29 އޯގަސްޓް 2023 - 06:09

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްމާން މާލިކް އޭނާގެ ޒަމާންވީ ލޯބިވެރިޔާ އަޝާނާ ޝްރޮފްއާ އެންގޭޖުވެއްޖެ އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އަރްމާން ވަނީ އިއްޔެ އެންގޭޖުމަންޓް އިއުލާންކޮށްފަ އެވެ. އެންގޭޖުމަންޓް ފޮޓޯތައް ވެސް އޭނާ ހިއްސާކުރި އެވެ.
"އުމުރަށް އެކީގައި އުޅެން އަދި މި ފެށުނީ،" އަރްމާންގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
އަޝާނާ އަކީ އިންޑިއާގެ ޝޯޝަލް މީޑިއާ އިންފްލުއެންސާއެކެވެ.
އެމީހުންގެ އެންގޭޖުމަންޓް އިއުލާންކުރިޔަސް، ކައިވެނިކުރާ ތާރީހެއް އަދި ނުބުނެ އެވެ.
އަރްމާން އާއި އަޝާނާ އެންމެ ފުރަތަމަ ރައްޓެހިވީ 2017 ގަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އެމީހުން ބްރޭކްވިޔަސް، ފަހުން އަލުން ގުޅުނީ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.