އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން
އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން

އަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިހާބު ކުރަން ޖެހޭ ސަބަބު ވޭތުވެދިޔަ 20 އަހަރު ގައުމުގެ އޮތް ހަލަބޮލި ހާލަތާއި ހަމަނުޖެހުމާއި މި ސަރުކާރުގެ ފަސް އަހަރުގެ ހަމަޖެހުމާއި މަޝްރޫއުތަކުން ރައީސް މިރޭ ވިދާޅުވެދެއްވައިފި އެވެ.

އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން
އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން

އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންނާ އެކު ސަންގު ޓީވީން ބޭއްވި ބަހުސްގައި ރައްޔިތުން ވޯޓުދޭން ޖެހޭ ސަބަބު ދައްކަވަން އެދިވަޑައިގެން ކުރި ސުވާލާ ގުޅިގެން ރައީސް މިސާލު ނެންގެވީ ކުރީގެ ސަރުކާރުތަކުންނެވެ. ގައުމު މިހާރު އޮތް ހިސާބަކީ އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ޖެހޭ ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ.

އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން
އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން

"އަޅުގަނޑުމެން ސެޕްޓެމްބަރު 9 ގައި ގޮތެއް ނިންމާއިރު ވޭތުވެދިޔަ 20 އަހަރު ކަޑައްތުކުރި ދުވަސްތަކާ ދޭތެރޭގައި ފުންކޮށް ވިސްނަން ޖެހޭ. ހާއްސަކޮށް 2013 އިން 2018 އަށް ވެރިކަން ކުރި ފަރާތުން ވެރިކަން ކުރި ގޮތް," ރައީސް ވިދާޅުވި އެވެ.

އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން
އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން

"އަނިޔާވެރިކަމާއި ބިރުވެރިކަމާއި ހަމަނުޖެހުމާއި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ފަސް އަހަރު ހޭދަކުރަން ޖެހުނު. ލީޑަރަކު ވެއްޖިއްޔާ އޮތީ ޖަލުގައި. ނޫހެއް ވެއްޖިއްޔާ އޮތީ ބަންދުކޮށްފައި. ވާހަކައެއް ނުދެއްކޭ. މިކަހަލަ އެތައް އަނިޔާއެއް ތަހައްމަލްކުރަން ޖެހުނު."

އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން
އިތުރު ދައުރެއް ދޭން ޖެހޭކަން ރައީސް ދެއްކެވީ ވޭތުވެދިޔަ 20 އަހަރުން

މި ސަރުކާރުގެ ފަސް އަހަރު އެކަންކަން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްވެސް މީހެއް ސިޔާސީ މައްސަލައެއްގައި ބަންދެއް ނުކުރަން. ރައްޔިތުން އެކަން ގަބޫލުކޮށްފި. އަޅުގަނޑުގެ ވެރިކަމެއްގައި ދެން ވެސް އެކަން އޮންނާނީ އެހެން. ސިޔާސީ ހަރަކާތްތައް ހިންގޭނެ." ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމާ ގުޅޭ ގޮތުން އަމާޒުވި ސުވާލަކަށް ރައީސް ވިދާޅުވީ ޔާމީންގެ މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫނެވެ. ތުހުމަތަކީ ކޮރަޕްޝަން ކަމަށާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ހުކުމް އައީ ކޯޓުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް ވުރެން ވަރަށް ބޮޑު ތަން ކޯޓުތައް މިނިވަންވެއްޖެ އެވެ. އަދިވެސް ރަނގަޅުކުރަން ހުރި ކަންކަން ހުރި ކަމަށް ވިދާޅުވި އެވެ.

އެއާއެކު 2018 ގައި ރައްޔިތުން ވެރިކަން ހަވާލުކުރުމުން އެތައް މަސައްކަތެއް ވޭތުވެދިޔަ ފަސް އަހަރުގެ ތޭރޭގައި ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެތައް ރަށެއްގެ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ސިއްހީ ހިދުމަތާއި ތައުލީމީ ދާއިރާ އަދި ޒުވާނުންނަށް ހާއްސަކޮށް ގިނަ ކަންކަމާ އެކު ހެޔޮ ބޮޑު ބަދަލެއް ގެނެވިއްޖެ ކަމަށެވެ.

މި ވެރިކަމުގައި އާއިލީ ގިނަ ބޭފުޅުންނަށް ވަޒީފާތައް ހަމަޖައްސާފައިވާ ކަމަށް ކުރި ތުހުމަތަށް ރައީސް ވިދާޅުވީ އެއީ އެމަނިކުފާނަށް އަމާޒުކުރި ވަރަށް އިހާނެތި ވާހަކައެއް ކަމަށެވެ. މި ވެރިކަމުގައި އެމަނިކުފާނުގެ އާއިލާގެ އެއްވެސް ބޭފުޅަކަށް ވަޒީފާ ދީފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

މޮޑަރޭޓަރުގެ ސުވާލުގައި ނަންތައް ވިދާޅުވި އާއިލީ ބޭފުޅުންނަކީ މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ ގާތަށް ގޮސް އިންތިހާބުވެވަޑައިގެން މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ފާތުމަތު މުހައްމަދު ސޯލިހް (ފާތޭ) އަށް މަގާމް ލިބިވަޑައިގަތީ ވެސް މި ސަރުކާރުގައި ނޫން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ވެސް ފާތޭ ހުންނެވީ ސަރުކާރަށް ތެދުވެރިކަމާ އެކު ހިދުމަތް ކުރެއްވުމުގައި ކަމަށާއި ގައުމަށް އެފަދަ ބޭފުޅުން ބޭނުންވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ޅިޔަން ބޭފުޅެއް ކަމަށްވާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މަގާމް ލިބިވަޑައިގަތީ ވެސް ކޯޓުގެ ހުކުމަކާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސަރުކާރަކު އާއިލާގެ އެއްވެސް މީހަކު ވަޒީފާދީފައެއް ނުހުންނާނެ. އަދި ނުވެސް ދޭނަން ކުރިއަށް އޮތް ތަނުގައި ވެސް,"

ރައީސް ވިދާޅުވީ 2026 ގައި ދަރަނި ދައްކާނެ ސިޔާސަތު އެބައޮތް ކަމަށެވެ.

"އޭގެތެރެއިން ދެބައިކުޅަ އެއްބައި އަލުން ރީފައިނޭސްކުރާނަން. މާކެޓަށް ގޮސް އަލުން ފައިސާ ހޯދޭނެ ގޮތް އެބަހުރި. ކޮވިޑްގެ ތެރޭގައި ވާނީ އެކަން ހާމަކޮށްފައި."

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސޮވެރިން ފަންޑުގައި ހަ ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ރައީސް ވިދާޅުވި ގޮތުގައި އަމްދަނީ އިތުރުކުރުމާ އެކުއެކީގައި ދަރަނި ދައްކަން ވެސް އެއްވެސް ދައްޗެއް ނެތެވެ.

ބޯހިޔާވަހިކަމަކީ ރާއްޖޭގެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމަށް ކިރިޔާވެސް އެކަށީގެންވާ ހައްލެއް ހޯދައިދޭން މަސައްކަތްތަކެއް މިކުރެވުނީ މި ސަރުކާރަށް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް އަހަރުތަކެއް ފަހުން ގޯތި ދޭން ނިންމުމަކީ އެ ހައްލުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަށް ހިއްކާ ތަންތަން ނިމޭއިރަށް އެގޯތި ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

"ހުޅުމާލެ އާއި ގިރާވަރު ފަޅާއި ގުޅީފަޅުން ބިން ދޫކުރުމަކީ މައްސަލައެއް ނޫން. އެކަމާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ މާލޭގެ ރައްޔިތުންނާ މެދު ވަރަށް ބޭއިންސާފުކޮށް ވާހަކަ ދައްކަވާ ބޭފުޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ގުޅީފަޅުން ދިން ގޯތި ބަދަލު ނުދީ އަތުލިޔަސް އެގޮތަށް މި ވެރިކަމުގައި ކަންކަން ނުކުރާނެ އެވެ. ގުޅީފަޅުގެ ބިން ހިއްކި މީހުންނަށް ވެސް އޮތީ ބަދަލު ނުދީ ކަމަށާއި ގޯތި އަތުލި މީހުންނަށް ވެސް ހައްލު ހޯދައިދިނީ އެމަނިކުފާނުގެ ވެރިކަމުގައި ރައީސް ވިދާޅުވި އެވެ.

"ދެން ކިހިނެއްތޯ އެ ބޭފުޅުން ގޯތި ދޭނީ. ބިން ހިއްކާނީ ކިހިނެއްތޯ," ރައީސް ސުވާލު އުފެއްދެވި އެވެ.

އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާތީ ހޯދަން އޮތް ހައްލާ ގުޅޭ ގޮތުން ކުރި ސުވާލަށް ރައީސް ވިދާޅުވީ ސިޔާސަތުތަކުގެ ތެރޭގައި ވަރަށް ތަފްސީލްކޮށްފައި އޮންނާނެ ކަމަށެވެ.

އެއް ކަމަކަށް އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތްތައް އިތުރުކުރުން ކަމަށާއި އެއާއެކު ހަރަކާތްތެރިވެ އުޅޭނެ ވަސީލަތްތައް ގާއިމްކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެ މީހުންނަށް ފަސޭހައިން ލުއި ލޯނު ލިބޭނެ ގޮތް ވެސް ސިޔާސަތުގެ ތެރޭގައި, ރައީސް ވިދާޅުވި ގޮތުގައި, ވާނީ ހިމަނައިފަ އެވެ.

ޒުވާނުންނަށް ވެސް ތައުލީމާއީ މަސައްކަތުގެ ދާއިރާ އިން ކުރިއަށް ދެވޭނެ ގޮތް ހަދައި އެކި ދާއިރާތަކުން މުސާރަ ބޮޑުކޮށްފައިވުމަކީ ބޮޑު ބަދަލަކަށް ކުރިއަށް ގެންދަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކެންޑިޑޭޓުންނާ ތަފާތު ސުވާލުތައް އަމާޒުވި ބަހުސްގައި ރައީސަށް އެންމެ ބޮޑު ތުހުމަތެއް އައީ އިންޑިއާ ސިފައިންގެ މައްސަލައިގަ އެވެ. ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތައް ވެސް އިންޑިއާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން އަމާޒުވުމުން ރައީސް ވިދާޅުވި ގޮތުގައި މިލިޓަރީ މަސައްކަތެއްގައި އެއްވެސް ގައުމެއްގެ ސިފައިން މި ގައުމުގައި ނެތެވެ.

"ބޭރުގެ ސިފައިން މިލިޓަރީ މަސައްކަތެއް ކުރާކަށް މި ގައުމަކު ނެތް. މިހާރަކު ވެސް ނެތް އިއްޔެއަކު ވެސް ނެތް އޭގެ ކުރިއަކުން ވެސް ނެތް," ރައީސް ވިދާޅުވި އެވެ.