ފަސް ގައުމެއްގެ މީހުންނަށް ކުވޭތުން ވިސާ ދޫކުރުން މަޑުޖައްސާލައިފި
ފަސް ގައުމެއްގެ މީހުންނަށް ކުވޭތުން ވިސާ ދޫކުރުން މަޑުޖައްސާލައިފި

ކުވޭތު ސިޓީ (ފެބްރުއަރީ 2) - ފަސް ގައުމެއްގެ މީހުންނަށް ވިސާ ދޫކުރުން ކުވޭތުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު އަމުރު ނެރުއްވާފައި ވަނިކޮށް ކުވޭތުން ވިސާ ދޫކުރުން ހުއްޓާލާފައި ވަނީ ސީރިއާ، އިރާގު، ޕާކިސްތާން، އަފްޣާނިސްތާން އަދި އީރާން މީހުންނަށެވެ.

އެމެރިކާ ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތަށް ބަދަލު ގެނައުމުގެ ކުރިން ސީރިއާގެ ރެފިއުޖީން ވަނުން މަނާކޮށްފައިވާ ހަމައެކަނި ގައުމަކީ ކުވޭތެވެ. ސީރިއާގެ ރެފިއުޖީން ކުވޭތުން މަނާކުރީ 2011 ވަނަ އަހަރު އެވެ. ޓްރަމްޕް ނެރުއްވި އަމުރުގައި ވަނީ ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން 120 ދުވަހަށް މަނާކޮށްފަ އެވެ. ސީރިއާ، އީރާން، ސޫދާން، އިރާގު، ލީބިއާ، ސޫދާން އަދި ޔަމަން މީހުން އެމެރިކާ އަށް ވަނުން މަނާކޮށްފައި ވަނީ 90 ދުވަހަށެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އަށް ބައެއް ގައުމުތަކުގެ މީހުން ވަނުން މަނާކުރީ މުސްލިމުންނާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނޫން ކަމަށެވެ. އެކަމަކު މަނާކުރި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ އަޣުލަބިއްޔަތަކީ މުސްލިމުންނެވެ.