މިހާ ގިނަ މަޝްރޫއު މި ހިންގެނީ ރައީސް ވައްކަން ނުކުރައްވާތީ: އަސްލަމް
މިހާ ގިނަ މަޝްރޫއު މި ހިންގެނީ ރައީސް ވައްކަން ނުކުރައްވާތީ: އަސްލަމް

ކޮވިޑުގެ ނުރައްކަލުން ރައްޔިތުންނާ ގައުމު ސަލާމަތްކުރަން ޖެހުނު ދެ އަހަރު ގައުމު ހުއްޓިފައި އޮތް އިރު ވެސް މަޝްރޫއުތައް ނުހުއްޓައި މިހާތަނަށް އެއްވެސް ސަރުކާރަކަށް ނުހިންގޭހާ ގިނަ މަޝްރޫއުތައް ނިންމައި މި ސަރުކާރުން ދައްކަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައްކަން ނުކުރައްވާތީ ކަމަށް ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިހާ ގިނަ މަޝްރޫއު މި ހިންގެނީ ރައީސް ވައްކަން ނުކުރައްވާތީ: އަސްލަމް
މިހާ ގިނަ މަޝްރޫއު މި ހިންގެނީ ރައީސް ވައްކަން ނުކުރައްވާތީ: އަސްލަމް

ކެމްޕޭނަށް އދ. އަތޮޅު އޮމަދުއަށް ވަޑައިގެން އަސްލަމް އިއްޔެ ވިދާޅުވީ ކޮވިޑުގައި ދެ އަހަރު ގައުމު އޮތީ ހުއްޓިފައި ކަމަށާއި މަޝްރޫއުތައް ލަހެއް ނޫން ކަމަށެވެ. ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުން ރައްޔިތުންނަށް ވެފައިވާ އިހުމާލަކީ އެންމެ ކުޑަ މިންވަރަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްނުދިނުން ކަމަށް ވިދާޅުވި އެވެ.

މިހާ ގިނަ މަޝްރޫއު މި ހިންގެނީ ރައީސް ވައްކަން ނުކުރައްވާތީ: އަސްލަމް
މިހާ ގިނަ މަޝްރޫއު މި ހިންގެނީ ރައީސް ވައްކަން ނުކުރައްވާތީ: އަސްލަމް

އޭނާ ވިދާޅުވި ގޮތުގައި ދަތިތަކާ އެކު ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް އަންނަނީ ފުރިހަމަވަމުންނެވެ. މިކަންކަން ވަނީ ދައުލަތުގެ ފައިސާގައި ނުޖެހި ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތީގައި އިހްލާސްތެރިކަމާ އެކު ރައީސް ދެމިހުންނަވާތީ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިހާ ގިނަ މަޝްރޫއު މި ހިންގެނީ ރައީސް ވައްކަން ނުކުރައްވާތީ: އަސްލަމް
މިހާ ގިނަ މަޝްރޫއު މި ހިންގެނީ ރައީސް ވައްކަން ނުކުރައްވާތީ: އަސްލަމް

އޭނާ ވިދާޅުވީ ރަށްރަށުގައި އެކި އުމުރުފުރާތަކަށް ބޭނުންވާ ހިދުމަތްތައް މި ސަރުކާރުން ފުރިހަމަކޮށް ދިރިއުޅުން އަންނަނީ ފަސޭހަކޮށްދެމުން ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ނިންމައި ދައްކަވަމުން ގެންދަވާއިރު ވެސް މަޝްރޫއުތައް ލަސް ކަމަށް ބުނާ ކަމަށާއި ލަސްވި ސަބަބު ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.

"ކޮވިޑާ ހެދިި ދެ އަހަރު ވަރު މުޅި ގައުމު ހުއްޓި އާމްދަނީ ދިޔައީ ބޮޑު ތަނުން ދަށަށް. ދައުލަތަށް މި ލިބެނީ ޓެކްސް ފައިސާ. ޓޫރިޒަމް އެއްކޮށް ހުއްޓުނީމާ ޓެކްސް ފައިސާ ނުލިބޭ. މަސްވެރިން ވެސް މަސްބާނައި ބޭރުކުރީ ވަރަށް ހާލުން ދަތުރުފަތުރު ހުއްޓިފައި އޮތީމާ. މަސްވެރިންނަށް މަހަށް ނުކުތުމުގައި ވެސް ދަތިތައް ހުރި. ހުރިހާ އިންޑަސްޓްރީއެއް ހެން އޮތީ ހުއްޓިފައި," އަސްލަމް ވިދާޅުވި އެވެ.

އެ ދަތިކަމުން އަރައިގަނެވުނީ, އަސްލަމް ވިދާޅުވި ގޮތުގައި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުން ތޫނު ކަމާއި އިގްތިސާދީ މާހިރަކަށް ވުމުންނެވެ. އެއާއެކު ބޭރުގެ ގައުމުތަކާ ވެސް ގާތް ގުޅުމެއް މި ސަރުކާރުން ބޭއްވީތީ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެކަން ވެސް ކަށަވަރުކޮށްފައި އޮތީމާ. ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް ވެސް ލިބޭނެ ކަން ކަށަވަރުކޮށްފައި އޮތީމަ," އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަތި ހާލަތުގައި ވެސް މަޝްރޫއުތައް ހިންގީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.

"މި ސަރުކާރުން ރައްޔިތުންނަށް ދަޅައެއް ދައްކާކަށެއް ނޫން އަސްލު މަސައްކަތް ކުރަނީ. އެކަމެއް ކޮށްދޭން ވެގެން," އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އޮމަދުއަށް އެކަނި ބަލާއިރު ވެސް 13 ޕްރޮޖެކްޓް މި ދައުރުގެ ތެރޭގައި ޕްލޭންކޮށް, މަސައްކަތްތައް ފަށައި މިހާތަނަށް 74 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި ކަމަށެވެ. ބައެއް ކަންކަން ނިމި އަނެއް ބައި މަސައްކަތް ހުރީ އެކި މަރުހަލާތަކުގައި ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވެއްޖެ ނަމަ ހިނގަ ހިނގާ ހުރި މަޝްރޫއުތައް 10 އަހަރު ފަހަތަށް ދާނެ އެވެ. އާ ސަރުކާރެއް އުފެދުމާ އެކު އަބަދުވެސް އޮންނަ ގޮތަކީ ކުރީގެ ސަރުކާރުން ކުރަމުން ދިޔަ ކަންކަން ހުއްޓާލުން ކަމަށާއި ނުވަތަ އާ ގޮތަށް މަޝްރޫއު ހިންގާނެ ކަމަށް ޕްލޭން ބަދަލުކޮށްލާ ކަމަށް ވިދާޅުވި އެވެ.

"ނަރުދަމާ ވިޔަސް އެތައް ގޮތަކަށް ނަރުދަމާ އެޅޭތާ. ދެން ބުނާނެ ތި ކުންފުނި ވެސް ކަމަކުނުދެއޭ. އެހެން ކުންފުންޏަކަށޭ ދޭނީ. ތި ޕްލޭން ވެސް ކަމަކު ނުދެއޭ. މުޅިން އެހެން ހޮޅިއެކޭ އަޅާނީ," އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އެތައް ދުވަހެއްގެ ލަސްވުމެއް މަޝްރޫއުތަކަށް އައުން ކަމަށެވެ. އާ ސަރުކާރު އަންނަ ގޮތަށް ކުންފުންޏާ އެކު އޮންނަ އެއްބަސްވުން އުވާލުމުން ކޯޓަށް ދާން ޖެހޭނެ ކަމަށާއި ފައިސާގެ ތާށިކަން ވެސް ދިމާވެ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހެނީ، އެ މަޝްރޫއުތައް ހުއްޓުނަ ނުދީ އަމިއްލަ މީހާ އާއި ރަށާއި ގައުމަށް އޮތް ފައިދާއަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.