ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ޖުލައި މަހު އެވެ.

ތުޅާދޫ އެއާޕޯޓް ހަދަން 44 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އެއާޕޯޓް ހަދަން ސަރުކާރުން ކުރިން ލަފާކޮށްފައިވަނީ 21.9 މިލިއަން ރުފިޔާ އެވެ. އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ތުޅާދޫ ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން ޖުލައި މަހު ހަވާލުކުރީ ތުޅާދޫގެ އިތުރުން ށ. ބިލެތްފައްސާއި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށެވެ. އެ ތިން ރަށުގެ ބިން ހިއްކުމަށް 654 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އަމާޒަކީ ރާއްްޖޭގެ ކޮންމެ ރަށަކުން ވެސް 30 މިނިޓްގެ ތެރޭގައި ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމެވެ.