އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން
އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން

މާޒީގެ ބައެއް ހަނދާންތަކާ ގުޅުވައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވާން ފެއްޓެވި ގޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެދެއްވައިފި އެވެ.

އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން
އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން

ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ގާސިމް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ރައްޔިތުންނަށް އެހީވެދެއްވަން ފެއްޓެވި ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން ގާސިމް ފުރަތަމަ ވެސް ހަނދާން ކުރެއްވީ އޭނާގެ ބައްޕާފުޅު މަތިންނެވެ.

އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން
އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން

ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ ބައްޕާފުޅު ފާހަގަވެފައި އޮންނަނީ އޭރު މެދުރާއްޖެ ތެރޭގެ ވަރަށް ތަނަވަސް ބޭފުޅެއްގެ ގޮތުގަ އެވެ. ބައްޕަ ކައިރިއަށް އަންނަ ކޮންމެ މީހަކަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާ ކަމަށާއި އެހީއަކަށް އެދިވަޑައިގެންފި ނަމަ އެއްވެސް ކަމެއް ކޮށްނުދެއްވައި ނުހުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން
އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން

"އެއްވެސް މީހަކު ބައްޕަ ކައިރިއަށް އައިސް ނޫނެކޭ ބުނީމަ އަނބުރާލައިފަ ދާކަށް ނުޖެހޭނެ. ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަމެއް ކޮށްދެއްވާނެ. އެ މަންޒަރު އަޅުގަނޑަށް ފެނޭ." ގާސިމް ވިދާޅުވި އެވެ.

އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން
އެހީ: ގާސިމް މިސާލު ދައްކަވަނީ ބައްޕާފުޅުގެ ނަމޫނާއިން

ގާސިމް މީހުންނަށް އެހީތެރިވާން ފެއްޓެވީ އޭނާ ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވި ދުވަސްވަރެވެ.

ގާސިމް ވިދާޅުވީ 1969 ވަނަ އަހަރު އޭނާ މާލެ ވަޑައިގެން ސަރުކާރު ހޮސްޕިޓަލުގައި ބަޖެޓު ކްލާސްތަކުގައި ބައިވެރިވެވަޑައިގަތް ކަމަށާއި ފަހުން އެތަނުގެ އެކައުންޓަންޓެއް ގޮތުގައި މަސައްކަތް ކުރެއްވި ކަމަށެވެ.

މީހުންގެ ބޭސްފަރުވާ އަށް އެ ދުވަސްވަރު ރައީސް އިބްރާހިމް ނާސިރު 5000ރ. އާއި މުސޯދިރާ ފަންޑުން 3000ރ. ކަނޑައަޅުއްވާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާގެ މަސައްކަތަކީ އެ ހަރަދު ހިނގާ ގޮތް ބެލެހެއްޓެވުމަށް ފަހު ރިޕޯޓުތައް ތައްޔާރު ކުރެއްވުން ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރޭގައި ހޮސްޕިޓަލެއްގައި އުޅެން ޖެހުމުން ބަލި މީހުން އުޅޭ ގޮތާއި އެ މީހުން އަޅާ ވޭނާއި އެހީތެރިކަމަށް ބޭނުންވެފައި އޮތް ވަރު ފެނިވަޑައިގަތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"ހޮސްޕިޓަލެއްގައި އުޅެން ދިމާވީމަ މީހުން އެ އަޅާ ވޭނާއި ކެކުޅުމާއި އަދި ކަންކަން ނުކުރެވުނަސް ޅަ އުމުރުގަ އެހާ ކުރީކޮޅު އެކަންކަން ފެނުނު،" ގާސިމް ވިދާޅުވި އެވެ.

"އަނެއްކާ ގޭގައި މި ދެންނެވިހެން މަންމައެއް ނެތުމާއި، ރަށުގައި އުޅުނު އިރު މީހުންތައް މަރުވެގެން ދިޔަ ގޮތާ ހެދި އަޅުގަނޑަކީ ވަރަށް ވިސްނާ ދެރަވާ މީހެއް،" އޭނާ ވިދާޅުވި އެވެ.

އެ ދުވަސްވަރު މުސާރައިގެ ގޮތުގައި މަހަކު 140ރ. ލިބިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ތެރެއިން ކޮންމެ މަހަކު ވެސް ތިރީހަކަށް ރުފިޔާ ހަރަދު ކުރައްވަނީ މީހުންނަށް ބޭސް ނަގައި ދިނުން ފަދަ ކަންކަމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ ވަޒީފާގައި 30ރ. އިން އެހީ ދެއްވަން ފެއްޓެވި ގާސިމް ފަހުން އަމިއްލަ ވިޔަފާރިތައް ފައްޓަވައި ފުޅާ ކުރެއްވި އެވެ. އޭރު ވެސް އޭނާ މީހުންނަށް އެހީ ދިނުން ހުއްޓާ ނުލައްވަ އެވެ. އޭގެ ބަދަލުގައި އެ މަސައްކަތް އިތުރަށް ފުޅާ ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިހާރު އޭނާ އަހަރަކު އަށް މިލިއަން ޑޮލަރާއި 10 މިލިއަން ޑޮލަރުގެ އަދަދަކަށް މީހުންނަށް އެހީތެރިވެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެ ވާހަކަ ބައެއް ފަހަރު ދެއްކެވި ނަމަވެސް އެއްވެސް އިރެއްގައި އެހީ ދީފައިވާ ވަކިވަކި މީހުންގެ ނަމެއް ވިދާޅުވެފައި ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ސަބަބަކީ އޭނާ މީހުންނަށް އެހީތެރިވީ އެ މީހުންގެ ފަރާތުން ވަކި ކަމެއް ބޭނުންވާތީ ނޫން ކަމަށެވެ.

ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނަވާ އިރު މާޒީގެ އެ ވާހަކަތައް ދައްކަވާ ސަބަބަކީ ގާސިމް ވިދާޅުވި ގޮތުގައި މީހެއްގެ ކެރެކްޓާ ރައްޔިތުންނަށް އަންގައި ދިނުމަށެވެ.

ރައްޔިތުން މީހަކަށް ސަރުކާރު ހަވާލު ކުރުމުގެ ކުރިން އެ މީހެއްގެ ހަޔާތުގައި ކޮށްފައި ހުރި ކަންކަމާއި ނުކުރާ ކަންކަން ވަރަށް ބޮޑަށް ސާފުވާން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މާޒީގައި ކުރި ކަންކަން ނޭނގި މުސްތަގުބަލުގައި ކޯށްފާނެ ކަމެއް ނޭނގޭނެ ވިސްނާކަށް. އެހެންވެ އެ ވާހަކަތައް ކިޔައިދޭން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.