ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް
ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް އެންމެ ކުރިން ފައްޓަވައި، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެކި ގޭގޭގެ ދޮރުގައި ޓަކި ޖައްސަވައި، ގިނަ ބަޔަކާ ބައްދަލުކުރައްވަން ފެއްޓެވި ފުރަތަމަ ކެންޑިޑޭޓަކަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމު ވާނެ އެވެ. އެންމެ ކުރިއާލައި، މެނިފެސްޓޯއެއް ދައްކަވައި، އޭގައި "އޮޕްޓިމިސްޓިކް" ގިނަ ކަންކަން ހިމެނުއްވި އެވެ.

ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް
ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް

އަސްކަރީ ދާއިރާގައި ވިއްސަކަށް އަހަރު ހޭދަކުރައްވައި، ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ކުރީގެ ކާނަލް ނާޒިމަކީ ގައުމަށް ހިދުމަތް ކުރުމާއި ގައުމު ދެކެ އިންތިހާ އަށް ލޯބިވާ ބޭފުޅެކެވެ. ގައުމަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދިނުމުގައި އަބަދުވެސް އިސް ސަފުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިކަން ހުންނެވި ބޭފުޅެކެވެ. ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވި މައިގަނޑު އެއް ސަބަބަކީ ވެސް މިހާރު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށް، އިންގިލާބީ ތަރައްގީއެއް ގެނައުމަށެވެ. އޭނާ އެ ބޭނުންވާ ބަދަލު ގެނެވެން އޮތީ ރައީސްގެ މަގާމުގައި ހުންނަވައިގެން ގަބޫލު ކުރައްވާތީ އެވެ.

ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް
ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް

ތިރީގައި މިވަނީ އެ ކަންކަމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއު އެވެ.

ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް
ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް

މި ޕާޓީ އުފެއްދި އިރު ވެސް ދެންނެވިން މި ޕާޓީން ހުރިހާ އިންތިހާބެއްގައި ވާހަކަ ކުރާނެއޭ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރީ، ރިޔާސީ އިންތިހާބަކީ އެހެން އިންތިހާބުތަކާ ވަކި ތަފާތު އިންތިހާބެއް ނޫނޭ. އެހެންވީމާ އިންތިހާބަށް ކުރިމަތިލައި ކާމިޔާބު ކުރަން މަސައްކަތް ފެށީ. މެނިފެސްޓޯ އެކުލަވައިލީ ވަރަށް ބުރަ މަސައްކަތުން. ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑުއަހައިގެން. ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހުން އެކަލަވާލި މެނިފެސްޓޯއެއް މިއީ.

ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް
ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް

ވަރަށް ފުރިހަމަ މެނިފެސްޓޯއެއްކަން މިހާރު ކުރާ ދަތުރުތަކުން އެބަ އެނގޭ. މެނިފެސްޓޯގައި ހުރި ބައެއް ކަންކަން އެބަ ކޮޕީ ކުރާތަން ވެސް ފެނޭ. އަޅުގަނޑުމެން ވާނީ މެނިފެސްޓޯ އެކުލަވައިލަން ރައްޔިތުންގެ ގޭގެ އަށް ވެސް މެނިފެސްޓޯ ގެންގޮސްފައި.

ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް
ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް

މި ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު. ރައްޔިތުން ބަލައިގަނޭ މި ކަންކަން. އަޅުގަނޑުމެންނަށް ކުރެވޭ ޒާތުގެ ކަންކަން ހުންނާނީ. ރައްޔިތުންނަށް ފުދުންތެރިކަން އިތުރުވާ ގޮތަށް. ސަރުކާރުގެ މަތިބަރުވުން ކުޑަކޮށް، ހަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ހަމައަށް ވީހާ ވެސް ގިނަ ކަންކަން ގެންގޮސް. މުއްސަދިންނާއި ފަގީރުންގެ ފަރަގު ވީހާ ވެސް ބޮޑަށް ކުޑަކޮށް، ރައްޔިތުންގެ ޖީބަށް ބަރުކޮށް، އެ މީހުންނަކީ އުފާވެރި އުޖާލާ ޒަމާނެއްގައި އުޅޭ ބަޔަކަށް ހެދުމަށް މެނިފެސްޓޯގައި ހިމަނާފައި ވާނެ.

ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް
ނާޒިމް: އިންގިލާބީ ބޮޑު ބަދަލެއް ގައުމަށް ގެނައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް

އަޅުގަނޑު މި އަންނަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރަން. ރާއްޖެއަކީ ބޮލަކަށް 13،000 ޑޮލަރު ޖެހޭ އާބާދީއެއް އޮތް ގައުމެއް. އެހެންވީމާ މިހާރަށް ވުރެ ތަނަވަސްކޮށް އުޅެން ޖެހެވޭނެ. އަޅުގަނޑު ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރުކުރި އިރު ރައްޔިތުން ތިބި ހާލާ މެދު ސުވާލު އުފެދޭ. ވަރަށް ނިކަމެތިކޮށް މި ތިބީ. އެހެންވީމާ އަޅުގަނޑުމެންގެ މެނިފެސްޓޯ ބިނާކޮށްފައިވާނީ ރައްޔިތުންނަށް ތަކެތި ދޭން.

އެކަން ކުރާނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން. އަދި އެ އަށް ފަހު އާމްދަނީ އިތުރު ކުރާނަން. ރާއްޖޭގެ މައި އެއާޕޯޓް ނިންމައި އިތުރު ޓޫރިސްޓުން ގެނެވޭ ގޮތް ހަދާނަން. ނުނިމި ހުރި ރިސޯޓުތައް ނިންމާފައި އެ ތަންތަން އޮޕަރޭޝަނަލް ހާލަތަށް ގެންނާނަން. އަދި ގެސްޓް ހައުސް ވިޔަފާރި އިތުރު ކުރުމާއި ޓްރެވަލް އޭޖެންޓުން ބާރުވެރިކޮށް، ލިވަބޯޑް ނޫނީ ސަފާރީތައް އިތުރުކޮށް، ދަތުރުކުރުން އަގުހެޔޮ ކުރާނަން.

މަސްވެރިކަމުގެ ދާއިރާ ފުޅާކުރަން ކޭނަރީ ފެކްޓްރީ ހުޅުވާނަން. ދަނޑުވެރިކަން ފުޅާކޮށް، ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރާންނަން. ރާއްޖޭގެ ޔުނިވާސިޓީތައް ބޭރުގެ ގިނަ މުހިއްމު ޔުނިވާސިޓީތަކާ އެކު އެފިލިއޭޓުކޮށް ރާއްޖޭގެ ޓެކްނޮލޮޖީ އިނޮވޭޝަން އިންޑަސްޓްރީއެއްގައި ފުޅާކުރާނަން.

އަޅުގަނޑުގެ މުޅި ޕޮލިސީ ބިނާކޮށްފައިވާނީ އިގްތިސާދީ ސިޔާސަތަށް. އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހަދައި އިންގިލާބެއް ގެންނާންނަން. މި ހުރިހާ ކަމެއް ކުރެވުނީމާ ވަޒީފާތައް އިތުރުވޭ. ދައުރުވާ ފައިސާ އިތުރުވާނެ. އަދި ޑޮލަރު މާރުކުރުމުގެ 60 ޕަސެންޓް، ސަރުކާރެއްގެ ބޭންކް މެދުވެރިކޮށް ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާނަން. އެކަން ކޮށްގެން ރާއްޖޭގެ އިންފްލޭޝަން ދަށް ކުރާނަން. އަޅުގަނޑުގެ އެބަ އޮތް ޕްލޭނެއް. އިރާދަކުރެއްވިއްޔާ އެކަން ހާސިލް ކުރާނަން.

އެންމެ ފުރަތަމަ އެބަ ބޭނުންވޭ ރާއްޖެ އަށް ބޯހިޔާވަހިކަން ބޭނުން ޖެހިފައިވާ މިންވަރު ދެނެގަންނަން. އެކަން ދެނެގަތުމަށް އެ ވަރުގެ ސާވޭއެއް ހެދިފައެއް ނެތް. އަޅުގަނޑުގެ ސަރުކާރެއްގެ ފުރަތަމަ 100 ދުވަހު އެކަން ކުރާނަން. އެކަން ކޮށްފައި އެންމެ ނިކަމެތިންނަށް އަމާޒުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން.

އަޅުގަނޑަކީ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުން ގެންދާ މީހަކަށް ވާތީ އަޅުގަނޑަށް އެބަ ފެނޭ ބޯހިޔާވަހިކަމުގެ ބޮޑެތި މިސްޓޭކްތައް ސަރުކާރުތަކުން ހަދާ ތަން. އަޅުގަނޑު ގަބޫލެއް ނުކުރަން ބޮޑު ސިންގާ ޓަވަރުތަކެއް ހަދައިގެން އެ ތަންތަނަށް ރައްޔިތުން ވެއްދުމަކީ ހައްލެއް ކަމަށް. އަޅުގަނޑު ގަބޫލު ކުރަނީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ދިނުން. އޭގެ މާނައަކީ ރަނގަޅު މާހައުލެއްގައި ދިރިއުޅެވޭނެ ގޮތް ހަދަން ޖެހޭ. މިސާލަކަށް ވަކިވަކި ނެއިބަހުޑްތައް ހަދައި، އެ ތަންތަނުގައި ކިޔެވުމާއި ކުޅިވަރު ކުޅެވޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ. އަޅުގަނޑު މިނިސްޓްރީ އޮފް ހެޕިނަސް އުފައްދަނީ ވެސް މިފަދަ ތަންތަނުގައި ހިތްހަމަޖެހިގެން އުޅެވޭނެ ގޮތް ހެދުން.

މިހާރު ބޯހިޔާވަހިކަން ލިބިފައި ތިބި މީހުންނަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ވާނީ ނިންމާފައި. ހިޔާގެ ކުލި 8،000ރ. އިން 4،000ރ. އަށް ކުޑަ ކުރާނަން. ހިޔާގައި ބެޑް ލިފްޓު ބަހައްޓާނަން.

އުމުރުން 18 އަހަރު ފުރުނީމާ، ބޯހިޔާވަހިކަން ލިބެން ޖެހޭ މީހުންނަށް އެ ޝަރުތު ހަމަވީއޭ. އިތުރު ކަންކަމެއް ބޭނުމެއް ނުވާނެ.

އަޅުގަނޑު އޮންނާނެ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން އެއް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައި. އެކަމަށް ހައްލު ހޯދައިދެވޭނެ.

އަޅުގަނޑުގެ އެންމެ ބޮޑު ތަފާތަކީ އެންމެ ނިކަމެތި މީހާ އަށް އެ އޮންނަ ތަރުތީބުން އެ ލިބުން. އަޅުގަނޑުމެންގެ ސަރުކާރެއްގެ ފުރަތަމަ އަހަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ފަށާނަން. އެކަން ކުރަން އެންމެ ހެޔޮ އަގުގައި ކުރެވޭނެ ގޮތްތައް ބަލައިގެން އެކަން ކުރާނީ. އަޅުގަނޑުގެ ވިސްނުމަކީ ބޯހިޔާވަހިކަމުގެ އަގުތައް ގާނޫނެއްގެ ތެރެއިން ހިފެހެއްޓުން.

އަޅުގަނޑުމެން ސޯޝަލް ހައުސިން، މުނިސިޕަލް ހައުސިން، އެފޯޑަބަލް ހައުސިން އަދި ލަގްޒަރީ ހައުސިން އަށް ބަހާލާފައި. ސޯޝަލް ހައުސިން އާއި މުނިސިޕަލް ހައުސިންގެ ކުލި ކޮންޓްރޯލް ކުރާނަން. އެކަމަކު އެފޯޑަބަލް އާއި ލަގްޒަރީ ދޫކޮށްލާނީ މާކެޓަށް. ނިކަމެތިކޮށް އުޅޭ މީހުން ކުލި ބޮޑުކޮށް، އުޅެން ނުޖޭ ގޮތް ހަދާނަން.

މުޅި ރާއްޖެ އަށް ހައްލެއް ނުހޯދޭނެ. އެކަމަކު ނިކަމެތިންނަށް ދިރިއުޅުމުގައި އެންމެ ދަތިތައް ހުރި މީހުންނަށް އެކަން ހައްލުވާނެ. މާލޭގެ ޗާންދަނީ މަގުގެ ގެއެއްގެ 8 ފޫޓް، 8 ފޫޓްގެ ގޮޅިއެއްގައި ކައްކައި ކައިބޮއި ނިދާ. މައިބަފައިންނާ އެކު އުޅޭ ތަންތަން އެބަހުރި. މިއީތޯ ރައްޔިތުންނަށް އޮތް ހައްގު މިންވަރަކީ. އަޅުގަނޑު މި މަސައްކަތް ކުރަނީ މިކަން ބަދަލު ކުރަން.

އިގްތިސާދީ ނަޒަރަކުން ބަލާއިރު ހިލޭ ގޯތި ދިނުމަކީ އެންމެ ރަނގަޅު ކަމެއް ނޫން. އެކަމަކު މިއަދު ސަރުކާރުން އެކަން ކޮށްފައި އޮތީމާ، އެކަމެއް ދެން ނުއެއް ހުއްޓުވޭނެ. އެކަމަކު އަޅުގަނޑުގެ ވިސްނުމަކީ ގޯތި ހިލޭ ދެންޏާ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހަމަހަމަ ކަމާ އެކު ގޯތި ލިބެންވާނެއޭ. ރާއްޖޭގެ ހުރިހާ ތަނަކުން ގޯތި ނުލިބޭ ނަމަ އެއީ މައްސަލައެއް. ގޯތި ހިލޭ ދިނުމަކީ ހައްލެއް ނޫން. އެކަމަކު ރަނގަޅު ބޯހިޔާވަހިކަމެއް ހަދާފައި ދިނުމަކީ ކުރަން ޖެހޭ ކަމެއް.

މާލެ ސަރަހައްދު ފިޔަވައި އިތުރު ހަތަރު އާބަން ސެންޓަރުތައް ހަދަން. އެ އާބަން ސެންޓަރުތަކުގައި ހުންނާނެ މާލެ އަށް ވުރެ މާ ފުރިހަމަކޮށް ތަންތަން ހަދާފައި. އެއިރަށް މި ޕުލް ފެކްޓާ އަންނާނީ.

ފަސް އަހަރު ތެރޭ ހުރިހާ ކަމެއް މުޅިން ނިންމައި ނުލެވުނު ނަމަވެސް، އަޅުގަނޑުމެން މި ގެންގުޅެނީ ހުވަފެނެއް. މާލޭގެ ތަސައްވަރު ޕްލޭނު ކުރި އިރު އޮންނާނެ، މަސް މާރުކޭޓު ބަދަލު ކުރަން، އޮންނާނެ ރަނގަޅު ހާބަރެއް ހަދަން.

އަޅުގަނޑު ގަބޫލު ކުރަނީ ކޮންޓިނިއުޓީއެއް އޮންނަން ވާނެއޭ. ރާއްޖެ އަށް އެބަ ބޭނުންވޭ ނެޝަނަލް ޕްލޭނެއް. ވިހި އަހަރަށް ނުވަތަ 30 އަހަރަށް ތަސައްވަރެއް ބޭނުންވޭ. އެ ޕްލޭން އޮތީމާ އިރު ކޮޅުކޮޅާ އެ ބަދަލެއް ނުކުރާނެ. އަޅުގަނޑުމެން ސިޔާސީ މީހުން އެބަޖެހޭ މި ކުޅި ހުއްޓާލަން. އަޅުގަނޑުމެން އެބަޖެހޭ ގާނޫނަކުން އެއްބަސްވާން އެއާޕޯޓެއް ނުދެވޭނެއޭ، އެއާޕޯޓުތައް ހުންނަން ޖެހޭނީ މި ވެނި ތަންތާނގައޭ. އެހެން ނޫނީ ލިބޭ ފައިސާ ކަނޑަށް އެޅީމާ ކިހިނެތްތޯ މި ވަނީ.

އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް. ގައުމީ ލޯބި ހުރި މީހަކު މި ބުނަނީ ވޯޓު ދޭށޭ. ރައްޔިތުންނަށް ޗޮއިސް އޮންނާނެ. އަޅުގަނޑަށް މަސައްކަތް ކުރެވޭނީ. ކަންކަން ނިންމަވާނީ ﷲ. އަޅުގަނޑަށް މިއަދު ލިބޭ ހިތްހަމަޖެހުމަކީ މަސައްކަތް ކުރެވުން. އަޅުގަނޑުމެންގެ ޕާޓީ ރައްޔިތުން ބަލައިގަނެފައި ވަނީ. އެ އުފާ މިއަދު އަޅުގަނޑަށް އެބަ އޮތް.

އަޅުގަނޑު ހަމަ މި މަސައްކަތް ކުރަނީ އިންތިހާބު ވާން. އެފަދަ އެއްވެސް ނިޔަތެއް ނެތް. ދެވަނަ ބުރަކަށް ދިއުމުން އެކަމާ މެދު ގޮތެއް ނިންމާނީ. މިއަދަކު ނެތިން އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާކަށް.

މިއަދު މި ރާއްޖޭގައި ހުއްބުލް ވަތަނަށް އޮތް ލޯތްބެއް ނެތް. މިއަދު ވޯޓު ދެނީ މީހަކު ދެއްކި މީހަކަށް. ހަމަ ބުއްދިން ވޯޓުދޭ ތަނެއް ނުފެނޭ. އަޅުގަނޑު މި އަންނަނީ ރާއްޖެ އަށް މޯލްޑިވްސް ފަސްޓް ޕޮލިސީއެއް ގަބޫލު ކުރާ. ރާއްޖެއަށް އެންމެ ހެޔޮ އެދޭ، ރާއްޖެ އަށް މިނިވަން މުސްތަގިއްލު ބައެއްގެ ގޮތުގައި އޮތުމަށް އެދޭތީ.

ދިވެހިންނަށް ވީތީ ގައުމީ ލޯބި އިތުރު ކުރަން ޖެހޭ. ގައުމަށް ވަފާތެރިކަން އިތުރު ކުރަން ޖެހޭ. އަޅުގަނޑުމެންގެ ވިސްނުން ގެންގުޅެންވީ ގައުމީ ސަލާމް ކިޔާ ވަގުތު އަޅުގަނޑުމެންގެ ގައިން ހީބިހި ނަގައިގަންނަ މިންވަރަށް ގައުމީ ލޯބި އިތުރު ކުރުން.

މަޑުމަޑުން އެބަ މީހުންނަށް ވިސްނޭ. މިއަދުގެ ޕާޓީތަކަށް ވޯޓުލައިގެން ކުރެވުނު ކަމެއް އިހުސާސެއް ނުކުރެވޭ.

ރިޔާސީ އިންހާބު ކާމިޔާބު ކުރުން ނޫން ގޮތެއް އަޅުގަނޑު ވިސްނާފައެއް ނެތް. އެހެންވީމާ އެ ގޮތަށް ކުރިއަށް ދާން މި ހުރީ. ދެވަނަ ބުރެއް އައިސްފި ހާލަތެއްގައި ގައުމީ ކައުންސިލްގައި މަޝްވަރާ ކޮށްފައި ނިންމާ ގޮތަކަށް އިހްތިރާމު ކުރާނަން. އަޅުގަނޑަކީ މެޖޯރިޓީ އަށް ތަބާވާނެ މީހެއް. ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ކުރިއަށް ދާނީ.

އަޅުގަނޑު އެއްވެސް މީހަކާ ޒާތީކަމެއް ނޯންނާނެ. އަޅުގަނޑު ރައީސް ޔާމީނަށް އޮންނާނީ މާފުކޮށްފައި. ގައުމަށް އެންމެ ރަނގަޅު ގޮތެއް ދެވަނަ ބުރެއްގައި އިހުތިޔާރު ކުރާނީ. އަޅުގަނޑުގެ މެނިފެސްޓޯއާ އެންމެ ގާތް ކުރާ އަޅުގަނޑާ އެކު މަސައްކަތް ކުރެވޭ މީހެއް [ބަލާނީ].

ބޮޑު ތިން ޕާޓީއެއް އެބައޮތް. އަބަދުވެސް ކޮންމެވެސް ބޭފުޅެއްގެ ހިޔަނީގައި ތިބޭ ގޮތަށް. އަޅުގަނޑުމެން ނުކުމެ މިތިބީ އެ ތަންތާންގައި ތިބެން ބޭނުން ނުވާތީ. އަޅުގަނޑު ބޭނުންވަނީ މިނިވަން ކަމާ އެކު އެކިއެކި އިންތިހާބުތަކުގައި ވާދަކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ބަލިވުމަކީ މައްސަލައެއް ނޫން. ކޮންމެ ބަލިވުމެއްގައި އޮންނާނެ ރަނގަޅެއް.

ކޮންމެ ފެއިލިއާ އަކީ ސަކްސަސްއެއް ގޮތަށް ބަލަން ވާނީ. އަޅުގަނޑުމެން އެއްވެސް ބައެއްގެ ހިޔަލުގައި މަސައްކަތް ނުުކުރާނަން. މި ފަހަރު ވެސް އިންތިހާބުގައި ކެނޑިޑޭޓުންނަށް ވޯޓުތައް ބެހިގެން ދާނެ. އެއީ ކުރިމަތިލާ ބޭފުޅުންގެ މައްސަަލައެއް ނޫން. އެވާ ގޮތަކީ ބަލިވީމާ ކޮންމެވެސް ބައެއް މި އޮންނަނީ ބްލޭމް ކުރަން.

އަޅުގަނޑުމެންނަށް ދެ އަހަރު އެބަ ލިބޭ ދެއްތޯ އިގްތިސާދު ފުޅާކޮށް. އެ ފައިސާ ހޯދުމަށް. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ ވެރިކަމެއްގެ ފުރަތަމަ މަހުގައި ލޯނުތައް ރީސްޓްރަކްޗާ ކުރާނަމޭ. އަދި އެކަން ކޮށްފައި ދެއްކޭނެ ގޮތެއް ހޯދައި، އެކަންކަން ހަމައަކަށް އަޅުވާނަން.

އަޅުގަނޑަށް ގަބޫލު ކުރެވޭ ދަރަނި ދެއްކޭނެ ކަމަށް. ރާއްޖެއަކީ އެކަށީގެންވާ އާމްދަނީއެއް ލިބޭ ގައުމެއް.