ދިރާގުން ރެޑް ކްރެސެންޓަށް އެހީ ދެނީ
ދިރާގުން ރެޑް ކްރެސެންޓަށް އެހީ ދެނީ

ދިވެހި ރެޑް ކްރެސެންޓުން އިންސާނިޔަތަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން އެ ޖަމިއްޔާގެ "ޕާޓްނާސް ފޯ ހިއުމޭނިޓީ އިނިޝިއޭޓިވް"ގައި ބައިވެރިވެއްޖެ އެވެ.

މި އިނިޝިއޭޓިވްގެ ދަށުން ދިރާގަށް ކާރިސާތަކުގެ ވަގުތުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެއެވެ. އޭގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.

މި އިނިޝިއޭޓިވްގެ ދަށުން ދިރާގަށް ރެޑް ކްރެސެންުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އެކި ރޮނގުތަކުން ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވަނީ ރެޑް ކްރެސެންޓުން ކުރަމުންދާ ގައުމީ މަސައްކަތްތަކަށް އެއްބަރުލުންދީ އެހީ ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

ފާއިތުވި އަހަރުތަކުގައި ދިރާގުން ވަނީ ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށްދިނުމާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަންއާ ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި އެހީ ފޯރުކޮށްދީފަ އެވެ.

ދިރާގުން ދަނީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.