ހަފުތާ އަށް ކައިރި ވެފައިވަނިކޮށް، މާވަށުގެ ބިން ހިއްކަން ސަރުކާރުން ބަޔަކާ ހަވާލުކުރުމުން ބޭނުންވަނީ ކޮން ކަމެއް ކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.

"އެއީ އެއްގޮތަކަށް ވެސް އެ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ހިނގާ ކަމެއް ނޫން. ފަސް އަހަރު ވެގެން ދާއިރު [ނުވޭ]. މި އަހަރުގެ ވެސް ކުރީކޮޅު ބަޖެޓު ވެސް ފާސްކޮށްފައި މި އޮންނަނީ. ބަޖެޓު ފާސްކުރަނީ އަހަރު ކުރީކޮޅު. ސެޕްޓެމްބަރު އޮކްޓޯބަރަކު ނޫން [މަޝްރޫއުތައް] ހަވާލުކުރަން ޖެހެނީ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މި ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް އިންތިހާބާ ކައިރިކޮށް، ސަރުކާރުން މިދިޔަ މަހު ބަޔަކާ ހަވާލުކޮށްފައި އޮތް އޮތުމާ ގުޅިގެން ވެސް މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. މަގުތަކުގެ ހާލަތު ގޯސްކަން ފާހަގަކުރައްވައި އަދިވެސް "ތާރު ނުހިކެނީތޯ" ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތާރު ހިކޭ ފެންވަރުގެ މަގުތަކެއް ހަދައިދޭނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ބޭނުންވަނީ އިހުލާސްތެރިކަމާ އެކު، އެ މީހުން ބޭނުންވާ ކަންކަން ކޮށްދެވޭނެ ވެރިކަމެކެވެ. ޕީޕީއެމް/ޕީއެންސީއަކީ ދައްކާ ވާހަކައާ އަމަލާ ދިމާވާ ބައެއް ކަމުގައި ވިދާޅުވި އެވެ.

"ފަސް އަހަރު މިހެން ގޮސް، އަނެއްކާ އަނެއް ފަސް އަހަރު ވަރުބަލި ކަމުގައި ނާއުއްމީދުގައި ގައުމުގެ މުސްތަގުބަލު ބަނަވެގެންދާކަށް ގައުމުގެ ރައްޔިތުން ބޭނުމެއް ނުވޭ މިހާރު،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ދިވެހިން އެދޭ ނަމަ އަމަލީ މަސައްކަތް ނުފަށާ ހަމައެކަނި "ދެލިކޮޅު ޖައްސާލާފައި" ހުރި މަޝްރޫއުތައް ވެސް ނުހުއްޓުވާނެ ކަމަށާއި އެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވަނީ ލ. އަތޮޅުގެ ދެ ވަނަ އެއާޕޯޓް ހަދާނީ މާވަށު ސަރަހައްދުގައި ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އެ ރަށް ކައިރީގައި އޮންނަ ފަޅުރަށްތަކުގައި ޓޫރިޒަމްގެ ބޮޑެތި މަޝްރޫއުތައް އޭނާގެ ވެރިކަމެއްގައި ކުރިއަށް ގެންދަވާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.