މިއީ "ކޫލް ކެމްޕޭނެއް", އަތުވާއިރު ވާދަވެރިން ފަށަން ޖެހޭނީ 2028އާ ހަމައިން: ރައީސް
މިއީ "ކޫލް ކެމްޕޭނެއް", އަތުވާއިރު ވާދަވެރިން ފަށަން ޖެހޭނީ 2028އާ ހަމައިން: ރައީސް

ވާދަވެރިންގެ ހަދައިގެން ޖަހާ ހުތުރު ލަވަތަކާއި ހަމަލާތަކަށް އަޅާނުލައި މިހާރު ކުރިއަށް ގެންދާ ގޮތަށް "ކޫލް ކެމްޕޭނެއް"ގެ ގޮތުގައި އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ކެމްޕޭން ނިންމާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ އެދިވަޑައިގެންފި އެވެ.

މިއީ "ކޫލް ކެމްޕޭނެއް", އަތުވާއިރު ވާދަވެރިން ފަށަން ޖެހޭނީ 2028އާ ހަމައިން: ރައީސް
މިއީ "ކޫލް ކެމްޕޭނެއް", އަތުވާއިރު ވާދަވެރިން ފަށަން ޖެހޭނީ 2028އާ ހަމައިން: ރައީސް

ކެމްޕޭނަށް ލ. އަތޮޅަށް ވަޑައިގެން ގަމުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވާދަވެރިންނަށް އެމަނިކުފާނުގެ ކެމްޕޭން އަތެއް ނުވާނެ ކަމަށެވެ. ހަތަރު ހަފުތާ ފަހުން, ކެމްޕޭނާ ގާތްވެވޭއިރު ވާދަވެރިން ފަށަން ޖެހޭނީ 2028 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކަމަށް ވިދާޅުވި އެވެ.

މިއީ "ކޫލް ކެމްޕޭނެއް", އަތުވާއިރު ވާދަވެރިން ފަށަން ޖެހޭނީ 2028އާ ހަމައިން: ރައީސް
މިއީ "ކޫލް ކެމްޕޭނެއް", އަތުވާއިރު ވާދަވެރިން ފަށަން ޖެހޭނީ 2028އާ ހަމައިން: ރައީސް

އަންނަ މަހު 9 ގައި އޮންނަ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އޭގެތެރޭގައި، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ޑިމޮކްރެޓްސް ހިމެނެ އެވެ.

"އެއްވެސް ގޮތަކަށް ކަންބޮޑުވެވަޑައިނުގަންނަވާ. އަޅުގަނޑުމެން މިތިބީ މާކުރީގައި. އަޅުގަނޑުމެންނާ ހިސާބަށް ދެން ތިބި ކެންޑިޑޭޓުން އަންނަން އަދި ހަތަރު ފަސް ހަފުތާ ނަގާނެ. އޭރު އޮންނާނީ އިންތިހާބު ނިމިފައި," ރައީސް ވިދާޅުވި އެވެ.

"އެ ބޭފުޅުން ރަނގަޅަށް ކެމްޕޭން ފަށާއިރު އޮންނާނީ ނަތީޖާ އިއުލާންކޮށްފައި. އޭރަށް ދެން އެ ބޭފުޅުން މަސައްކަތް ކުރައްވާނީ 2028 ގެ އިންތިހާބަށް."

ރައީސް ވިދާޅުވީ ރޭ ގަމުގައި ބޭއްވި ޖަލްސާއިން އެކަނި ވެސް އެމަނިކުފާނަށް ފެނިވަޑައިގަތީ ތަފާތު ބޮޑުކޮށް އެއްބުރުން އިންތިހާބު ނިމޭ މަންޒަރު ކަމަށެވެ. އެ ހިސާބަށް މި ކެމްޕޭން ގެންދިޔައީ އަދި ކުރިއަށް އޮތް ތަނުގައި ވެސް ގެންދާނީ ރައީސް ތަކުރާރު ކުރެއްވި ގޮތުގައި "ވަރަށް ކޫލް" ކޮށެވެ.

ހުތުރު ނަމުން ގޮވައި އިދިކޮޅުން ޖަހާ ލަވަތަކާއި ދައްކާ ވާހަކައަށް އަޅާނުލަން އެދިވަޑައިގެން ރައީސް ވިދާޅުވީ ހަމައެކަނި ވިސްނުން ބަހައްޓަންވީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައި ހުރި ކަންކަމާއި ކޮށްދޭން ހުރި ކަންކަމަށެވެ.

"އަޅުގަނޑުމެން ދައްކަންވީ އެ ވާހަކަ. އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުން އަޑުއަހާނީ އެ ވާހަކަ. މީގެ ކުރިން ކަމެއް ކޮށްނުދެވި ފޭލްވެފައި ތިބި ބަޔަކު އެހެން ދައްކާ ވާހަކައަކާ އަޅުގަނޑުމެން އަޅާލާނެ ކަމެއް ނެތް. ކޫލް ކެމްޕޭނަކަށް ކުރިއަށް ވަޑައިގަންނަވާ," ރައީސް ވިދާޅުވި އެވެ.