ޖަރާސީމް ހިމެނޭ ޗީޒްގެ ބާވަތެއް ރާއްޖޭގައި ވިއްކުން މަނާކޮށްފި
ޖަރާސީމް ހިމެނޭ ޗީޒްގެ ބާވަތެއް ރާއްޖޭގައި ވިއްކުން މަނާކޮށްފި

ފްރާންސްގައި އުފައްދާ ޗީޒްގެ ބްރޭންޑެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މަނާ ކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ "ލިސްޓީރިއާ މޮނޯސައިޓޯޖީންސް" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ޗީޒެއް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ރިސްކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ވީމާ "Camembert Isigny Calvados 250g" ލޭބަލް ކޮށްފައިވާ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އަންގައިފަ އެވެ.