މާލެއިން ލިބުނު ގޯތި އިމާރާތްކުރަން އިންޓްރެސްޓް ކުޑަ ލޯން ދޫކުރަން ހިމަނައިފި
މާލެއިން ލިބުނު ގޯތި އިމާރާތްކުރަން އިންޓްރެސްޓް ކުޑަ ލޯން ދޫކުރަން ހިމަނައިފި

މާލެއިން ލިބުނު ގޯތި އިމާރާތްކުރަން ހަ ޕަސެންޓް އިންޓްރެސްޓް އަދި 10 ޕަސެންޓް އިކުއިޓީއަށް ވުރެން ބޮޑު ނުވާ ގޮތަށް ލޯން ދޫކުރަން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މާލެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މާލެއިން ލިބުނު ގޯތި އިމާރާތްކުރަން އިންޓްރެސްޓް ކުޑަ ލޯން ދޫކުރަން ހިމަނައިފި
މާލެއިން ލިބުނު ގޯތި އިމާރާތްކުރަން އިންޓްރެސްޓް ކުޑަ ލޯން ދޫކުރަން ހިމަނައިފި

މި ސަރުކާރުން ވަނީ މާލެއިން ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި 19,000 އަށް ވުރެން ގިނަ މީހުންނަށް ގޯތި ލިބޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ހުޅުމާލެ އާއި ގިރާވަރާއި ގުޅީފަޅުން ގޯތި ދޭން ނިންމާފައިވާ އިރު ހުޅުމާލެ އިން ބައެއް މީހުންނަށް ވަނީ ގޯތި ކަނޑައި ހަވާލުކޮށްފަ އެވެ. ގުޅީފަޅުން ވެސް ވަރަށް އަވަހަށް ގޯތި ކަނޑައި ރަޖިސްޓްރީކުރަން ފަށާގޮތަށް ވަނީ ނިންމައިފަ އެވެ.

މާލެއިން ލިބުނު ގޯތި އިމާރާތްކުރަން އިންޓްރެސްޓް ކުޑަ ލޯން ދޫކުރަން ހިމަނައިފި
މާލެއިން ލިބުނު ގޯތި އިމާރާތްކުރަން އިންޓްރެސްޓް ކުޑަ ލޯން ދޫކުރަން ހިމަނައިފި

މާލޭގެ ރައްޔިތުންނަށް މާލީ ބުރައަކަށް ނުވާ ގޮތަށް ގެދޮރުވެރިކަން ފޯރުކޮށްދޭން ވައުދުވެފައިވާ އިރު ކުޑަ އިންޓަރެސްޓުގައި ލޯނު ދިނުމަކީ ހޯދައިދޭ އެންމެ ބޮޑު އެއް ލުއި ކަމަށް މެނިފެސްޓޯގައިވެ އެވެ. ގެދޮރު އިމާރާތްކުރަން މިހާރު ލޯން ދޫކުރަމުން އަންނަނީ 11 ޕަސެންޓް އިންޓަރެސްޓްގައި ކަމަށާއި މިއީ ބުރައެއް ކަމުގެ ޝަކުވާ އޮވެ އެވެ.

ގޭގެ ބެހެނިވެރިން ދިރިއުޅުމަށް އެކަށޭނެ ޖާގައެއް ހިމެނޭ މިންވަރަށް ގެދޮރު އިމާރާތްކޮށްދިނުން

ދިގު މުއްދަތުން ފައިސާ އަނބުރާ ދެއްކޭނެ އުސޫލް ހަމަޖެއްސުން

ގޭގައި ދިރިއުޅުމަށް ބޭނުންވާ ފަރުނީޗަރު އަދި ހޯމް އެޕްލަޔަންސަސް ހޯދަން ކްރެޑިޓް ސްކީމެއް ތައާރަފްކުރުން

ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމެއްގެ ބަދަލުގައި އެހެން ބޯހިޔާވަހިކަމަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް އެތަނެއްގެ އޯނަޝިޕް ބަދަލުކޮށް ދައްކަން އޮންނަ މިންވަރެއް ޓްރާންސްފާވާ އުސޫލުން ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަން ދޫކޮށްލެވޭނެ ނިޒާމެއް ތައާރަފްކުރުން.

ބޮޑެތި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިން ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ ފަސޭހައިން ކުއްޔަށް ހިފޭނެ, އަމިއްލަ ކުރެވޭނެ މަގުފަހިކޮށްދިނުން

ފުދުންތެރިކަން ނެތް މީހުން ދިރިއުޅެން ކައުންސިލް ހައުސިން ތައާރަފްކުރުން

ގްރޭޓަ މާލެ ސަރަހައްދުގައި ކުދި ތަންތަންކޮޅުގައި އުޅޭ ފަރާތްތަކަށް ޖާގަ ތަނަވަސް ބޯހިޔާވަހިކަމަކަށް ބަދަލުވުމަށް ފުރުސަތު ހުޅުވާލުން

ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ އިތުރުން މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދިރިއުޅުން ހިތްފަސޭހަކުރަން ގިނަ ކަންކަން މާލެއަށް ހާއްސަކުރި މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މަގުތަކުން ވެހިކަލް ހުސްކޮށް ޕާކިންއަށް ވަކި ސަރަހައްދެއް ހާއްސަކުރުމާއި ޕާކިންއަށް ވިއްކާފައި ހުރި ތަންތަން ނަގައި ޕާކުތައް ހެދުމާއި މާލޭގެ ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކުރުން ހިމެނެ އެވެ.