ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި ހުރިހާ ކަމެއް ހައްލު ކުރާނަން: މުއިއްޒު
ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި ހުރިހާ ކަމެއް ހައްލު ކުރާނަން: މުއިއްޒު

ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް ބުރޫއަރާ ގޮތަށް މި ސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއް އޭނާގެ ވެރިކަމެއްގައި ހައްލު ކުރާނެ ކަމަށް އިދިކޮޅު، ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި ހުރިހާ ކަމެއް ހައްލު ކުރާނަން: މުއިއްޒު
ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި ހުރިހާ ކަމެއް ހައްލު ކުރާނަން: މުއިއްޒު

ރ. އުނގޫރާފަށް ވަޑައިގެން، މި ރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކާއި ވަސީލަތްތަކަށް ވުރެ ވެސް މުހިންމު ކަމެއް އެބައޮތް ކަމަށެވެ. އެއީ ގައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަން ދެމެހެއްޓުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ މުހިންމު ކަމަކަށް ވިސްނަން މި އޮތީ އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން. މިނިވަންކަމާއި ގައުމީ މަސްލަހަތު. އެކަން ވަނީ މިއަދު އޮތް ހާރިޖީ ސިޔާސަތުގެ ސަބަބުން ގެއްލިފައި،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަންކަމުގައި އެހެން ގައުމަކުން ބަސް ކިޔައި، ގޮތް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބުމަކީ ވެސް އެއްގޮތަކަށް ވެސް ރުހެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން އިންޑިއާއާ އެކު ބާއްވާ ގުޅުމާއި އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމަކީ އިދިކޮޅުގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މުއިއްޒު ވިދާޅުވީ ގައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަން ދެމެހެއްޓޭނީ ގައުމީ ފިކުރުގެ ބަޔަކަށް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މޮޓޯއަކީ ވެސް އެންމެ ފުރަތަމަ ދިވެހި ގައުމު ކަމަށެވެ.

"އެހެން ގައުމެއްގެ ސިފައިން ތިބުން ނިމުމަކަށް ގެނެސް، އަމިއްލަ ވަންތަކަން ދަމަހައްޓައި، މިނިވަންކަން ހިފަހައްޓާނީ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވި އެވެ.

"މިނިވަންކަމަށް ބުރޫއަރާ ހުރިހާ ކަމެއް ހައްލުކޮށްދޭނަން."

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިން ތިބޭނީ ދިވެހިންގެ ރާއްޖެއެއްގައި އުފަލުން ކަމަށެވެ. އެކަމުގެ ޔަގީންކަން ވެސް ތަކުރާރު ކުރެއްވި އެވެ.

އޭނާގެ ވެރިކަމެއްގައި ހުރިހާ ރަށެއް، ހުރިހާ އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށާއި އެއްވެސް ތަފާތު ކުރުމެއް ނެތު ތަރައްގީ ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މި ސަރުކާރުން ހިންގާ އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ހުއްޓާނުލާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ފައިދާވާ ކަމެއް ހިނގާއިރު އެކަމަށް މަޑުޖެއްސުމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

- ބިން ހިއްކުން.

- ބަނދަރު ތަރައްގީކުރުން.

- ސިއްހީ ހިދުމަތް ހަރުދަނާކުރުން.

- ގެދޮރުވެރިކަމުގެ މަޝްރޫއު.