ބޮޑެތި ވައުދުތަކަކާއެކު މުއިއްޒުގެ އަމާޒު ލ. އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން
ބޮޑެތި ވައުދުތަކަކާއެކު މުއިއްޒުގެ އަމާޒު ލ. އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން

ލ. އަތޮޅުގައި ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމުގެ ވައުދާ އެކު، މި އަތޮޅުގައި ޓޫރިޒަމް ދާއިރާ ފުޅާ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.

ބޮޑެތި ވައުދުތަކަކާއެކު މުއިއްޒުގެ އަމާޒު ލ. އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން
ބޮޑެތި ވައުދުތަކަކާއެކު މުއިއްޒުގެ އަމާޒު ލ. އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން

ލ. ފޮނަދޫގައި މިރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ހައްދުންމައްޗަކީ މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށެވެ. އެ ވިސްނުމުގައި މަސައްކަތް ކުރާނަމަ ވެރިކަން ކުރާ ފޮނަދޫގެ ބިން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސޯދީ ނަފާ މި އަތޮޅާއި މި ރަށަށް ހޯދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މަޝްރޫއެއް. އެފަދަ މަޝްރޫއެއް ހިންގަނީ އިންވެސްޓްމެންޓަކަށް ހެދުމަށް ޓަކައި. އިންވެސްޓުމެންޓަކަށް ވަނީ ކުރާ ހަރަދު އަނބުރާ ލިބި ރައްޔިތުންނަށް އޭގެ ފައިދާތައް ވާތީ،" މުއިއްޒު ވިދާޅުވި އެވެ.

މި ރަށުން ހިއްކާ ބިމުގައި ގާއިމްކުރާ ސޯޝަލް ހައުސިން މަޝްރޫއުގައި ކައިރި ރިސޯޓުތަކުގެ މުވައްޒަފުންނަށް ބައެއް ހަމަޖައްސާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޓޫރިޒަމް ދާއިރާ އިތުރަށް ތަރައްގީކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ލެންގުއޭޖު ސްކޫލު ގާއިމްކުރަން ނިންމާފައިވާ ކަމަށާއި މި ރަށުގައި ޔުނިވާސިޓީ ކެމްޕަސްތައް ގާއިމްކޮށް އެ ސްކޫލު ގާއިމް ކުރާނެ ކަމަށެވެ. އަދި، ފޮނަދޫގައި ކޮންވެކްޝަން ސެންޓަރެއް ގާއިމްކުރައްވަން ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

މި އަތޮޅަށް ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި މުއިއްޒު އިއުލާނުކުރެއްވީ ގަމާއި ފޮނަދޫ ހިމެނޭހެން އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޔާމީންގެ ވެރިކަމުގައި ފެށި ލ. ބަރެސްދޫގައި މަސައްކަތް އަލުން ފައްޓާނެ ކަން ފާހަގަކުރައްވައި މުއިއްޒު ވަނީ މި އަތޮޅު މާމެންދޫ ކައިރީގައި އޮތް ހުޅިމެންދޫގައި ވެސް އިތުރު ރިސޯޓެއް ތަރައްގީކޮށް، ހޮޓެލް ސްކޫލެއް ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެތަނަކީ ތަމްރީނު ލިބޭ، ތަމްރީނު ދޭ، އޮން ދަ ސްޕޮޓް ޓްރެއިނިން އާއެކު ވަޒީފާއާ އެކު ޓްރެއިނިން ލިބިގެން ހިންގޭ ތަނަކަށް ވެއްޖިއްޔާ ރިސޯޓު ވެސް ހިންގުނީ. އާމްދަނީ ވެސް ލިބުނީ. ރައްޔިތުން ވެސް ތަމްރީނު ކުރެވުނީ. އިތުރު މީހުންނަށް ވަޒީފާ ލިބިގެން ދަނީ،" ބައިނަލްއަގްވާމީ ފެންވަރުގައި އެތަން ތަރައްގީކުރަން ވައުދުވެ މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާދު އާއި ފޮނަދު އާ ދޭތެރޭގައި ރިސޯޓެއް ތަރައްގީކޮށް، ދެ ރަށް ކޯޒްވޭއަކުން ގުޅާލާނެ ކަމަށެވެ.

"އެތައް އެތައް ގޮތަކުން މި އަތޮޅު ކުރި އަރައިގެން ދާނެ. ވަޒީފާގެ އިތުރުވެގެން ދާނެ، ރައްޔިތުން އިރާދަކުރެއްވިއްޔާ އުފަލުން އުޅޭނީ. އެހެންވީމާ ހަތް ދުވަސް ފަހުން ހަދަން ވާ ގޮތް ތިބޭފުޅުން ނިންމަވާ،" މުއިއްޒު ވިދާޅުވި އެވެ.

- ގާދޫގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ގާއިމްކޮށް ބަންކަރިން ފެސިލިޓީ ގާއިމްކުރުން

- ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުން

- އަތޮޅުގައި ދެ ވަނަ އެއާޕޯޓެއް އެޅުން

- ގަމު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކުރުން